ބަންޑާރަ ނައިބުގެ ޔަގީންކަން: ޗާގޯސް ކަނޑުގެ މައްސަލަ ރާއްޖެއަށް ކާމިޔާބުވާނެ!

ބަންޑާރަ ނައިބު އިބްރާހީމް ރިފްއަތު؛ ޗާގޯސް ކަނޑުގެ މައްސަލަ ރާއްޖެއާ އެއްކޮޅަށް ކާމިޔާބުވާނެ ކަމަށް ވިދާޅުވި - ފޮޓޯ: ރައީސް އޮފީސް

ބަންޑާރަ ނައިބު އިބްރާހީމް ރިފްއަތު؛ ޗާގޯސް ކަނޑުގެ މައްސަލަ ރާއްޖެއާ އެއްކޮޅަށް ކާމިޔާބުވާނެ ކަމަށް ވިދާޅުވި - ފޮޓޯ: ރައީސް އޮފީސް

އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) ގައި ކުރިއަށް ގެންގޮސްފައިވާ ރާއްޖެ އާއި ޗާގޯސްގެ ކަނޑުގެ ސަރަހައްދު ފުށުއަރާ މައްސަލާގައި މޮރިޝަސްގެ ހުށަހެޅުންތަކަށް ބާރުދެވޭ ވަރުގެ ހެކި ނެތް ކަމަށާއި ރާއްޖެ ކޮޅަށް އެ މައްސަލަ ނިންމުމުގެ ފުރުސަތު ބޮޑު ކަމަށް ބަންޑާރަ ނައިބު އިބްރާހީމް ރިފްއަތު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ބަންޑާރަ ނައިބު ރިފްއަތު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިޓްލޮސްގައި ކުރިއަށް ގެންގޮސް އަޑުއެހުންތައް ނިންމާފައިވާ މައްސަލަތަކުގެ ފަހުގެ މައުލޫމާތުތައް ވަނީ އަރުވައިފަ އެވެ.

"މިހާރު މި މައްސަލައިގެ އަޑުއެހުންތައް ވަނީ ނިމިފަ. ދެން އޮންނާނީ އިޓްލޮސްގެ ފަރާތުން މީގައި ގޮތެއް ނިންމުން. ނަމަވެސް ހުކުމް އިއްވާނެ ވަކި ދުވަހެއް އަދި އަންގާފައެއް ނެތް،" ރިފްއަތު ވިދާޅުވި އެވެ.

ރިފްއަތު ވިދާޅުވީ މޮރިޝަސް އިން އެ ގައުމުގެ މެރިޓައިމް ބައުންޑަރީގެ ބޭސް ލައިން ގޮތުގައި އެ ގައުމުން ދެކޭ ސަރަހައްދަކީ ތިލަ ދިޔަވަރުގައި ފަރެއް ފެންނަން އޮތް ސަރަހައްދު ކަމަށެވެ. އެއީ ބައިނަލްއަގްވާމީ ކަނޑުގެ ގާނޫނުން، ކަނޑައެޅޭނެ ސަރަހައްދެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"ރާއްޖޭގެ އާގިއުމަންޓައަކީ ބައިނަލް އަގްވާމީ ކަނޑުގެ މުއާހަދާތަކާއި ގާނޫނުތަކުގެ އަލީގައި، އާބިޓްރޭޝަންތަކުގެ ނިންމުންތަކުގެ އަލީގައި، ތިލަ ދިޔަވަރު ފެންނަން އޮންނަ ތަންތަަނަކީ ބޭސްލައިން ކަނޑައެޅުމަށް ޓަކައި އެކަށޭނަ ތަންތަނެއް ނޫނޭ،" ރިފްއަތު ވިދާޅުވި އެވެ.

ކޮންމެ ގައުމެއްގެ ކަނޑުގެ ސަރަހައްދުން ލިބިދޭ 200 ނޮޓިކަލް މޭލުގެ ކަނޑުގެ ސަރަހައްދުގެ ގުދުރަތީ ގޮތުން އޮންނަ ބިން ދެމިގެންދާ ގޮތަކުން އެއަށް ވުރެ އިތުރަށް ލިބިދޭ ޖާގަ ރާއްޖޭން ހޯދުމަށް 2010 ވަނަ އަހަރު ހުށަހަޅާފައިވެ އެވެ. މޮރިޝަސް އިން ވަނީ އެ ކަމާ ދެކޮޅަށް ވެސް މައްސަލައެއް ހުށަހަޅާފައިވެ އެވެ.

"އެ ކަން ކަނޑައަޅަން ބޭނުންވާ ސައިންޓިފިކް އަދި ޓެކްނިކަލް ހެކިތައް މޮރިޝަސްގެ ފަރާތުން ހުށަހަޅާފަ ނުވާތީ މޮރިޝަސްއަށް އެ އައުޓާ ކޮންޓިނެންޓަލް ޝެލްފް ހައްގު ނުވާ ކަމަށް ވަކާލާތުކޮށްފައި އޮންނާނީ،" ރިފްއަތު ވިދާޅުވި އެވެ.

