ފަތުރުވެރިކަމުގެ ދާއިރާއިން ދަރިވަރުންނަށް މައުލޫމާތު ހިއްސާ ކުރުމަށް ހިނގާލުމެއް ބާއްވަން ނިންމައިފި އެވެ.
"ޖުބިލީ ވޯކް"ގެ ނަމުގައި ބާއްވާ މި ހިނގާލުން އިންތިޒާމްކުރަނީ ޓޫރިޒަމް މިނިސްޓްރީ އާއި މޯލްޑިވްސް ހޮސްޕިޓޭލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް، އެފްއެޗްޓީއެސްގެ ގުޅިގެންނެވެ.
މި ހިނގާލުން ބާއްވަނީ މި މަހުގެ 19 ވަނަ ދުވަހުގެ ހަވީރު 4:00 އިން 6:00 އަށެވެ. މި ހިނގާލުމުގައި 21 ސުކޫލެއްގެ ސާނަވީ އަދި މަތީ ސާނަވީ ތައުލީމު ހާސިލްކުރާ ދަރިވަރުން ބައިވެރިވާނެ ކަމަށް މި ހިނގާލުން އިންތިޒާމުކުރާ ފަރާތްތަކުން މައުލޫމާތު ދެ އެވެ. އަދި ކޮލެޖުތަކާއި ރެސްޓޯރެންޓްތަކުގައި މަސައްކަތްކުރާ ފަރާތްތަކުން ވެސް މި ހިނގާލުމުގައި ބައިވެރިވާނެ އެވެ.
މި ހިނގާލުމަކީ ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެން ކުރިއަށް ގެންދާ ހަރަކާތެކެވެ.












