ކާނިވާ ސަރަހައްދަށް އުދައަރައި, އެ ސަރަަހައްދާއި ބޮޑުތަކުރުފާނު މަގުގައި ފެން ބޮޑުވެއްޖެ އެވެ.
ސިޓީ ކައުންސިލުން ބުނީ ކާނިވާ ސަރަޙައްދަށް އުދަ އަރަމުންދާތީ އެ ކައުންސިލްގެ ޓީމުން އެ ސަރަހައްދުގައި ހަރަކާތްތރެިވަމުންދާ ކަމަށެވެ.
ކާނިވާ ސަރަހައްދަށް އުދަ އަރައިފައިވާއިރު، އެ ސަރަހައްދުގައި ހުރި ކެފޭ ރެސްޓޯރެންޓްތަކުގެ ތެރެއަށް ވެސް ވަނީ ލޮނުގަނޑު ވަދެފަ އެވެ.
ސިޓީ ކައުންސިލުން ބުނީ އެ ސަރަހައްދުގެ މަގު ސާފުކުރުމުގެ އަމަލީ މަސައްކަތް އުދަ އެރުން ކޮންޓްރޯލްވުމުން ކުރިއަށްގެންދާނެ ކަމަށެވެ.
ކާނިވާ ސަރަހައްދަކީ މީގެ ކުރިން ވެސް އުދަ އަރާ ސަރަހައްދެކެވެ. އުދަ އެރުމުގެ ސަބަބުން އެެ ސަރަހައްދުގައި ހުންނަ ބައެއް އުޅަނދުތަކަށް ވެސް ވަނީ ގެއްލުންވެފަ އެވެ.

މެޓް އޮފީހުން ބުނީ މިއަދު މެންދުރުފަސްވަންދެން އެ ސަރަހައްދަށް އުދަ އަރަމުންދާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް އުދަ އަރާނެ ކަމަށް ލަފާކޮށް މޫސުމާބެހޭ ގައުމީ އިރާއިން ވަނީ ހުދު ސަމާލު ނެރެފަ އެވެ.