މޮރިޝަސްއަށް ވެސް އޭގެ ހެކި ނެތް ކަން އެނގޭ ކަމަށާއި އެ ގައުމުން މަސައްކަތްކޮށްފައި ވަނީ ރާއްޖެއާ ގުޅިގެން ޖޮއިންޓް ކޮންޓިނެންޓަލް ޝެލްފްގެ ކްލެއިމެއް ހުށަހެޅުމަށް ކަމަށް ވެސް ރިފްއަތު ވިދާޅުވި އެވެ. ނަމަވެސް ރާއްޖޭން އެ ކަމަށް އެއްބަސްވެފައި ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މި މައްސަލާގައި ރާއްޖޭގެ ދިފާއު ބިނާ ކުރުމުގައި ރާއްޖޭގެ އެންމެ މަތީ މަސްލަހަތު އިސްކޮށް އެއަށް އުނިކަން ލިބޭނެ އެއްވެސް ކަމެއް ކޮށްފައި ނޯންނާނެ ކަމަށެވެ.

މިއީ މޮރިޝަސްއަށް ކާމިޔާބުވާނެ މައްސަލައެއް ކަމަކަށް ނުބެލެވޭ، ވަކިން ހާއްސަކޮށް ކޮންޓިނެންޓަލް ޝެލްފްގެ މައްސަލާގައި،" އޭނާ ވިދާޅުވި އެވެ.

މައްސަލައިގެ ފަސްފަހަތް؛

މޮރިޝަސް އިން ޗާގޮސް ގެ މައްޗަށް ސިޔާދަތީ ބާރު ހޯދުމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގައި ކުރި ދައުވާ އެގައުމާއި އެއްކޮޅަށް ނިމި 2019 ވަނަ އަހަރު އެ ކޯޓުން ވަނީ ޗާގޮސް ވީ އެންމެ އަވަހަކަށް މޮރިޝަސްއާ ހަވާލުކުރުމަށް އިނގިރޭސިވިލާތަށް އަންގާފަ އެވެ. ނަމަވެސް މިހާތަނަށް އެ ނިންމުމަށް އިނގިރޭސިވިލާތުން އިޖާބަދީފައެއް ނުވެ އެވެ.

މީގެ ކުރިން މެއި 22، 2019، ގައި އދ. އިން އެ ނިންމުމަށް ތާއީދުކޮށް ހަ މަސް ދުވަހުގެ ތެރޭގައި ޗާގޮސް މޮރިޝަސް އާއި ހަވާލުކުރުމަށް 116 ގައުމުގެ ވޯޓާއި އެކު ފާސްކުރި ގަރާރުގައި ރާއްޖެއިން ވޯޓުލީ ދެކޮޅަށެވެ.

އެ މައްސަލައިގައި ރާއްޖޭގެ ސްޓޭންޑް ބަދަލުވިކަން އެނގުނީ މިހާރު ކަނޑުގެ ސަރަހައްދުގެ މައްސަލައިގައި ރާއްޖެއިން މޮރިޝަސްއާ ދެކޮޅަށް ވަކާލާތުކުރަމުން އެ ގަރާރާ އެއްކޮޅަށް ވޯޓުދޭން ނިންމާފައިވާ ކަމަށް ބަންޑާރަ ނައިބު ވިދާޅުވުމުންނެވެ.

ނަމަވެސް އެ މައްސަލައިގެ ސްޓޭންޑަށް އައި ބަދަލުގެ ސަބަބުން ކަނޑުގެ ސަރަހައްދުގެ މައްސަލައިގައި ޖަވާބުދާރީވަމުން އައިސްފައިވާ އެއްވެސް ކަމަކަށް ނުވަތަ ސްޓޭންޑަށް އެއްވެސް ބަދަލެއް ނުގެންނާނެ ކަމަށް ސަރުކާރުން ވަނީ ތަކުރާރުކޮށް ވިދާޅުވެފަ އެވެ.

އޭގެ އިތުރުން، ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސް އަށް ލިބުމަށް ރާއްޖެއިން ތާއިދުކޮށް އެ ގައުމާއި އެއްކޮޅަށް ވޯޓުލާން ނިންމީ، ރާއްޖެއަކީ އިސްތިއުމާރުކުރުމާ ދެކޮޅު ގައުމަކަށްވެފައި ގައުމުތަކުގެ ސިޔާދަތީ ބާރު އޮތުމަށް ތާއިދުކުރާ ގައުމަކަށް ވާތީ ކަމަށްވެސް ސަރުކާރުން ވަނީ ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނޮވެމްބަރު 3 ގައި ދިން ކަހަލަ ހަމަލާއެއް މިހާރު ނުދެވޭނެ

ނޮވެމްބަރު 3 ގައި ދިން ފަދަ އުދުވާނީ ހަމަލާއެއް މިހާރު ނުދެވޭނެ ކަމަށް ޑިފެންސް މިނިސްޓަރު ހަސަން ރަޝީދު ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި ސަރުކާރުން ވ ރާއްޖޭގެ ކަނޑާއި ވައިގެ ސަރަހައްދު ބެލެހެއްޓުމަށްޓަކައި ޑްރޯންތަކާއި އުޅަނދުފަހަރު ފަދަ ޒަމާނީ ވަސީލަތްތައް ހޯދައި ސިފައިންގެ ގާބިލުކަން އިތުރުކޮށްފަ.

މެލޭޝިއާގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ޒުވާނަކު މަރުވެއްޖެ

މެލޭޝިއާގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި އެ ގައުމުގައި ކިޔަވަމުން ދިޔަ އުމުރުން 21 އަހަރުގެ ދިވެހި އަންހެނަކު ވަނީ މަރުވެފަ. އައްޑޫ ސިޓީ ހިތަދޫއަށް ނިސްބަތްވާ މި ޒުވާނާ މަރުވި ހާދިސާގެ އިތުރު ތަފްސީލު އަދި ސާފެއް ނުވޭ.

ފުލުހުންގެ އާ ތަރުޖަމާނަކަށް ކުރީގެ ތަރުޖަމާނު ޝިޔާމް

ފުލުހުންގެ އާ ތަރުޖަމާނަކަށް، 12 އަހަރުގެ މެދުކެނޑުމަކަށްފަހު އަލުން ވަޒީފާ ލިބުނު އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ޝިޔާމް މިއަދު އައްޔަންކޮށްފި. މިއީ މި ސަރުކާރުގެ ދައުރުގައި ފުލުހުންގެ ތަރުޖަމާނުގެ މަގާމަށް އައްޔަންކުރި ތިންވަނަ ފަރާތް.

ވިލާ ކޮލެޖުން 54 ދަރިވަރަކަށް އެވޯޑު އަރުވައިފި

ވިލާ ކޮލެޖުގެ އެކި ޕްރޮގްރާމްތަކުން އެންމެ މަތީ ވަނަތައް ހޯދި 54 ދަރިވަރަކަށް "ސްޓޫޑެންޓް އެޗީވްމަންޓް އެވޯޑްސް 2026" ގައި އެވޯޑު ހަވާލުކޮށްފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޝަރަފުވެރިކޮށްދެއްވި މި ހަފްލާގައި، ވިލާ ކޮލެޖުން ބައިނަލްއަޤްވާމީ ފެންވަރުގެ ތަޢުލީމު ފޯރުކޮށްދިނުމަށް ކުރާ މަސައްކަތާއި އެތަނުން ތަމްރީނުވި ދަސްވެނިންގެ ޚިދުމަތް ފާހަގަކުރެއްވިއެވެ.

ފައިގަައި ޑްރަގު ބަނދެގެން އުފުލަން އުޅުމުން 50 އަހަރުގެ ހުކުމެއް

ފައިގެ ފަލަމަސްގަނޑުގައި މަސްތުވާތަކެތި ބަނދެގެން އުފުލި މީހަކަށް ދެ ބާވަތެއްގެ ޑްރަގު ޓްރެފިކުކުރުމުގެ ދައުވާ ސާބިތުވެ 50 އަހަރަށް ޖަލަށްލައި ދެލައްކަ ރުފިޔާއިން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި. އޭނާ ހައްޔަރުކުރީ ވައިގެ މަގުން ދަތުރުކުރަން އުޅެނިކޮށް ބޮޑީ ސްކޭނަރުން މަސްތުވާތަކެތި ފެނިގެން.

"މުސްލިމު ނޫން ބަޔަކަށް ދާއިމަށް ބިން ދިނުން ނުރައްކާތެރި"

ދިވެހި ރައްޔިތުކަން ނެތް މުސްލިމު ނޫން ބަޔަކަށް ރާއްޖެއިން ދާއިމަށް ބިން ދިނުމަކީ ފަލަސްތީނަށް ދިމާވި ފަދަ ނުރައްކާތެރި ހާލަތެއް މެދުވެރިވެދާނެ ކަމެއް ކަމަށް ފައްޔާޒް ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި މިގޮތަށް ބިން ދިނުމުން ބޭރުގެ ނުފޫޒުތައް ވަދެ، ރާއްޖޭގެ ގާނޫނުތަކާއި ދީނީ އުސޫލުތަކަށް ގޮންޖެހުންތައް ކުރިމަތިވުމުގެ ބިރު އެބައޮތް.

"ސަރުކާރުން ކަންތައް ކުރަނީ ދީން ދައްކައިގެން، ދީނާ ހިލާފަށް"

"ދީން ހަތިޔާރަކަށް ހަދައިގެން، އަޅުގަނޑުމެންގެ ޒުވާނުންގެ ހިތުން އީމާންކަމާއި އަގީދާ ގެއްލިގެންމިދަނީ ވަކި މިންވަރަކަށް ނޫން. އަޅުގަނޑުމެން ދީން ދެކެ ލޯބިވާ ކޮންމެ މީހަކު ކަންބޮޑުވާންޖެހޭ ކަމެއް. ދީނުގައި އޮންނަ ގޮތާ ހިލާފަށް ދީން ދައްކައިގެން ކަންކަން ކުރަމުން އެ ދަނީ،" ފައްޔާޒް ވިދާޅުވި އެވެ.

Newsletter

Get the latest news delivered straight to your inbox