ކައިވެނީގައި ދިމާވާ މައްސަލަތަކަކީ އާއިލާ އާއި ރައްޓެހިންނާއި ދުނިޔެއަށް އަންގަން ޖެހޭ ކަންކަމެއް ނޫން: މުފްތީ

ކައިވެނީގައި ދިމާވާ މައްސަލަތަކަކީ އާއިލާ އާއި ރައްޓެހިންނާއި ދުނިޔެއަށް އަންގަން ޖެހޭ ކަންކަމެއް ނޫން: މުފްތީ

ކައިވެނީގައި ދިމާވާ މައްސަލަތަކަކީ އާއިލާ އާއި ރައްޓެހިންނާއި ދުނިޔެއަށް އަންގަން ޖެހޭ ކަންކަން ނޫން ކަމަށް ދީނީ އިލްމުވެރިޔާ މުފްތީ މެންކް ވިދާޅުވެ, އެފަދަ ހާލަތުގައި އަމަލުތައް ބެހެއްޓުން އެންމެ ރަނގަޅު ގޮތްތައް ކިޔައިދެއްވައިފި އެވެ.

އިސްލާމިކް މިނިސްޓްރީގެ ދައުވަތަކަށް ރާއްޖެ ވަޑައިގެންނެވި މުފްތީ މެންކްގެ ދަތުރުގައި އެންމެ ފަހު ދަރުހެއްގެ ގޮތުން ރޭ ހުޅުމާލޭ ސިންތެޓިކް ޓްރެކް ސަރަހައްދުގައި ބޭއްވި އެއްވުމުގައި މުފްތީ ވިދާޅުވި ގޮތުގައި ދިރިއުޅުމުގައި މައްސަލައެއް ދިމާވާއިރަށް މުޅި ދުނިޔެއަށް އެ ވާހަކަ އިއުލާންކޮށް، އާއިލާ އާއި ރައްޓެހިންނާ ހަމައަށް އެ ވާހަކަތައް ގެންދިއުމުގެ މާނައެއް ނެތެވެ.

"އާއިލީ މައްސަލަތަކާއި ކުރިމަތިލާނެ ގޮތް" މި މައުލޫގެ މައްޗަށް ވާހަކަ ދައްކަމުން މުފްތީ ވިދާޅުވީ، ދިރިއުޅުމުގައި މައްސަލައެއް ޖެހޭއިރަށް އަނެއްކަކު ކުށްވެރިނުކޮށް މައްސަލަ ހައްލުކުރުމަށް މަސައްކަތްކުރަން ޖެހޭނީ އިހްތިރާމާ އެކު ކަމަށެވެ.

Advertisement

އެއީ, ގާތްތިމާގެ މީހުންގެ މެދުގައި ދިމާވި މައްސަލައެއް ނަމަވެސް, އެ މައްސަލައެއްގެ ދެކޮޅު ހޯދައި، ހައްލުކޮށް އަލުން އެފަދަ މައްސަލައެއް ތަކުރާރުވިޔަ ނުދިނުމަށް އަޒުމްކަނޑައަޅަން މުފްތީ ނަސޭހަތްތެރިވެވަޑައިގެންނެވި އެވެ.

މުފްތީ މެންކް ވިދާޅުވީ، ކައިވެނީގައި ޖެހޭ މައްސަލަތަކަކީ ދުނިޔެއަށް އަންގަން ޖެހޭ ކަންކަން ނޫން ކަމަށާއި ކަމަކާ ނުލާ ކުރެވޭ އެފަދަ ކަންކަމުގެ ސަބަބުން އިތުރު މައްސަލަތައް ނުކުންނާނެ ކަމަށެވެ. މުހިންމު ކަމަކީ ދެމީހުން އެކުގައި ވާހަކަ ދައްކައިގެން މައްސަލަ ހައްލުކުރުން ކަމަށެވެ. މައްސަލަ ހައްލު ކުރަން ނޫޅި, އެކަމަކު އަނެއްކެއްގެ ކުށް ދައްކާނަމަ, މަސްލަހަތު އިތުރަށް ގޯސްވެގެންދާނީ ކަމަށް ވިދާޅުވި އެވެ.

