ދުނިޔޭގެ ހެރިޓޭޖް ލިސްޓުގައި ޔޫކްރެއިންގެ އޮޑެއްސާ ހިމަނަން މަސައްކަތް ކުރަނީ

ޔޫކްރެއިން ނޭވީގެ ބައެއް މެމްބަރުން ހަނގުރާމަ ފެށި ފަހުން އޮޑެއްސާގެ މަގުމަތީގައި މިޔުޒިކް ކުޅެނީ. -- ފޮޓޯ: އެމްއާރްއެސް

ޔޫކްރެއިން ނޭވީގެ ބައެއް މެމްބަރުން ހަނގުރާމަ ފެށި ފަހުން އޮޑެއްސާގެ މަގުމަތީގައި މިޔުޒިކް ކުޅެނީ. -- ފޮޓޯ: އެމްއާރްއެސް

ޕެރިސް، ފްރާންސް (އޮކްޓޯބަރު 11) - ޔޫކްރެއިންގެ އޮޑެއްސާ ސިޓީ ދުނިޔޭގެ ހެރިޓޭޖް ލިސްޓުގައި ހިމެނުމަށް އެދި ރައީސް ވޮލޮޑިމިރް ޒެލެންސްކީ އަންގާރަ ދުވަހު ރަސްމީކޮށް ޔުނެސްކޯއަށް ހުށަހަޅުއްވައިފި އެވެ.

"އަޅުގަނޑުމެންގެ ތާރީހާއި، ސަގަފާތާއި، ތަރިކަ ސުންނާފަތި ކުރާ މަންޒަރު ނުފެންނަ ކަމަށް ހަދައިގެން ދުނިޔެއިން ނޯންނާނެކަމުގެ ސާފު ސިގްނަލެއް ދޭން ޖެހޭ،" ޔުނެސްކޯގެ 58 މެމްބަރު ގައުމާ މުހާތަބުކޮށް ވީޑިއޯ މެދުވެރިކޮށް ޒެލެންސްކީ ވިދާޅުވި އެވެ.

"އެކަމަށް އެޅޭނެ އެއް ފިޔަވަަޅަކީ ތާރީހީ ގޮތުން މުހިއްމު އޮޑެއްސާ ހިމާޔަތް ކުރުން. އެއީ ރީތި ސިޓީއެއް. ބްލެކް ސީއިން ދަތުރު ކުރާ ބޯޓުތަކަށް މުހިއްމު ބަނދަރެއް،" އޭނާ ފާހަގަކުރެއްވި އެވެ.

އޮޑެއްސާ މަގްބޫލުވެފައި ވަނީ "ޕާލް އޮފް ދަ ބްލެކް ސީ" ގެ ގޮތުގަ އެވެ. އަށާރަ ވަނަ ގަރުނުގެ ފަހުކޮޅު ރަޝިއާގެ ތަހުތުގައި އިންނެވި އެމްޕްރެސް ކެތެރީން ދަ ގްރޭޓް ނިންމެވީ ރަޝިއާގެ އެންމެ ޒަމާނީ ބަނދަރު އެ ތަނުގައި ގާއިމް ކުރުމަށެވެ.

ތާރީހީ ސްޓެޗޫތަކާއި، ބިނާތަކާއި، އިމާރާތްތައް އޮޑެއްސާގައި ހުރެ އެވެ. މިދިޔަ ފެބްރުއަރީ މަހު ޔޫކްރެއިންގައި ހަނގުރާމަ ފެށުމުން، ސަރުކާރުން އެންމެ އިސްކަމެއްދީފައި ވަނީ އެ ތަންތަން ރައްކާތެރި ކުރުމަށެވެ. އެގޮތުން ވެލިބަސްތާ ޖަހައި ބިނާތައް ފޮރުވި އެވެ.

އެ ސިޓީ ހެރިޓޭޖް ލިސްޓުގައި ހިމަނަން ޔޫކްރެއިނުން އެދުމުން، ޔުނެސްކޯއިން ބުނީ ހުށަހެޅުން މުރާޖައާ ކުރާނީ ދުނިޔޭގެ ހެރިޓޭޖް ކޮމިޓީގެ ބައްދަލުވުމެއްގައި ކަމަށެވެ. ނަމަވެސް ބައްދަލުވުން އޮންނާނެ ތާރީހެއް ހާމައެއް ނުކުރެ އެވެ.

ޔޫކްރެއިންގެ ތާރީހީ ހަ ތަނެއް މިހާރު ވެސް ދުނިޔޭގެ ހެރިޓޭޖް ލިސްޓުގައި ހިމެނެ އެވެ. އެކަމަކު ނުރައްކަލަށް ހުށަހެޅިފައިވާ ސައިޓުތަކުގެ ލިސްޓުގައި އެއްވެސް ތަނެއް ނުހިމެނެ އެވެ. ޔުނެސްކޯއިން ބުނީ ހަނގުރާމއިގެ މިހާތަނަށް ހެރިޓޭޖް ލިސްޓުގައި ހިމެނޭ ތަނަކަށް ގެއްލުން ނުވާ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox