ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މީހަކު މަރުވެއްޖެ އެވެ.
މިކަމާއި ގުޅިގެން މީޑީއާތަކަށް މައުލޫމާތު ދެމުން ފުލުހުން ބުނެފައިވަނީ މިއަދު ގދ. ހޯނޑެއްދޫން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހަކު މެއަށް ތަދުވެ، ޝީޒާއެއް ޖެހޭފަދަ އަލާމާތްތަކެއް ފެނުމާއި ގުޅިގެން ގދ. މަޑަވެލީ ސިއްހީ މަރުކަޒަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށެވެ.
މަރުވި މީހާގެ އެއްވެސް ތަފުސީލެއް ނުވަތަ އެ މީހާ ހައްޔަރު ކުރެވުނު ތަނެއްގެ މައުލޫމާތެއް މިހާތަނަށް ފުލުހުން ދީފައެއް ނުވެ އެވެ.
"އަދަދު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި މީހާ ހާލުދެރަވެގެން މަޑަވެއްޔަށް ގެންގޮސްފައިވަނީ އެހެން ރަށެއްގެ ލޯންޗެއްގަ އެވެ.
މި މައްސަލައިގައި ފުލުހުން އިތުރަށް ބުނެފައިވަނީ މި ހާދިސާގެ މައުލޫމާތު ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނާއި ހިއުމަން ރައިޓްސް ކޮމިޝަނަށް ހިއްސާކޮށް ތަހުގީގު ކޮށްދިނުމަށް އެދިފައިވާ ކަމަށެވެ.














