ރާއްޖޭގައި މަސައްކަތް ކުރަމުން އައި ބަންގްލަދޭޝްގެ ރައްޔިތަކު ގެއްލިގެން އޭނާ މަސައްކަތްކުރާ ކުންފުނިން ރިޕޯޓް ކުރުމުން، ފުލުހުން އޭނާ ހޯދުމުގެ މަސައްކަތް ފަށައިފި އެވެ.
ފުލުހުން ބުނީ ގެއްލިގެން ހޯދަނީ ބަންގްލަދޭޝްގެ އެމްޑީ އޮމަރު މިއާ 27، ކަމަށެވެ. އޭނާ ގެއްލިގެން ފުލުހުން ނަށް ރިޕޯޓްކުރީ އޭނާ މަސައްކަތް ކުރަމުން އައި ކުންފުނިން ކަމަށާއި ރިޕޯޓް ކުރީ މިދިޔަ ހޮނިހިރު ދުވަހު ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެހެން ނަމަވެސް އޭނާ އެންމެ ފަހުން ފެނިފައި ވަނީ ކޮން ރަށަކުން ކަމެއް ފުލުހުން ނުބުނެ އެވެ. އަދި ގެއްލުނު އިރު އޭނާ ލައިގެން ހުރި އަންނައުނުގެ ކުލައެއް ވެސް ނުބުނެ އެވެ.
"... އެމްޑީ އޮމަރް މިއަރ ހޯދުމަށް މިހާތަނަށް ފުލުހުން ކުރި މަސައްކަތުން ފެނިފައިނުވާތީ، އެނާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ ހުޅުމާލެ ފޭސް 1 ޕޮލިސްގެ ނަންބަރު 9980062 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދެމެވެ،" ފުލުހުން މިއަދު ނެރުނު ކުރު ބަޔާނެއްގައި ބުންޏެވެ.













