ދިގު ވާހަކަ: ކެތްކުރާނަން

ދިގު ވާހަކަ: ކެތްކުރާނަން

(5 ވަނަބައި)

ކުރިއަށް އޮތީ ހުކުރު ދުވަހެވެ. އަހަރެން އުއްމީދުކޮށްގެން ހުރީ އެ ދުވަހު ގަދަޔަށް ނިދައިލެވޭނެ ކަމަށެވެ. އާއްމުކޮށް ހުކުރު ދުވަހުގެ ހެނދުނުގެ ސައި އަހަރެންގެ ރަށުގައި ނުހަދާނެ އެވެ. މާލޭގައި އުޅުނު ގޭގައި ވެސް އެކަން އޮތީ އެ މަގުންނެވެ. ހާއްސަ ހުކުރެއް ނަމަ އާއިލާ އެންމެން ކަހަލަ ގޮތަކަށް ޖަމާވާނީ ކޮއްތުވެނި ކަހަލަ ތަނަކަށެވެ. ހެނދުނުގެ ނާސްތާ އޮންނާނީ އެންމެން އެއް ޖަމާއަތެއްގަ އެވެ. އެ ވެސް އެހައި އާއްމުކޮށް ކުރާ ކަމެއް ނޫނެވެ. ނަމަވެސް ކޮންމެ މަހެއްގެ ވެސް ފުރަތަމަ ހުކުރުގައި އެކަން އޮންނާނެ އެވެ. އެއީ މާލޭގައި އަހަރެން ހުރި ގޭގެ އާދައެކެވެ. އަހަންނަށް ކަމުދިޔަ ސަގާފަތެކެވެ. އާއިލީ ގުޅުން ބަދަހިވެ އެންމެން އެއް ޖަމާއަތަކަށް އަރައިލަން ލިބޭ ފަހި ފުރުސަތެއްވީމަ އެވެ.

އަހަރުމެން ރަށުގައި އެކަމަށް ވަކި ސަގާފަތެއް ނޯވެ އެވެ. ނަމަވެސް، އަހަރުމެންގެ ގޭގައި އެކަމަށް ހާއްސަ ކަމެއް އޮވެ އެވެ. އެއީ ކޮންމެ ހުކުރު ދުވަހެއްގެ ހެނދުނުގެ ސައި ލުއި ގޮތަކަށް ނިންމުމެވެ. އާއްމު އުސޫލާ ޚިލާފު ސަޔެއް ބުއިމެވެ. އެ ވެސް އަހަންނަށް ކަމުދާ ގޮތެކެވެ.

އަހަރެން އުއްމީދުކުރީ މި ރަށުގައި ވެސް މި ކަހަލަ ތަފާތު ކަމެއް އޮންނާނެ ކަމަށެވެ. ރަށުގެ ސަގާފަތެއް ނެތަސް މި ގޭގައި މި ކަހަލަ ކޮންމެ ވެސް ކަމެއް އޮންނާނެ ކަމަށެވެ. ހިތައިހިތުން ގަބޫލު ވެސް ކުރެވުނީ އެ ގޮތަށެވެ. ނަމަވެސް އެއްވެސް މީހަކު އެއިން ކަމަކާ ގުޅޭގޮތުން މައުލޫ ހުޅުވާ ނުލާތީ އަހަންނަށް އިސްވެ އެ މައުލޫއަށް ވަންނާކަށް ނުކެރުނެވެ.

"އާ ސަގާފަތެއްގައި އުޅޭ ފުރަތަމަ ހަތް ދުވަސް އެއީ ދަސްކުރާ ހަތް ދުވަހަށް ހަދަންވާނެ. ކޮންމެ ދުވަހަކަށް ތަފާތު ކަމެއް އޮވެދާނެ. އެކަމަށް ވިސްނަންވާނެ. ކޮންމެ ވާހަކައެއް ކޮންމެ ކަމެއް ކިޔައިދޭނެ މީހަކު ނުހުރެދާނެ. ކޮންމެ ސަގާފަތަކަށް އެޑަޕްވުން ފަސޭހަ ނުވިޔަސް ސަގާފަތް މި ކިޔަވައިދެނީ އެކަމަށް އަހުލުވެރިކުރުމަށް." ސިކުނޑީގައި ކުޅެމުން ދިޔައީ ކޯހުގައި އެންމެ ޝައުގުވެރިކަމާއެކު ކިޔެވި އެއް މާއްދާގެ ތަޤުރީރުގެ ހަނދާންތަކެވެ.

