މި ދުވަސްވަރު ހުމާއި އަރިދަފުސް ރޯގާ އިތުރުވަމުންދާތީ އެކަމަށް ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން އިލްތިމާސްކޮށްފި އެވެ.
އެޗްޕީއޭ އިން ނެރުނު ބަޔާނެއްގައި ބުނީ، މިދުވަސްވަރު ރާއްޖޭގެ އެކި ހިސާބުތަކުން ހުމާއި، އަރިދަފުސް ރޯގާ އަދި ކޮވިޑް ފަދަ ބަލިތައް ރިޕޯޓްކުރާ އަދަދު އިތުރުވެފައިވާ ކަމަށް އެ އެޖެންސީގެ ތަފާސް ހިސާބުތަކުން ދައްކާ ކަމަށެވެ.
އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ ސެޕްޓެމްބަރު މަހު ކޮވިޑުގެ 185 ރިޕޯޓްކޮށްފައި ވެއެވެ. އަދި އޮކްޓޯބަރ މަހު 328 ކޮވިޑް ކޭސް ރިޕޯޓުކޮށްފައިވާ ކަމަށް އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކަ އެވެ.
އަރިދަފުސް ރޯގާ އާއި ކޮވިޑް-19 އިން ރައްކާތެރިވުމަށް އެޅުން މުހިއްމު ފިޔަވަޅުތައް:
• އަރިދަފުސް ރޯގާގެ އެއްވެސް އަލާމާތެއް ހުރި ނަމަ ވީހާވެސް އަވަހަށް ޓެސްޓް ކުރުން

• އަރިދަފުސް ރޯގާގެ އަލާމާތެއް ހުރިނަމަ އަންގައާއި ނޭފަތް ނިވާ ވާނެހެން ރަނގަޅަށް މާސްކް އެޅުން
• އާއްމު ތަންތަނުގައި އުޅޭ އިރު ގައިދުރުކަން ބެހެއްޓުން
• ސައިބޯނިލައިގެން ރަނގަޅަށް އަތް ދޮވުން ނުވަތަ ސެނިޓައިޒާ ބޭނުންކޮށްގެން އަތް ސާފުކުރުން.
• ރޯގާގެ އެއްވެސް އަލާމާތެއް ހުރި ނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިޔުން
• ބަލި ޖެހުމުން، ނުރައްކާ ވުމުގެ ފުރުސަތު ބޮޑު މީހުން އިންފުލުއެންޒާ ވެކްސިން ޖެހުން
• ބަލި ޖެހުމުން ނުރައްކާ ވާ މީހުންނާ ވީހާވެސް ދުރުގައި އުޅުމާއި ގޭގައިވެސް މާސްކް އަޅައިގެން އުޅުން
މި ދުވަސްވަރު ހުމާއި ރޯގާގެ ކޭސްތަކުގެ ރިޕޯޓު ކުރަމުންދާއިރު، ބަލި ޖެހުމުން ނުރައްކާވާ މީހުން













