މީޑިއާނެޓްގެ ވީޑިއޯ ކްލަބު އިތުރަށް ފުރިހަމަ ކޮށްލުމަށްޓަކައި ތުރުކީގެ މަޝްހޫރު ސީރީޒްތަކާއެކު ޕްރޮމޯޝަނެއް ފަށައިފި އެވެ.
މީޑިއާނެޓުން ބުނި ގޮތުގައި މިހާރު ވީޑިއޯ ކްލަބުން ލޯބީގެ ތްރިލާ "ބްރޭވް އެންޑް ބިއުޓިފުލް" އަދި "އެންޑްލެސް ލަވް"ގެ އެޕިސޯޑްތައް ބެލޭނެ އެވެ.
މީގެއިތުރުން ކުރިޔަށް އޮތް ހަފުތާތަކުގައި "އިންސައިޑާ"، "ކަރަދޭއި"، "ކުރްތް ސެޔިތް ޝުރާ"، "ސްޓިލެޓޯ ވެންޑެޓާ"، "ފައިވް ބްރަދާސް" އަދި "ވިންގްސް އޮފް ލަވް" ގެ އެޕިސޯޑްތައް ވެސް ފެނިގެންދާނެ އެވެ. އެކި ޖޯންރާތަކުގެ މި ސީރީޒްތަކަކީ ބެލުންތެރިން ބޭނުންވާނެ، އަދި ބަލާލާ ހިތްވާނެ ކަހަލަ ކޮންޓެންޓްތަކެއް ކަމަށް މީޑިއާނެޓުން ބުނެ އެވެ.
އޮކްޓޯބަރު 24 އިން ޑިސެމްބަރު 24 އަށް ކުރިޔަށް ގެންދާ މި ޕްރޮމޯޝަންގައި މީޑިއާނެޓްގެ ވީޑިއޯ ކްލަބަށް ސަބްސްކްރައިބް ކޮށްލުމުން ގުރުވަތުން ހޮވޭ ނަސީބުވެރި ފަރާތަކަށް، އިތުރު ބައިވެރިއަކާއެކު ތުރުކީ އަށް ދިޔުމުގެ ފުރުސަތު ލިބޭނެ އެވެ.
ވީޑިއޯ ކްލަބުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ބެލުންތެރިންނަށް ކަމުދާ ކޮންޓެންޓް އިތުރުކުރަށް ކަމަށާއި ތުރުކީ ކޮންޓެންޓްތަކުން އިތުރަށް ފުރިހަމަ ކުރުމަށް ކަމަށް މީޑިއާނެޓުން ބުނެ އެވެ.
ވީޑިއޯކްލަބްގައި ދިވެހި އޮރިޖިނަލްސް، ޕާކިސްތާނީ، ހިނދީ، އިނގިރޭސި އަދި ކުޑަކުދިންނާ ގުޅޭ ސީރީޒް އަދި ފިލްމްތައް ވެސް ހުރެ އެވެ.









