ބޮޑު ވަޒީރުގެ މަގާމަށް ކޮންޒަވޭޓިވް ޕާޓީގެ ތެރޭގައި ވާދަވެރިކަން

އިނގިރޭސި ބޮޑު ވަޒީރު ލިޒް ޓްރަސް. -- ފޮޓޯ: ގެޓީ އިމޭޖާޒް

އިނގިރޭސި ބޮޑު ވަޒީރު ލިޒް ޓްރަސް. -- ފޮޓޯ: ގެޓީ އިމޭޖާޒް

އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ލިޒް ޓްރަސް އިސްތިއުފާ ދެއްވަން ނިންމުމުން، ކޮންޒަވޭޓިވް ޕާޓީގެ ތެރޭގައި އަނެއްކާވެސް އެ މަގާމަށް ވާދަވެރިކަން ބޮޑުވެއްޖެ އެވެ.

މަގާމުގައި އެންމެ 45 ދުވަސް ހޭދަކުރެއްވި ޓްރަސްގެ ނިންމެވުމާ އެކު، ހަތަރު މަހުގެ ތެރޭގައި ޕާޓީގެ ތެރޭގައި ދެ ވަނަ ފަހަރަށް މި ވަނީ ބޮޑު ވަޒީރުގެ މަގާމަށް ވާދަވެރިކަން އުފެދިފަ އެވެ.

ޕާޓީގެ ޕާލިމެންޓް މެމްބަރުންގެ ފިއްތުންތަކާ ހެދި އިސްތިއުފާ ދޭން މަޖުބޫރުވެވަޑައިގެންނެވި ޓްރަސް ވިދާޅުވީ އާ ބޮޑު ވަަޒީރަކު ހޮވުން އަންނަ ހަފުތާގައި އޮންނާނެ ކަމަށެވެ.

ރިޕޯޓުތައް ބުނާ ގޮތުން ޓްރަސްގެ ކުރިން ބޮޑު ވަޒީރުކަމުގައި ހުންނެވި ބޮރިސް ޖޯންސަން ގެންދަވަނީ އަލުން އެ މަގާމަށް ވާދަކުރެއްވުމާ މެދު ވިސްނަމުންނެވެ.

ކޮންޒަވޭޓިވް ޕާޓީގެ ތެރޭގައި ޓްރަސްއާ ދެކޮޅަށް ގިނަ ޕާލިމެންޓު މެމްބަރުން ތެދުވީ އިގުތިސާދީ ސިޔާސަތު އިއުލާން ކުރެއްވިތާ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އެ ސިޔާސަތު އުވާލުމުންނެވެ.

ޕާޓީގެ ތެރޭގައި އާ ބޮޑު ވަޒީރަކު ހޮވުމަށް މަސައްކަތް ކުރަމުންދާ އިރު، އިދިކޮޅު ލޭބާ ޕާޓީގެ ލީޑަަރު ސާ ކެއިޔާ ސްޓާމާ ގޮވާލެއްވީ ވަގުތުން ވަގުތަށް އާއްމު އިންތިހާބެއް ބޭއްވުމަށެވެ.

އަންނަ ހަފުތާގައި ޓްރަސް މަގާމާ ދުރަށް ޖެހިވަޑައިގަންނަވާ އިރު، އެކަމަނާ ވާނީ އިނގިރޭސި ތާރީހުގައި އެންމެ ކުރު މުއްދަަތަކަށް ބޮޑު ވަަޒީރުކަން ކުރެއްވި ލީޑަރަށެވެ.

ފާއިތުވި 12 އަހަރު ވެރިކަމުގައި ކޮންޒަވޭޓިވް ޕާޓީ އޮތް ނަމަވެސް، ހިޔާލު ހޯދުމުގެ ވޯޓުތަކުން ދައްކާ ގޮތުގައި ލޭބާ ޕާޓީއަށް މާ ތާއީދު ބޮޑެވެ.

ލިބެރަލް ޑިމޮކްރެޓުންގެ ލީޑަރު ސާ އެޑް ޑޭވީ ވިދާޅުވީ އާއްމު އިންތިހާބެއް އަވަހަށް ބޭއްވުމަށް ބާރު އެޅުމަށް ލޭބާ ޕާޓީއާ އެކު މަސައްކަތް ކުރަން އެ ޕާޓީ ތައްޔާރު ކަމަށެވެ.

އެންމެ ފަހުން އިނގިރޭސިވިލާތުގައި އާއްމު އިންތިހާބެއް އޮތީ 2019 ގަ އެވެ. އެ ފަހަރު ބޮޑު ތަފާތަކުން ކުރި ހޯދީ ކޮންޒަވޭޓިވް ޕާޓީ އެވެ. ދެން އެންމެ އަވަހަށް އިންތިހާބެއް އޮންނާާނީ 2024 ގަ އެވެ

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox