ބަންޑާރަ ކޮށީގައި މިއަދު ހަވީރު ހާއްސަ ތަމްރީނު ޕްރޮގްރާމެއް ބޭއްވުމަށް ނިންމާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.
އެމްއެންޑީއެފުން މައުލޫމާތު ދިން ގޮތުގައި ބަންޑާރަ ކޮށީގައި މިއަދު ކުރިއަށްގެންދާ ތަމްރީނެއްގައި، މިއަދުގެ ހަވީރުގެ ވަގުތެއްގައި ބަޑި ޖެހުން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވެ އެވެ.
މި ހަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 16:15 އާއި 17:30 އާ ދެމެދުގެ ވަގުތެއްގަ އެވެ.













