މިންހާޖު ގެއްލުން؛ ދަތުރުގެ ބައިވެރިޔާ ތަހުގީގަށް ސައްހަ މައުލޫމާތެއް ނުދޭ

އިއްޔެ މާޅޮހު ކައިރިން ފެނުނު ލޯންޗު އެރަށު ބަނދަރުގައި : އެ ލޯންޗުގެ ދަތުރާމެދު އެތައް ސުވާލެއް ވަނީ އުފެދިފައި -- ފޮޓޯ: މާޅޮހު ކައުންސިލް

އިއްޔެ މާޅޮހު ކައިރިން ފެނުނު ލޯންޗު އެރަށު ބަނދަރުގައި : އެ ލޯންޗުގެ ދަތުރާމެދު އެތައް ސުވާލެއް ވަނީ އުފެދިފައި -- ފޮޓޯ: މާޅޮހު ކައުންސިލް

މި މަހުގެ ހަތް ވަނަ ދުވަހު އއ. މާޅޮހު ދެކުނުން ބަންޑުން ޖަހާލި ލޯންޗުން ގެއްލިގެން ހޯދަމުންދާ މުހައްމަދު މިންހާޖު ގެއްލުމުގެ ހާދިސާގައި އޭނާއާއެކު ދަތުރުކުރި މީހާގެ ފަރާތުން ތަހުގީގަށް ސައްހަ މައުލޫމާތު ދީފައި ނުވާ ކަމަށް ފުލުހުން ބުނެފި އެވެ.

މި މަހުގެ ފަސް ވަނަ ދުވަހު މާލެއިން ފުރައިގެން އއ. އުކުޅަހަށް ދަތުރުކުރި ކަމަށް ބުނާ އެ ލޯންޗުން މިންހާޖާއެކު ދެން ދަތުރުކުރި އަލީ މުހައްމަދު ވަނީ މާޅޮހާ އިންވެގެން ހެން އޮންނަ ފެރިދޫ ފުއްޓަރު ފަރާތުން ފެނިފަ އެވެ. އޭނާ އިތުރު ފަރުވާ އަށް މާލެ ގެނެސް އައިޖީއެމްއެޗުގައި ވަނީ ފަރުވާދީފަ އެވެ.

ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރު ވިދާޅުވި ގޮތުގައި މި ދެ މީހުން އެކުގައި ކުރި ދަތުރާ ގުޅޭ ގޮތުން މިހާރު އަންނަނީ މައުލޫމާތު ސާފުކުރަމުންނެވެ.

"އަލީ އަހުމަދުގެ ފަރާތުން އަޅުގަނޑުމެންނަށް ލިބިފައިވާ މައުލޫމާތަކީ އެ މީހުން މަހަށް ނުކުމެ އުޅުނު ކަމަށް، ދެން އެހެންނަމަވެސް އަޅުގަނޑުމެންނަށް މި މައްސަލައާ ގުޅިގެން ހޯދި އެހެން މައުލޫމާތުތަކުގެ އަލީގައި އަދި ލޯންޗުން ފެނުނު އެއްޗެއްސަށް ބަލާއިރުގައި [އެއީ ސައްހަ މައުލޫމާތެއް ނޫން]،" ބަޝީރު ވިދާޅުވި އެވެ.

އެގޮތުން ލޯންޗު ފެނުނުއިރު ވަރަށް ގިނަ އަދަދެއްގެ ތެޔޮ ލޯންޗުގައި ހުރި ކަން ފާހަގަކުރައްވައި ބަޝީރު ވިދާޅުވީ ލޯންޗު ބަންޑުން ޖަހާލި ކަމަށް ބުނާ ހިސާބުގައި ވެސް ސުވާލު އުފެދޭ ކަންކަން ހުރި ކަމަށެވެ.

"ލޯންޗުން ބަންޑުން ޖަހާލާފައި އޮއްވައި ފެނުނު ހިސާބާއި އަދި އަހުމަދު [ލޯންޗު] ބަންޑުން ޖަހާލި ކަމަށް ބުނާ ހިސާބަށް ބަލާއިރުގައި އަޅުގަނޑުމެންނަށް ގަބޫލެއް ނުކުރެވޭ މަސްވެރިކަމަށް ނުކުމެ އުޅުނު ބައެއް ކަމަކަށް،" ބަޝީރު ވިދާޅުވި އެވެ.

އެ މީހުންގެ ދަތުރުގެ މަގުސަދާއި ދަތުރުގައި ހިނގާދިޔަ އެހެނިހެން ކަންކަން ތަހުގީގު ނިމުމުން އެނގޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓްގެ ހެޑް، ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ސައީދު ވިދާޅުވީ ލޯންޗުގައި ބޭނުންކޮށްފައިވާ ޖީޕީއެސްގެ ޒަރީއާއިން ދަތުރުކުރަމުން ދިޔަ ރާސްތާ ހޯދިފައިވާ ކަމަށެވެ.

މި ދަތުރާ ގުޅޭ ގޮތުން އުފެދޭ ގިނަ ސުވާލުތަކެއް ހުރި ކަމަށާއި ތަހުގީގުން އެ ސުވާލުތަކަށް ޖަވާބު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިންހާޖު ގެއްލިގެން ހޯދުމަށް ކުރަމުން ދިޔަ އޮޕަރޭޝަން މިހާރު ވަނީ ހުއްޓާލާފަ އެވެ. މި އޮޕަރޭޝަނުގައި ކަނޑުމަގުން އެމްއެންޑީއެފް ކޯސްޓްގާޑުގެ ދެ އުޅަނދެއް ބޭނުންކޮށްގެން ވަނީ ޖުމްލަ 665 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފަ އެވެ. އަދި ވައިގެ މަގުން އެމްއެންޑީއެފްގެ ޑޯނިއާ ފްލައިޓުން 2000 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާކަމަށް އެމްއެންޑީއެފް އިން ބުނެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox