އިނގިރޭސިވިލާތުގެ އިމިގްރޭޝަން އޮފީހަކަށް ހަމަލާ ދީފި

ހޮނިހިރު ދުވަހު އެކަނިވެސް އިނގިރޭސި ޗެނަލް ހުރަސްކޮށް 990 މީހުން އެ ގައުމަށް އެތެރެވި. -- ފޮޓޯ: އޭއެފްޕީ

ހޮނިހިރު ދުވަހު އެކަނިވެސް އިނގިރޭސި ޗެނަލް ހުރަސްކޮށް 990 މީހުން އެ ގައުމަށް އެތެރެވި. -- ފޮޓޯ: އޭއެފްޕީ

ފްރާންސާއި އިނގިރޭސިވިލާތާ ދެމެދު އޮންނަ ކަނޑުގެ ސަރަހައްދު ހުރަސްކޮށް އިނގިރޭސިވިލާތަށް އެތެރެވާ ރެފިއުޖީންގެ ކަންކަން ބެލެހެއްޓުމަށް ގާއިމުކޮށްފައިވާ ހާއްސަ އިމިގްރޭޝަން އޮފީހަކަށް ހަމަލާ ދީފި އެވެ.

ފުލުހުން ބުނީ އާދީއްތަ ދުވަހުގެ ހެނދުނު އިމިގްރޭޝަން އޮފީހަށް އަލިފާން ބޮންތަކެއް އެއްލި ކަމަށެވެ. އެއީ އިނގިރޭސިވިލާތުގެ ދެކުނުގައި ޑޯވާ އަވަށުގައި ހުންނަ އޮފީހެކެވެ.

އެ ހާދިސާގައި އެކަކަށް އަނިޔާވި އެވެ. ޑޯވާއަކީ އިނގިރޭސި ޗެނަލް ހުރަސްކޮށް ގައުމަށް އެތެރެވާ ރެފިއުޖީން ޕްރޮސެސް ކުރުމުގެ މަސައްކަތް ކުރާ ޕޯޓް އަވަށެކެވެ.

ފުލުހުން ބުނީ އެކަކަށް ކުދި އަނިޔާތައް ލިބުނު ކަމަށާއި ތުހުމަތު ކުރެވޭ މީހާ ދެނެގަނެ، ހޯދާފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް ހިއްސާނުކުރެ އެވެ.

އިމިގްރޭޝަން މިނިސްޓަރު ރޮބަޓް ޖެންރިކް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެއީ ސީރިއަސް ހާދިސާއެއް ކަމަށެވެ. ޑޯވާގެ ޕާލިމެންޓް މެމްބަރު ނަޓަލީ އެލްފިކޭ ވެސް ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

އެލްފިކޭ ވިދާޅުވީ ހަމަލާ ދިން ސީދާ ސަބަބު ނޭނގޭ ކަމަށާއި އެހެން ނަމަވެސް، ރެފިއުޖީންނާ ގުޅިގެން ކަަންބޮޑުވުން އިތުރުވަމުންދާތާ ދުވަސްކޮޅޭއް ވެއްޖެ ކަމަށެވެ.

އެގޮތުން ކުޑަ ބޯޓެއްގައި އިނގިރޭސި ޗެނަލް ހުރަސްކުރި ބަޔަކު، ޑޯވާ އަވަށުގައި މީހެއްގެ ގެޔަށް ވަން މައްސަލައެއް ފެންމަތިވި ކަމަށް ފާހަގަކުރެއްވި އެވެ.

އިނގިރޭސި ސަރުކާރުގެ ތަފާސްހިސާބް ދައްކާ ގޮތުން ހޮނިހިރު ދުވަހު އެކަނިވެސް ކުދި ބޯޓުތަކުގައި އިނގިރޭސި ޗެނަލް ހުރަސްކޮށް، 990 މީހުން އެތެރެވި އެވެ. މި އަހަރު އެގޮތަށް އެތެރެވި ރެފިއުޖީންގެ ޖުމްލަ އަދަދަކީ 40،000 އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox