ޔޫކްރެއިންގެ ގޮދަން އެކްސްޕޯޓް ކުރުމާ ބެހޭ ޑީލް ރަޝިއާއިން މެދުކަނޑާލައިފި

ގޮދަން އެކްސްޕޯޓް ކުރުމާ ގުޅޭ އެއްބަސްވުމަކަށް ދިޔައީ ޖުލައި މަހު. -- ފޮޓޯ: ރޮއިޓާޒް

ގޮދަން އެކްސްޕޯޓް ކުރުމާ ގުޅޭ އެއްބަސްވުމަކަށް ދިޔައީ ޖުލައި މަހު. -- ފޮޓޯ: ރޮއިޓާޒް

ޔޫކްރެއިންގެ ބްލެކް ސީ ބަނދަރުތަކުން ގޮދަން އެކްސްޕޯޓް ކުރުމަށް މަގުފަހިވި އެއްބަަސްވުމަށް އަމަލު ކުރުން މެދުކަނޑާލަން ރަޝިއާއިން ނިންމައިފި އެވެ.

އެގޮތަށް ނިންމީ ކްރައިމިއާގެ ސެވާސްޓޮޕޯލްގައި ހަރަކާތްތެރިވާ ރަޝިއާގެ ބްލެކް ސީ ފްލީޓަށް ޔޫކްރެއިނުން "ބޮޑު" ޑްރޯން ހަމަލާއެއް ދިން ކަމަށް ތުހުމަތު ކުރުމަށް ފަހު އެވެ.

ޔޫކްރެއިންގެ ފޮރިން މިނިސްޓްރީން ބުނީ އެއްބަސްވުން މެދުކަނޑާލަން ރަޝިއާއިން ދައްކަނީ ބޭކާރު ވާހަކަ ކަމަށެވެ.

ހޮނިހިރު ދުވަހު ސެވާސްޓޮޕޯލްގައި ދިން ހަމަލާ އާއި ސެޕްޓެމްބަރު މަހު ގޭސް ހޮޅިތައް ގޮއްވާލުމުގައި އިނގިރޭސި ސިފައިން ބައިވެރިވި ކަމަށް ވެސް ރަޝިއާއިން ތުހުމަތު ކުރެ އެވެ.

ރައްދުގައި އިނގިރޭސި ޑިފެންސް މިނިސްޓްރީން ބުނީ ރަޝިއާއިން ދޮގު ތުހުމަތު ކުރަނީ "އާދަޔާ ހިލާފު މިންވަރަކަށް" ކަމަށެވެ.

ރަޝިއާގެ ޑިފެންސް މިނިސްޓްރީން ބުނީ ހޮނިހިރު ދުވަހު ހަމަލާ ދިނުމަށް ބޭނުން ކުރި ޑްރޯންތައް ޓާގެޓް ކުރީ ގޮދަން އެކްސްޕޯޓް ކުރުމާ ބެހޭ އެއްބަސްވުމުގައި ހިމެނޭ މަނަވަރުތަކަށް ކަމަށެވެ. އޭގެ ތެރެއިން އެއް އުޅަނދަށް ކުދި ގެއްލުންތައް ލިބުނެވެ.

ގޮދަނުގެ އެކްސްޕޯޓާ ބެހޭ އެއްބަސްވުމެއް ރަޝިއާ އާއި ޔޫކްރެއިނާ ދެމެދު އެކުލަވާލުމަަށް އިސްކޮށް އުޅުނު އދ. އިން ބުނީ ރަޝިއާ ސަރުކާރާ އެކު ވާހަކަދައްކަމުންދާ ކަމަށެވެ.

ރަޝިއާއިން މިދިޔަ ފެބްރުއަރީ މަހު ޔޫކްރެއިންގައި ހަަނގުރާމަ ފެށުމުން، ޔޫކްރެއިންގެ ބަނދަރުތަކުން ގޮދަން އެކްސްޕޯޓް ކުރުން މެދުކެނޑި، އެތައް މިލިއަން ޓަނެއް ސަޕްލައި ތާށިވި އެވެ.

އޭގެ ސަބަބުން އެތައް މިލިއަން ބަޔަކު ބަނޑުހައި ހޫނު ކަމަށް ވެއްޓި، ދުނިޔޭގެ ބާޒާރުގައި ކާބޯތަކެތީގެ އަގު އުފުލެން ފެށުމުގެ މައްސަލަ އޮތީ ކުރިމަތިވެފަ އެވެ.

އެހެންވެ، ދެ މަސް ވަންދެން ކުރި މަޝްވަރާއަށް ފަހު ޔޫކްރެއިންގައި ތާށިވެފައި ހުރި ގޮދަނުގެ ޝިޕްމަންޓް ބްލެކް ސީ ރޫޓުން އެކްސްޕޯޓް ކުރުމަަށް މަގުފަހިވާނެ ގޮތް ހެދުމަށް އެއްބަސްވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox