ކްރައިމިއާގެ ބްރިޖު ގޮއްވާލުމުން އަށް މީހުން ހައްޔަރުކޮށްފި

ކްރައިމިއާގެ ބްރިޖުގައި އުޅަނދު ގޮވި ވަގުތު އަލިފާން ރޯވެފައި. -- ފޮޓޯ: ބީބީސީ

ކްރައިމިއާގެ ބްރިޖުގައި އުޅަނދު ގޮވި ވަގުތު އަލިފާން ރޯވެފައި. -- ފޮޓޯ: ބީބީސީ

މިދިޔަ ހޮނިހިރު ދުވަހު ރަޝިއާ އާއި ކްރައިމިއާ ގުޅޭ ބްރިޖުގައި އުޅަނދެއް ގޮވި މައްސަލައާ ގުޅުން ހުރި އަށް މީހުން ރަޝިއާއިން ހައްޔަރުކޮށްފި އެވެ.

އެފްއެސްބީ ސެކިއުރިޓީ ސާވިސްއިން ބުނީ އޭގެ ތެރެއިން ފަސް މީހުންނަކީ ރަޝިއާ ރައްޔިތުން ކަމަށެވެ. ބާކީ ތިބީ ޔޫކްރެއިނާއި އަރްމީނިއާގެ މީހުންނެވެ.

ރަޝިއާއިން ތުހުމަތު ކުރާ ގޮތުގައި އެއީ ޔޫކްރެއިނުން ދިން ހަމަލާ އެކެވެ. އެހެން ނަމަވެސް އެއީ ހަމަޖެހޭ ތުހުމަތެއް ނޫން ކަމަށް ޔޫކްރެއިންގެ އޮފިޝަލަކު ވިދާޅުވި އެވެ.

Advertisement

އެ ހާދިސާއާ ގުޅިގެން ބަޔަކު ހައްޔަރު ކުރި އިރު، ބުދަ ދުވަހު ވެސް ޔޫކްރެއިންގެ ގިނަ ސިޓީތަކަކަށް ހަމަލާ ދިނެވެ. އެގޮތުން ހާސަން، ޒަޕޮރިއްޒިޒިއާ އަދި ނިކޮޕޯލް ހިމެނެ އެވެ.

ރަޝިއާގެ ރައީސް ލެޑިމިއަ ޕުޓިން ވިދާޅުވީ ކްރައިމިއާގެ ބްރިޖަށް ގެއްލުން ދިނީ ޔޫކްރެއިން ޖާސޫސީ ހިދުމަތްތަކުން ރާވައިގެން ހިންގި އަމަލެއްގައި ކަމަށެވެ.

ބްރިޖުގައި ހިނގި ގޮވުމުގެ ޒިންމާ ޔޫކްރެއިނުން އުފުލާފައެއް ނުވެ އެވެ. އެކަމަކު އެކަމުގެ ފަހަތުގައި ތިބީ ޔޫކްރެއިން ކަމަށް ދޭހަވާ މޭރުމަކުން އެ ގައުމުގެ އިސް އޮފިޝަލުން ކުރިން ވާހަކަ ދެއްކެވި އެވެ.

އެ ބްރިޖަކީ 2018 ވަނަ އަހަރު ޕުޓިން ހުޅުއްވައި ދެއްވި ބްރިޖެކެވެ. އެއީ ޔޫކްރެއިންގައި ތިބި ރަޝިއާ ސިފައިންނަށް މުހިއްމު އަސްކަރީ ސާމާނު ފޮނުވުމަށް ބޭނުންކުރާ ބްރިޖެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox