ވޯލްޑް ކަޕާ ދިމާކޮށް ނެދަލެންޑްސް ދޫކޮށް އެލް ގާޒީ މޮރޮކޯ އަށް ކުޅެން މަސައްކަތްކުރަނީ

Nov 4, 2022, 11:55 AM
ވޯލްޑް ކަޕާ ދިމާކޮށް ނެދަލެންޑްސް ދޫކޮށް އެލް ގާޒީ މޮރޮކޯ އަށް ކުޅެން މަސައްކަތްކުރަނީ

ރަބަތު، މޮރޮކޯ (ނޮވެމްބަރު 4) - ނެދަލެންޑްސްގެ ތިން އުމުރުފުރައެއްގެ ގައުމީ ޓީމަށާއި ސީނިއާ ޓީމަށް ވެސް ކުޅެފައިވާ ވިންގް، އަންވަރު އެލް ގާޒީ، މި މަހު 20 ވަނަ ދުވަހު ގަަތަރުގައި ފަށާ ފީފާ ވޯލްޑް ކަޕާ ދިމާކޮށް، މޮރޮކޯ ގައުމީ ޓީމަށް ކުޅެން ނިންމައިފި އެވެ.

އެލް ގާޒީ އަކީ މޮރޮކޯ ދަރިކޮޅަށް ނިސްބަތްވާ ކުޅުންތެރިއެކެވެ.

މިހާރު ޕީއެސްވީ އައިންދޯވަން އަށް ކުޅެމުން އަންނަ އެލް ގާޒީ ވަނީ ނެދަލެންޑްސްގެ 17، 18 އަދި 21 އަހަރުން ދަށުގެ ޓީމަށް ކުޅެފަ އެވެ. ކްރިސްޓިއާނޯ ރޮނާލްޑޯގެ ލަފާ ހޯދައި، ސިނިއާ ލެވަލްގައި ނެދަލެންޑްސް އަށް ކުޅެން ނިންމައި، މިހާތަނަށް އެލް ގާޒީ ވަނީ ނެދަލެންޑްސްގެ ދެ މެޗެއްގައި ކުޅެފަ އެވެ. އެއީ 2016 ވަނަ އަހަރުގެ ޔޫރޯ ކޮލިފައިންގަ އެވެ. އެކަމަކު، އޭގެ ފަހުން ނެދަލެންޑްސް ޓީމުން އެލް ގާޒީ އަށް ފުރުސަތު ލިބިފައިނުވެ އެވެ.

އެސްޓަން ވިލާ އާއި އެވަޓަން އަށް ކުޅެފައިވާ އެލް ގާޒީ، 27، މިހާރު އަންނަނީ ނެދަލެންޑްސް އިން ކުޅެލަން ލިބޭ ފުރުސަތުތައް މަދުވުމާ އެކު މޮރޮކޯގެ ފުޓްބޯޅަ ފެޑެރޭޝަނާ މަޝްވަރާކޮށް މި ފަހަރުގެ ވޯލްޑް ކަޕްގެ ކުރިން އޭނާ އަށް މޮރޮކޯ ޓީމަށް ކުޅެވޭތޯ މަސައްކަތް ކުރަމުންނެވެ.

ނެދަލެންޑްސްގެ 21 އަހަރުން ދަށުގެ ޓީމުގެ މެޗެއްގެ ތެރެއިން އެލް ގާޒީ ބޯޅަ ހިފައިގެންދަނީ

ފީފާ އިން 2020 ވަނަ އަހަރު ގައުމީ ޓީމުގެ ކުޅުންތެރިން އެއް ގައުމުން އަނެއް ގައުމަށް ބަދަލުވުމުގެ އުސޫލަށް ވަނި ލުޔެއް ދީފަ އެވެ. އެ ގޮތުން 21 އަހަރުން މަތީގެ ކުޅުންތެރިއަކު އެއް ގައުމަށް ތިން މެޗަށް ވުރެ އިތުރަށް ނުކުޅެ ހުއްޓައި، އޭނާއާ އާއިލީ ގޮތުން ގުޅުން އޮތް އެހެން ގައުމެއްގެ ގައުމީ ޓީމަށް ކުޅެން ބަދަލުވެވޭނެ އެވެ. އެކަމަކު، އެ ހުއްދަތައް ހޯދަން ހޭދަވާ މުއްދަތު ދިގުލައި ބައެއް ކުޅުންތެރިން ނިންމުން ބަދަލުކޮށްފައިވެސް ވެ އެވެ.

މޮރޮކޯގެ ކޯޗު، ވަލީދު ރެގްރަގޫއީ ވަނީ ގަތަރުގައި ކުރިއަށްދާ ވޯލްޑް ކަޕަށް 32 ކުޅުންތެރިންގެ ސްކޮޑެއް ނަގައިފަ އެވެ. އެ ސްކޮޑުގައި ހިމެނޭ ފާހަގަކޮށްލެވޭ ނަންތަކަށް ބަލާއިރު، ބްރޭކަކަށް ފަހު އަލުން އައި، ހަކީމް ޗިޔެޗް އާއި ޕީއެސްޖީގައި ވިދަމުން އަންނަ އަޝްރަފް ހަކީމީގެ އިތުރުން ޔޫރަޕް ފުޓްބޯޅައިގެ ތަޖުރިބާ ލިބިފައިވާ ސޯފްޔަން އަމްރަބަތު، އަދި ޒަކަރިއްޔާ އަބޫހަލާލް ހިމެނެ އެވެ.

މި ސީޒަނުގައި ޕީއެސްވީގައި އެލް ގާޒީ ދައްކަމުން އަންނަ ކުޅުމަށް ބަލާއިރު، މޮރޮކޯގެ ކޯޗު ވަލީދު، ފުރުސަތު އޮވެއްޖެނަމަ އެލް ގާޒީގެ ބޭނުންހިފާނެ އެވެ. އެކަމަކު، އެއީ ފީފާ ތެރެއިން އެލް ގާޒީގެ ރަޖިސްޓްރޭޝަނުގެ ކަންކަން ފުރިހަމަވެެއްޖެނަމަ ލިބެން އޮތް ފުރުސަތެކެވެ.

މި ފަހަރުގެ ވޯލްޑް ކަޕްގައި މޮރޮކޯ ހިމެނެނީ ބެލްޖިއަމް އާއި ކެނަޑާ އަދި ކްރޮއޭޝިއާއާ އެކު ގްރޫޕް އެފްގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox