މޮންޒާ ބަލިކޮށް މިލާން ދެ ވަނަ އަށް، އިންޓަ މޮޅުވީ ފަހު ވަގުތު

Oct 23, 2022, 4:50 AM
ރޭގެ މެޗުގައި މިލާންގެ ދެ ގޯލު ޖަހައިދިން ބްރަހިމް ޑިއާޒް އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ރޭގެ މެޗުގައި މިލާންގެ ދެ ގޯލު ޖަހައިދިން ބްރަހިމް ޑިއާޒް އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

މިލާން (އޮކްޓޫބަރު 23) - ސްޕެއިންގެ މިޑްފީލްޑަރު ބްރާހިމް ޑިއާޒްގެ ދެ ލަނޑާ އެކު، އިޓާލިއަން ލީގުގައި ރޭ މޮންޒާ އަތުން 4-1 އިން އަމިއްލަ ދަނޑުގައި މޮޅުވެ، އޭސީ މިލާން ތާވަލްގެ ދެ ވަނަ އަށް ޖެހިލައިފި އެވެ.

ލީގުގައި ރޭ ފިއޮރެންޓީނާ އަތުން 4-3 އިން އިންޓަ މިލާން މޮޅުވީ މެޗުގެ އިތުރު ވަގުތުގައި ހެންރިކް މިކިޓާރިއަން ޖެހި ލަނޑުންނެވެ.

ލޯނެއްގެ ގޮތުގައި ރެއާލް މެޑްރިޑުން މި ސީޒަންގެ ނިޔަލަށް މިލާނަށް ދޫކޮށްފައިވާ ޑިއާޒް ،23، ވަނީ ފުރަތަމަ ހާފުގައި މިލާނަށް ދެ ލަނޑު ކާމިޔާބުކޮށްދީފަ އެވެ. ދެ ވަނަ ހާފުގައި މިލާނަށް އިތުރު ދެ ލަނޑު ޖަހައިދިނީ ބެލްޖިއަމްގެ ފޯވަޑް ޑިވޮކް އޮރީގީ އާއި ޕޯޗުގަލްގެ ފޯވަޑް ރަފައެލް ލެއާއޯ އެވެ.

މިލާންގެ ކުރީގެ ރަައީސް ސިލްވިއޯ ބަރްލުސްކޯނީގެ ކްލަބެއް ކަމަށްވާ މޮންޒާ އަށް މި މެޗުގައި ލަނޑުޖަހައިދިނީ ފިލީޕޯ ރަނޯކިއާ އެވެ.

މި މެޗުން މޮޅުވެ، މިލާން ވަނީ ތާވަލްގެ ދެ ވަނަ އަށް ޖެހިލައި، ތާވަލްގެ އެއް ވަނައިގައި އޮތް ނަޕޯލީއާ ޕޮއިންޓްގެ ގޮތުން އެއްވަރުކޮށްފަ އެވެ. އެކަމަކު، ލީގުގައި މިރޭ ރޯމާއާ ދެކޮޅަށް ކުޅޭ މެޗުން ނަޕޯލީ މޮޅުވެއްޖެނަމަ، އެ ޓީމަށް ތާވަލްގެ އެއް ވަނައިގައި ލީޑު ނެގޭނެ އެވެ. އަދި މިރޭ ލާޒިއޯއާ ދެކޮޅަށް ކުޅޭ މެޗުން ތިން ވަނައިގައި އޮތް އެޓަލާންޓާއާ މޮޅުވެއްޖެނަމަ، އެ ޓީމު ވެސް ކުރިއަށް ޖެހިލުމުގެ ފުރުސަތު އެބައޮތެވެ.

އިންޓަގެ މާޓީނޭޒް ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ފިއޮރެންޓީނާގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ 15 މިނިޓުގެ ތެރޭގައި އިންޓަ އިން ދެ ލަނޑުގެ ލީޑެއް ނެގީ ނިކޮލޯ ބަރޭލާ އާއި ލަޓާރޯ މާޓިނޭޒް ކާމިޔާބުކުރި ލަނޑުތަކުންނެވެ.

ފިއޮރެންޓީނާ އަށް ލިބުނު ޕެނަލްޓީއަކުން އެ ޓީމުގެ ފުރަތަމަ ލަނޑު ކާމިޔާބުކުރީ އާތާ ކަބްރާލެވެ. މިއީ އިންޓަގެ ފެޑެރީކޯ ޑިމާކޯ އޭރިއާތެރެއިން ފިއޮރެންޓީނާގެ ޖިއަކޯމޯ ބޮއެނަވެންޗޫރާ އަށް ކުރި ފައުލަކަށް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލާފައި ދިން ޕެނަލްޓީ އެކެވެ. އަދި މެޗުގެ 60 ވަނަ މިނިޓުގައި ފިއޮރެންޓީނާގެ ޖޮނަތަން ކޯނޭ ވަނީ ލަނޑެއް ޖަހައި، މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.

ފޯރިގަދަ މެޗުގައި އިންޓަ އިން އަލުން ލީޑު ހޯދީ އެ ޓީމަށް ލިބުނު ޕެނަލްޓީއަކުން 73 ވަނަ މިނިޓުގައި މާޓިނޭޒް ޖެހި ލަނޑުންނެވެ. މެޗުގެ ފަހު މިނިޓުގައި ފިއޮރެންޓީނާގެ ލޫކަ ޖޮވިޗް ލަނޑެއް ޖަހައި މެޗުގެ ނަތީޖާ އެއްވަރުކުރިޔަސް، އިތުރު ވަގުތުގައި މިކިޓާރިޔަން ވަނީ އިންޓަ މޮޅުކޮށްދީފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox