އިނގިރޭސިވިލާތުގެ އާ ބޮޑު ވަޒީރު ރިޝީ ސުނަކްއަކީ ކާކު؟

އިނގިރޭސިވިލާތުގެ އާ ބޮޑު ވަޒީރު ރިޝީ ސުނަކް. -- ފޮޓޯ: އައިއޭއެންއެސް

އިނގިރޭސިވިލާތުގެ އާ ބޮޑު ވަޒީރު ރިޝީ ސުނަކް. -- ފޮޓޯ: އައިއޭއެންއެސް

މިއީ އިނގިރޭސިވިލާތަށް ގޮންޖެހުންތަކެއް ގިނަ ވަގުތެކެވެ. އިގުތިސާދީ ލޮޅުންތަކާ އެކު އާއްމުންގެ ޖީބަށް އަސަރު ކުރަން ފަށާފައިވާ އިރު، ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ސިޔާސީ ގޮތުން ވެސް ހަމަޖެހުމެއް ނެތެވެ.

ކުރީގެ ބޮޑު ވަޒީރު ބޮރިސް ޖޯންސަންއަށް ކުރިމަތިވެވަޑައިގެންނެވި ޕްރެޝަރުތަކާ ހެދި އިސްތިއުފާ ދެއްވުމުން، އެ މަގާމަށް ވަޑައިގެންނެވި ލިޒް ޓްރަސްއަށް ވެސް ޖެހުނީ މަހެއްހާ ދުވަހުގެ ތެރޭގައި އިސްތިއުފާ ދިނުމަށެވެ.

ހަލަބޮލިކަމުގެ ތެރެއިން އަވަސް އިންތިހާބަކަށް ގޮވަމުން ދަނިކޮށް، ހޯމަ ދުވަހު އާ ބޮޑު ވަޒީރު ކަމަށް ވަޑައިގެންނެވި ރިޝީ ސުނަކްއަކީ ކޮން ބޭފުޅެއް ހެއްޔެވެ؟

ރިޝީ ސުނަކް އެންމެ ފުރަތަމަ ޕާލަމެންޓަށް ހޮވިވަޑައިގެންނެވީ 2015 ގަ އެވެ. އެމަނިކުފާނަކީ ފާއިތުވި 200 އަހަރުގެ ތެރޭގައި އިނގިރޭސިންނަށް ލިބުނު އެންމެ ޒުވާން ބޮޑު ވަޒީރެވެ. މީގެ ދެ މަހެއްހާ ދުވަސް ކުރިން ބޮޑު ވަޒީރުކަަން ހޯއްދެވުމަށް ސުނަކް ވާދަކުރެއްވީ ޓްރަސްއާ ދެކޮޅަށެވެ.

އެކަމަކު ބޮރިސް ޖޯންސަންއާ ދެކޮޅަށް ކެމްޕެއިން ހިންގެވިކަމުގެ ތުހުމަތާ އެކު ކޮންޒަވޭޓިވް ޕާޓީގެ ތެރޭގައި އޭރު ސުނަކްއަށް ވުރެ ތާއީދު ބޮޑުވީ ޓްރަސް އަށެވެ. ޓްރަސްގެ އިސްތިއުފާއާ އެކު ބޮރިސް ޖޯންސަން ބޮޑު ވަޒީރު ކަމަަށް ކުރިމަތިނުލައްވާނެ ކަމަށް ވިދާޅުވުމުން، ޕާޓީގެ ތެރޭގައި ދެން އެންމެ ތާއީދު ބޮޑުވީ ސުނަކް އަށެވެ.

ރިޝީ ސުނަކް ބޮޑު ވަޒީރު ކަމަށް ކުރެއްވި ކެމްޕެއިންގެ ތެރެއިން.
ރިޝީ ސުނަކް ބޮޑު ވަޒީރު ކަމަށް ކުރެއްވި ކެމްޕެއިންގެ ތެރެއިން.

ރިޝީ ސުނަކް ބޮޑު ވަޒީރު ކަމަށް ކުރެއްވި ކެމްޕެއިންގެ ތެރެއިން.

ސުނަކްއަކީ މި ވަގުތު އިނގިރޭސިވިލާތުގެ ސިޔާސީ ވެރިންގެ ތެރެއިން އެންމެ ބޮޑު އެއް މަހުޖަނެވެ. ބޮޑު ވަޒީރުކަމާ ހަވާލުވެވަޑައިގަންނަވާ އިރު، އެމަނިކުފާނަށް ކުރިމަތިވާނެ އެންމެ ބޮޑު ގޮންޖެހުމަކީ ދައުލަތުގެ ހަރަދުތައް ކުޑަކޮށް، އާއްމުންނަށް ލުއި ހޯދައި ދިނުމެވެ.

ކުރިން ފިނޭންސް މިނިސްޓަރުކަން ކުރެއްވި ސުނަކްއަކީ މި ދަނޑިވަޅުގަައި އިނގިރޭސިވިލާތަށް އެންމެ މުހިއްމު ލީޑަރުގެ ގޮތުގައި ސަޕޯޓަރުން ސިފަކުރެ އެވެ. އެކަމަކު އިދިކޮޅު ލޭބާ ޕާޓީއިން ސިފަކުރަނީ އެމަނިކުފާނަކީ އެންމެ ބޮޑެތި މަހުޖަނު އެލީޓުންގެ ތެރޭގައި ހިމެނޭ މީހެއްގެ ގޮތުގަ އެވެ.

ބޮޑު ވަޒީރު ކަމަށް ކެންޑިޑެސީ އިއުލާން ކުރައްވަމުން އުމުރުން 42 އަހަރުގެ ސުނަކް ވިދާޅުވީ "ޓްރެކް ރެކޯޑަށް" ބަލައިފި ނަމަ އިގްތިސާދު ހަމައަކަށް އަޅުވައި، ޕާޓީ އެއްބައިވަންތަކޮށް، ގައުމަށް ބޭނުންވާ ނަތީޖާ އެމަނިކުފާނަށް ނެރެދެވޭނެކަން ސާފެވެ.

ރިޝީ ސުނަކް، އަނބިކަނބަލުންނާއި ދެ ދަރިންނާ އެކު ކެމްޕެއިން އެއްވުމެއްގައި.
ރިޝީ ސުނަކް، އަނބިކަނބަލުންނާއި ދެ ދަރިންނާ އެކު ކެމްޕެއިން އެއްވުމެއްގައި.

ރިޝީ ސުނަކް، އަނބިކަނބަލުންނާއި ދެ ދަރިންނާ އެކު ކެމްޕެއިން އެއްވުމެއްގައި.

ސުނަކް އުފަންވީ 1980 ވަނަ އަހަރު އިންޑިއާގެ ޕަންޖާބީ ދަރިކޮޅުގެ ހިންދޫ އާއިލާއަކަށް، އިނގިރޭސިވިލާތުގެ ސަދަމްޓަންގަ އެވެ. އެއީ މުއްސަނދި އާއިލާއަކަށް ވުމާއެކު، ސުނަކް ތައުލީމް ހާސިލް ކުރެއްވީ ބޮޑެތި މަހުޖަނުންގެ ދަރިންނަށް ހާއްސަ ސްކޫލްތަކުންނެވެ. އޭގެ ފަހުން އޮކްސްފޯޑް ޔުނިވާސިޓީއިން ސިޔާސީ ދާއިރާ އާއި ފިލޯސޮފީ އަދި އިކޮނޮމިކްސް އުނގެނިވަޑައިގެންނެވި އެވެ.

މީގެ ކުރިން އިނގިރޭސިވިލާތުގައި މުޅިން ވެސް ބޮޑު ވަޒީރުކަން ކުރެއްވީ ދޮން ނަސްލުގެ މީހުންނެވެ. އެހެންކަމުން، ސުނަކްއަކީ އެހެން ނަސްލަކަށް ނިސްބަތްވާ ފުރަތަމަ އިނގިރޭސި ބޮޑު ވަޒީރެވެ.

އެމަނިކުފާނުގެ އަަނބިކަނބަލުންނަކީ އިންޑިއާގެ ބިލިއަނަރެއްގެ ދަރިކަނބަލުންނެވެ. ސުނަކްގެ ބެކްގްރައުންޑް ގުޅިފައި ވަނީ އެންމެ ބޮޑެތި މަަހުޖަނުންނާ ކަމަށް ވާތީ، އާއްމު ރައްޔިތުންގެ އިހުސާސްތަކާ ދުރުވެދާނެ ކަމަށް ބުނެ ބައެއް ފަރާތްތަކުގެ ފާޑުކިޔުން އަމާޒުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox