ބ. އަތޮޅު ރިސޯޓެއްގައި މަސައްކަތް ކުރަމުން ދަނިކޮށް ބަގީއަކާ އެކު މޫދަށް ވެއްޓުނު މީހާ ފަރުވާ ދެމުން ދަނިކޮށް މަރުވެފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
މަރުވެފައިވަނީ އެ ރިސޯޓްގައި މަސައްކަތް ކުރާ މޮރޮކޯއަށް ނިސްބަތްވާ 26 އަހަރުގެ އަންހެނެކެވެ.
ފުލުހުން މިއަދު ބުނީ ބަގީއާ އެކު މޫދަށް ވެއްޓުނު މީހާއަށް އޭޑީކޭގައި ފަރުވާދެމުންދަނިކޮށް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ.
އެ ހާދިސާ ހިނގުމުގައި ތުހުމަތު ކުރެވޭ ފަދަ އެއްވެސް ކަމެއް މިހާތަނަށް ބެލި ބެލުމުން ފާހަގަވެފައި ނުވާ ކަމަށް ވެސް ފުލުހުން މައުލޫމާތު ދީފައިވެ އެވެ.
އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން މައުލޫމާތު ދެ އެވެ.