މި ދުވަސްކޮޅު އަހަރެންގެ މުޅި ސިކުނޑީގައި ގުގުމަމުންދާ އެއް ހަނދާނަކީ އެ މާއްދާގެ ހަނދާންތަކެވެ. ވެދާނެ އެވެ. އަހަންނަށް އެ މާއްދާ ކިޔެވުނީ މި ހުރިހާ ކަމެއް ތަޖުރިބާ ކުރާން ޖެހިދާނެތީ އެވެ. އެއް ނަޒަރަކުން އެއީ ވެސް ކާމިޔާބެކެވެ. އަހަންނަށް ލިބޭ ހިތްވަރެކެވެ. މީހުން ބުނަނީ ތެދެކެވެ. ތިމާއަށް އިލްމެއް އެނގެނީ އެ އިލްމު ދިރިއުޅުމުގެ ކޮންމެ ވެސް ހިސާބަކުން ބޭނުން ކުރާން ޖެހޭނެތީ އެވެ. އެކަން މިއަދު އަހަންނަށް ވަރަށް ސާފުކޮށް ޔަގީން ވެއްޖެ އެވެ. އެނގިއްޖެ އެވެ.

ހުކުރު ދުވަހުގެ ކަމާކެމި އޮންނަ ގޮތް ނޭނގޭތީ ފަތިސް ނަމާދުކޮށް ނިންމައިލުމަށްފަހު އަހަރެން ބޭރަށް ނުކުތުމުގެ ކުރީން ރިޔާޒަށް ބަލައިލެވުނެވެ. އާއްމުކޮށް ރިޔާޒު ފަތިސްނަމާދުކޮށްގެން އޮށޯވެ ނިދާނީ އެވެ. މިއަދު ވެސް ކަންވީ އެހެންނެވެ. އޭނާ އޮތީ އަރާމު ނިންޖަކުން ނިދައި މަރުވެފަ އެވެ. ރިޔާޒުގެ ނިދީގެ މީރުކަން ފެނި އޭނާގެ ނިދީގެ ރާގު އިވިފައި އަހަންނަށް ލުއި ގޮތަކަށް ހިނިތުން ވެވުނެވެ.

މަޑުމަޑުން ކޮޓަރިން ނުކުމެ ބޭރަށް ބަދިގެއާ ދިމާއަށް ހިނގައިގަތީމެވެ. މުޅި ތަނުގައި ރަސްކަން ކުރަމުން ދިޔައީ ހިމޭންކަމެވެ. ފަނިފަކުސާގެ އަޑުތައް ވެސް ހިނދެމުން ހިނދެމުން ދާކަމުގެ އިހުސާސް ކުރެވުނެވެ. މުޅި ތަންވަނީ ނިދައި މަރުވެފަ އެވެ. ބަދިގެއަށް ވަދެ ވަށައިގެން ނަޒަރު ހިންގައިލެވުނެވެ. ބައެއް ތަކެތި ރަމަތަކޮށްލަން ޖެހޭ ކަމުގެ އިހުސާސް ކުރެވުނެވެ. ތެލި ތަށިތައް ދޮވެލައި ބަދިގެ ތެރެ ހަމައަކަށް އަޅުވާން ޖެހޭކަމުގެ ނިޝާންތައް ފެނުމުންނެވެ.

އެހެންވެ ލަސް ހަރަކާތްތަކަކާއެކު އެ ހުރިހާ ކަމަކަށް ސަމާލުކަންދީގެން ފަހަރަކު ކަމެއް، ފަހަރަކު ކަމެއް ކުރަމުން ގޮސް ހުރިހާ ކަމެއް ނިންމައިލެވުނީ ތިރީހަކަށް މިނެޓު ފަހުންނެވެ.

އަހަންނަށް ފުން ނޭވާއެއް ބޭރުކޮށްލެވުނެވެ. ކޮންމެ ވެސް މީހެއްގެ ހިލަން ވުމުން ދޮރާ ދިމާއަށް ބަލައިލެވުނެވެ. ކުރިމަތީގައި ހުރީ ރިޔާޒުގެ މަންމަ އެވެ. މަންމަގެ މޫނުން ހިއްލިފައިވާ ދެތިން ރޫ ފެނުމުން ކޮންމެ ވެސް ކަމެއް ގޯސްވެއްޖެކަން ޔަގީން ކުރެވުނެވެ.

"ކިހިނެއްވީ މަންމާ؟" އަހަންނަށް އަހައިލެވުނެވެ.

ބަދަލުގައި އެއްވެސް އެއްޗެއް ނުބުނެ މަންމަ ގޮސް އިށީނީ މޭޒު ކައިރީގައި ހުރި ގޮނޑީގަ އެވެ.

"ގޯސްކަމެއް ކުރެވުނީތަ؟ ނޫނީ ހިތްހަމަ ނުޖެހޭ ގޮތަށް ކަމެއްވީތަ؟" އަހަރެންގެ ހިތުގައި ނޭނގޭ ބިރުވެރިކަމެއް އުފެދެމުން ދިޔަ އެވެ.

މަންމައިނީ އަހަރެންގެ މޫނަށް ބަލާށެވެ. މަންމަގެ ބެލުމުގައި ހުރީ ތަފާތު ގޮތެކެވެ. ހިތްހަމަ ނުޖެހޭ ކަމުގެ އިހުސާސެކެވެ. އެކަން އަހަންނަށް ރަނގަޅަށް ސާފުވެ އެވެ. ދޭހަވި އެވެ. އެހެންވެ ދެ އަތް ދެ އަތުގެ އިނގިލިތަކާ ކުޅެމުން ދުރުގައި ބަލަހައްޓަން ހުރެވުނީ އެވެ.

އޭރު މުޅި މީހާ ތުރުތުރު އަޅަމުން ދިޔަ އެވެ. ނޭނގޭ ބިރުވެރިކަމަކުން މުޅި ހިތް ގުޑުގުޑު އަޅަމުން ދިޔަ އެވެ.

"ކަމެއް ގޯސްކޮށް ކުރެވުނު ނަމަ މައާފަށް އެދެން. ގަސްތުގައި ކަމެއް ނުކުރަން!" އަހަރެން ބުނެލީމެވެ.

އޭރު އަހަރެންގެ އަޑުގައި ހުރީ ނޭނގޭ ތުރުތުރެއް އެކުލެވިފަ އެވެ. ފާޑަކަށް އަޑު ކެހިފައެވެ. ކުރަކިވެފަ އެވެ. އެ ވަރުން ވެސް މަންމަ އަނގައިން ބަހެއް ވެސް ނުނިކުތެވެ. ފާޑަކަށް ބަލަހައްޓައިގެން އިނީ އެވެ. މަންމަގެ ބެލުމުން އަހަންނަށް އެތައް މާނައެއް ނެރެވެމުން ދިޔަ އެވެ. އެތައް ކަމެއް ތަރުޖަމާ ކުރެވެމުން ދިޔަ އެވެ. އެތައް މާނަ ކުރެވުނެވެ.

"އަޅޭ ދެން މަންމާ! އަހަންނަކީ މި މާހައުލަށް މުޅީން އާ މީހެއް. އަހަރެން އުޅެ ބޮޑުވި އަދި ތަޖުރިބާ ކުރި މާހައުލާ މި މާހައުލުގައި އެތައް ހާސް ތަފާތެއް އެބަހުރި. އަހަރެން މި މަސައްކަތް ކުރަނީ އެ ހުރިހާ ކަންކަމެއް ދަސްކޮށްގެން މި މާހައުލަށް ހޭނެވޭތޯ! މިކަމުގައި އަހަންނަށް އެންމެ ބޮޑަށް ބޭނުންވަނީ މަންމަގެ އެހީތެރިކަން. މަންމަގެ އެއްބާރުލުން."

ވަރަށް ހިތްވަރުން އަހަންނަށް އެހައި ހިސާބަށް ބުނެވުނެވެ. އެއާއެކު އަހަރެންގެ ބަޑި ފަޅައިގެން ދިޔައީ އެވެ. ލޮލުން ހޯސްލައިފައި ކަރުނަތައް އޮހިގަތީ އެވެ. ވަރަށް ހިތްވަރުކޮށްފައި ނުރޮއި ވޭތޯ މަސައްކަތް ކުރީމެވެ.

މަންމަ އަހަރެންގެ މޫނަށް ބަލަން އިނދެފައި ނުކުމެގެން ދިޔައީ އެވެ. އަހަންނަށް ގޮނޑީގައި އިށީނދެވުނެވެ. އަޑުން އަޑުން ނަގައި ރޮވުނެވެ. ގިސްލަ ގިސްލަ އެވެ. ހީވީ ހިތް ކުދިކުދިވަމުން ދިޔަހެންނެވެ. ހިތުގައި ޖެހުނުލެއް ބޮޑުކަމުންނެވެ. ނޭވާކުރުވެ މީހާ ގުނބުހިލޭ ގޮތްވި އެވެ. އެގޮތުގައި އެތައް އިރެއް ހޭދަކުރެވުނެވެ. ރޮއިރޮއި ދެ ލޯ ރަތްވާވަރުވި އެވެ.

ވިއްސަކަށް މިނެޓުވީ ފަހުން ހަމައަކަށް އެޅުނެވެ. ރޮއެލުމުން ހިތުގައި ހުރި ކަންކަން ކަރުނައާއެކު ބޭރުވި ކަހަލަ އެވެ. ދެ އަތުން ދެ ލޯ ފޮހެލީމެވެ. ލަސްލަހުންނެވެ. ކަރުހިއްކައި ގެންފައި ހުރިލެއް ބޮޑުކަމުން ފިނިފިނި ފެންފޮދެއް ބޮއެލުމަށް ބޭނުންވި އެވެ. އެހެންވެ އައިސްއަލަމާރީގެ ދޮރު ހުޅުވާލުމަށްފަހު ފެންފުޅިއަކާއި ބިއްލޫރި ތަށްޓެއް ހިފައިގެން އައިސް މޭޒު ކައިރީ އިށީނދެލީމެވެ.

ފެން ފޮދެއް ބޮއެލުމާއެކު މުޅީން ތާޒާވި ކަހަލަ އެވެ. މީހާ ހަމައަކަށް އެޅުނެވެ. ނަމަވެސް އަހަރެންގެ ސިކުނޑީގައި އެނބުރެމުން ދިޔަ ކަންކަމަށް ބަދަލެއް ނަ އެވެ. މަންމަ އަނގައިން ނުބުނެ އެ ދިޔައީ ކީއްވެ ހެއްޔެވެ؟ ބަހެއް ނުބުނެ، ނުކުތީ ކޮން ކުށެއް ކުރެވިގެން ހެއްޔެވެ؟ އަހަންނަށް ގޯސްކަމެއް ކުރެވުނީ ހެއްޔެވެ؟ ފަތިހު ތެދުވެ ބަދިގެއަށް ވަނުމަކީ ގޯސް އާދައަކީ ހެއްޔެވެ؟

ނޭނގޭނެތާ އެވެ. މި ރަށުގެ ސަގާފަތަކީ އަހަންނަށް ހުރި ނުރައްކަލެކެވެ. ބިރުވެރި ކަމެކެވެ. މީހުންގެ ގަބޫލުކުރުން ތަކަކީ އަހަރުމެންގެ ހަމަޖެހުމަށް އޮތް ހުރަހަކަށް ވަމުންދާ ކަމުގެ އިހުސާސް ކުރެވެމުން އެބަދެ އެވެ. އެންމެ ފުރަތަމަ ދުވަހުން ފެށިގެން ފާއިތުވެ މި ދިޔަ ތިން ދެ ދުވަހު ވެސް ކަންކަން ހުރީ އެ މަގުންނެވެ. އެ ގޮތަށެވެ. އެ މޭރުމުންނެވެ. މި ވަރުންދަންޏާ އެ ހުރިހާ ގަބޫލުކުރުމަކާއި ސަގާފަތެއް މިނިކާ ޖަނަވާރެއް ފަދައިން އައިސް އަހަރެން ޝިކާރަ ނުކޮށްލާނެ ކަމުގެ އެއްވެސް ޔަގީންކަމެއް ނެތެވެ.

އެ ވިސްނުމުގައި ފަނަރަވަރަކަށް މިނެޓު ހޭދަވި އެވެ. ކޮންމެ ވެސް ވަރެއްގެ ތަސައްލީއެއް ލިބުނުހެން ހީވުމުން ފެންފުޅި ހިފައިގެން ގޮސް އަލަމާރިއަށް ލީމެވެ. ތަށި ދޮވެލުމަށްފަހު އޭގެ މަގާމުގައި ބާއްވާލުމަށްފަހު ބަދިގެއަށް ނަޒަރު ހިންގައިލެވުނެވެ. އެއީ ފުރިހަމަ ރީތި ބަދިގެއެކެވެ. ޒަމާނީ ހުރިހާ އާލާތްތަކަކުން މުއްސަނދިވެފައިވާ ބަދިގެއެކެވެ. ވަށައިގެން ވާ ކަބަޑު ސެޓާއި މަތީގައި ހަރުކޮށްފައިވާ ކަބަޑު ސެޓުން އިތުރު ފުރިހަމަ ކަމެއް ގެނުވައިދެ އެވެ. ކާމޭޒު މި ހުރީ ބަދިގޭގެ އެއް އަރީގަ އެވެ.

ބަދިގެއެކޭ ބުންޏަސް އެއީ ރެސްޓޯރެންޓެއް ފަދަ މާހައުލެކެވެ. ބަދިގޭގައި ހަރުލައިފައި ހުންނަ އެއްވެސް ވަހެއް އެ ތަނަކު ނުހުރެ އެވެ. އަބަދުވެސް ހުންނަނީ ހިތްގައިމު މީރު ވަހެއް ހަރުލައިފަ އެވެ. އެ ތަނުގެ ތަރުތީބު ކަމަކީ އާދަޔާ ހިލާފު ކަމެކެވެ. ކޮންމެ އެއްޗެއް ވެސް ހުންނަނީ އެ އެއްޗެއްގެ މަގާމުގަ އެވެ. އެކަމަށް ހާއްސަ ޖާގައިގަ އެވެ. އެއިން ދޭހަވަނީ ތަނުގެ ބެލެހެއްޓުންތެރީންގެ ކެރުންތެރިކަމެވެ. ކަމަށް ކަމޭހިތާ މިންވަރެވެ. އަހަންނަކީ ވެސް މިހާރު އެ ޓީމުގެ މެންބަރެކެވެ. ވީމާ، މި ހުރިހާ ކަމެއް އަހަންނަށް އެނގެންވާނެ އެވެ. އެއީ ކޮންމެހެން މީހަކު ބުނެގެން ދަސްކުރާން ޖެހޭ ކަމަކަށް ވެގެން ނުވާނެ އެވެ.

އެ ފިކުރުގައި ހުއްޓާ މީހެއްގެ ހިލަންވި އެވެ. ބަލައިލެވުނެވެ. އެއީ ދޮންބެދައްތަ އެވެ.

"ގުޑުމޯނިން!" ދޮންބެދައްތަގެ ލޯބި އަޑު ޖެހުމާއެކު އަހަންނަށް ބަލައިލެވުނެވެ.

ބަދަލުގައި އަހަންނަށް އެއްޗެކޭ ނުބުނެވުނެވެ. ހިތް ތުރުތުރު އަޅައިގަތީ އެވެ. ލޮލުން ކަރުނަ ހިލުނީ އެވެ.

"ކިހިނެއްވީ؟" ދޮންބެދައްތަ އަވަސް ހިނގުމެއްގައި އައިސް އަހަންނާ ހަމަކޮށްލި އެވެ.

(ނުނިމޭ)

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox