ސީރިއާގެ ރެފިއުޖީ ކޭމްޕުތަކުން 55 މީހުން އަނބުރާ ފްރާންސަށް ގެންގޮސްފި

ސީރިއާގެ ރެފިއުޖީ ކޭމްޕެއް. -- ފޮޓޯ: އޭޕީ

ސީރިއާގެ ރެފިއުޖީ ކޭމްޕެއް. -- ފޮޓޯ: އޭޕީ

ސީރިއާގެ ރެފިއުޖީ ކޭމްޕުތަކުގައި ތިބި އިސްލާމިކް ސްޓޭޓް (އައިއެސް) ޓެރަަރިސްޓު ގްރޫޕުގެ މެމްބަރުންނާ ގުޅުން ހުރި ކަމަށް ބެލެވޭ 55 މީހުން އަނބުރާ ފްރާންސަށް ގެންގޮސްފި އެވެ.

އޭގެ ތެރޭގައި ހިމެނެނީ 40 ކުޑަކުދިންނާއި 15 އަންހެނުންނެވެ. ސީރިއާގެ ކޭމްޕުތަކުގައި ތިބި މީހުންނާ މެދު އަމަލު ކުރާ ގޮތުން ދާދި ފަހުން ފްރާންސަށް ފާޑުކިޔުން އަމާޒުވި އެވެ.

ފްރާންސްގެ ފޮރިން މިނިސްޓްރީން ބުނީ އަނބުރާ ގައުމަށް ގެންދިޔަ އަންހެނުން ހަވާލުކުވީ ޖުޑީޝަލް އިދާރާތަކަށް ކަމަށާއި ކުޑަކުދިން ހަވާލުކުރީ ކުޑަކުދިންނާ ބެހޭ އިދާރާތަކަށް ކަމަށެވެ.

Advertisement

އެންމެ ފަހުން ފްރާންސުން ސީރިއާގެ ކޭމްޕުގައި ތިބި ބަޔަކު އަނބުރާ ގައުމަށް ގެންދިޔައީ ޖުލައި މަހު އެވެ. އެ ފަހަރު ގެންދިޔައީ 35 ކުދިންނާއި 16 އަންހެނުންނެވެ.

އައިއެސްއާ ދެކޮޅަށް ކުރި ހަނގުރާމަ 2019 ވަނަ އަހަަރު ނިމުނު ފަހުން، އެ ގްރޫޕްގެ މެމްބަރުންނާއި އެ މީހުންގެ އާއިލާތައް ތިބީ ސީރިއާގެ ރެފިއުޖީ ކޭމްޕުތަކުގައި ބަންދުކޮށްފަ އެވެ.

އެކި ގައުމުތަކަށް ނިސްބަތްވާ މީހުން ކޭމްޕުތަކުގައި އުޅެމުންދާ އިރު، އެ މީހުންނާ މެދު އަމަލު ކުރާނެ ގޮތަކާ މެދު ގައުމުތަކުގެ މެދުގައި ހިޔާލު ތަފާތެވެ.

ބައެއް ގައުމުތަކުން ދެކެނީ އެ މީހުން އަނބުރާ ގައުމަށް ގެންގޮސްފި ނަމަ ސަލާމަތަށް ނުރައްކާވެދާނެ ކަމަށެވެ. އެކަމަކު އެ ގައުމަކަށް ނިސްބަތްވާ ރައްޔިތުން އަނބުރާ ގެންގޮސް، އަޅަން ޖެހޭ ފިޔަވަޅެއް އެޅުމަކީ އެ ގައުމެއްގެ ޒިންމާ ކަމަށް ބައެއް އެހެން ގައުމުތަކުން ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox