ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ރަންޔޫބީލް ފާހަގަކުރުމުގެ ގޮތުން 50 ފަރެއްގެ ދިރުންތަކުގެ ފޮޓޯ މުބާރާތެއް ބާއްވަން ހަމަޖެހިފަ އެވެ.
މި މަހުގެ 21 ގައި ބާއްވާ ފޮޓޯ މުބާރާތް ކުރިއަށް ގެންދަނީ ދިރާގާއި ޓޫރިޒަމް މިނިސްޓްރީ އަދި އޯޝަން ޖިއޮގްރަފިކް ސޮސައިޓީ ގުޅިގެންނެވެ.
މި މުބާރާތުގައިބައިވެރި ކުރެވޭނީ ކަނޑައަޅާފައިވާ 50 ޑައިވް ސައިޓްގެ ފޮޓޯ އެވެ. އެއް ސައިޓަށް ވުރެ ގިނަ ސައިޓުގެ ފޮޓޯ ވެސް މުބާރާތުގައި ބައިވެރިވެވޭނެ އެވެ.
"އަޅުގަނޑުމެންގެ ފަރުތަކަކީ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރާ އެންމެ ބޮޑު އެއް ސަބަބު. މި މުބާރާތުގެ ޒަރިއްޔާއިން އަޅުގަނޑުމެން ބޭނުންވަނީ ކަނޑުގެ މާހައުލުގެ ސިއްހަތަށް އިތުރު ސަމާލުކަން ދީ ކުރިއަށް އޮތް އަހަރުތަކުގައި ވެސް ދުޅަހެޔޮކަންމަތީ އެ މާހައުލު ދެމެހެއްޓުމަށް މަސައްކަތްކުރަން." ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުالله މައުސޫމް ވިދާޅުވިއެވެ.
ދިރާގުގެ ސީއީއޯ އަދި އެމްޑީ އިސްމާއިލް ރަޝީދު ވިދާޅުވީ މި ފޮޓޯ މުބާރާތަކީ ދިވެހިރާއްޖޭގެ ކަނޑު އަޑީގެ ރީތިކަން ދައްކައިދިނުމުގެ އިތުރުން ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމަށް ކުރަމުންދާ މަސައްކަތުގެ ވެސް ވަރަށް މުހިންމު ހަރަކާތަކަށް ވެގެން ދާނެ ކަމަށެވެ.
ދިވެހި ވެށި ހިމާޔަތް ކުރުމަށްޓަކައި ދިރާގުން ގިނަ ހަރަކާތްތަކެއް ހިންގަ އެވެ.
ދިރާގުން ބުނި ގޮތުގައި މުބާރާތުގައި ބައިވެރިވުމަށްޓަކައި ފަރުގެ ފަސް ފޮޓޯއެއްގެ ޕޯޓްފޯލިއޯއެއް ހުށަޅަން ޖެހެ އެވެ.
މި މުބާރާތުގެ ފޮޓޯތައް ބައިނަލްއަގުވާމީ ޖަޖިން ޕެނަލަކުން ބެލުމަށް ފަހު ކޮންމެ ޑައިވް ސައިޓަކުން ހުށަހަޅާ ފޮޓޯތަކުން ވަނަތައް ހޮވާނެ އެވެ.
މުބާރަތުގައި ފޮޓޯ ހުށަހަޅާ ހުރިހާ ފަރާތްތަކަށްވެސް ރާއްޖޭގެ ކޮރަލް ރީފް ހެލްތު އެސެސްމަންޓްގައި ބައިވެރިވިކަމުގެ ކޮންޓްރިބިއުޝަން އޮފް އެޗީވްމަންޓް ސެޓްފިކެޓެއް ލިބޭނެ ކަމަށް ދިރާގުން ބުންޏެެވެ.
މުބާރާތުގެ ނަތީޖާ ފާޅުކުރުން އޮންނާނީ 29 އޮކްޓޯބަރު 2022 ގައެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް https://maldives50.site/