ރާއްޖޭގައި އިންތިހާއަށް ވަރި ގިނަވެފައިވާއިރު, މުފްތީ ވިދާޅުވި ގޮތުގައި ވަރިއަކީ އެ ނޫން ގޮތެއް ނެތިގެން ނޫނީ އޮތް ފިޔަވަޅެއް ނޫނެވެ. މުފްތީ މެންކް ވިދާޅުވި ގޮތުގައި ކައިވެންޏަކީ ލޯތްބާއި ތަކުލީފްގެ އިމްތިހާނެކެވެ. އެ އިމްތިހާނުގައި އޮތް ގޮތަކީ ގުރުބާނީތަކާ އެކު ހަމަޖެހޭ ދިރިއުޅުމެއް ހޯދުން ކަމަށެވެ.

ކައިވެނީގައި ޖެހޭ މައްސަލަތައް ހައްލު ކުރުމަށް އިސްކަން ދިނުމަށް މުފްތީ ގޮވާލެއްވިއިރު, ކައިވެނި ރޫޅަން ޖެހޭ ހާލަތެއް ވެސް ބަޔާން ކުރެއްވި އެވެ. ވިދާޅުވީ އަނިޔާ ކުރާނަމަ, ފަސްޖެހުމެއް ނެތި އެ ކައިވެންޏެއް އަންހެން މީހާ ނަަމަވެސް, ރޫޅާލަން ޖެހޭ ކަމަށެވެ. އަދި, އެ ހާލަތުގައި އެ ދަރިފުޅަށް އަޅާލައި, އޭނާ ދައްކާ ވާހަކަތައް އަޑުއެހުމަށް މައިންބަފައިންނަށް މެންކް އިލްތިމާސްކުރެއްވި އެވެ.

މުފްތީ މެންކް ދެކެވަޑައިގަންނަވާ ގޮތުގައި އަނިޔާ ކުރާނަމަ, އެ ކައިވެންޏެއް ދެމެހެއްޓުމަށް ހިތްވަރު ދީގެން ނުވާނެ އެވެ. ގޭގައި އިންނަ އަނބިމީހާއަށް އަނިޔާކޮށް, އޭނާއާ ދިމާއަށް ބޭނުންހާ އެއްޗެއް ކިޔޭނެ ކަމަށް ބައެއް ފިރިހެނުން ދެކޭ ދެކުމަކީ ކުށްހީއެއް ކަމަށް މެންކް ވިދާޅުވި އެވެ.

ކައިވެނި ދެމިއޮންނަން ވާނީ ލޯތްބާއި އިހްތިރާމް އަދި ގުރުބާނީތަކުގެ މައްޗަށް ކަމަށް މެންކް ވިދާޅުވި އެވެ. އެފަދަ ކައިވެންޏެއްގެ ތެރޭން ބޮޑުވާ ދަރިންނަށް ވެސް ރަނގަޅު ގޮތްތައް ކުރިމަތިވާނެ ކަމާއި ދަރީންނާ އޮންނަ ގުޅުން ވީހާވެސް ބޮޑަކަށް ގާތްކޮށް ރަނގަޅުކުރުމަށް މުފްތީ މެންކް އިލްތިމާސްކުރެއްވި އެވެ.

އެންމެ ފަހު ދަރުސް ރޭ ހުޅުމާލޭގައި މެންކް ދެއްވާފައިވާއިރު, މާލެ, އައްޑޫ އަދި ފުވައްމުލަކުގައި ވަނީ ދަރުސް ދެއްވާފަ އެވެ. މިއިން ކޮންމެ ދަރުހަކަށް ވެސް އާންމުންގެ ބޮޑު ތަރުހީބެއް ވަނީ ލިބިގެން ގޮސްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox