ރޮނާލްޑޯ 700 ހަމަކޮށްފި، ޔުނައިޓެޑަށް މުހިންމު މޮޅެއް

Oct 9, 2022, 8:06 PM
އެވަޓަން ކޮޅަށް ގޯލު ޖެހުމަށް ފަހު ރޮނާލްޑޯ އުފާފާޅުކުރަނީ.

އެވަޓަން ކޮޅަށް ގޯލު ޖެހުމަށް ފަހު ރޮނާލްޑޯ އުފާފާޅުކުރަނީ.

ލިވަޕޫލް (އޮކްޓޫބަރު 9) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ކްރިސްޓިއާނޯ ރޮނާލްޑޯ ކްލަބް ކެރިއަރުގައި ޖެހި 700 ވަނަ ގޯލާ އެކު، މެންޗެސްޓާ ޔުނައިޓެޑުން ފަހަތުން އަރައި 2-1 އިން އެވަޓަން ބަލިކޮށްފި އެވެ.

ރޮނާލްޑޯ، 37، މިރޭގެ މެޗުގައި ކުޅެން އެރީ ފުރަތަމަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގަ އެވެ. އެއީ ފުރަތަމަ ހާފުގައި ޔުނައިޓެޑްގެ ފޯވާޑް، އެންތަނީ މާޝިއަލް އަށް އަނިޔާވުމުންނެވެ. ރޮނާލްޑޯ، މިރޭ ކްލަބް ކެރިއަރުގައި 700 ގޯލު ހަމަކުރިއިރު، އެ ގޯލުތަކުގެ ތެރެއިން 144 ގޯލު ޖެހީ ޔުނައިޓެޑް އަށެވެ. ޔުނައިޓެޑަށް ޖެހި 26 ގޯލެއް ޖެހީ ދެ ވަނަ ފަހަރަށް އެ ޓީމާ ގުޅުމަށް ފަހު އެވެ.

އެހެން ކްލަބްތަކަށް ރޮނާލްޑޯ ޖަހައިދިން ގޯލުތަކަށް ބަލާއިރު، ސްޕޯޓިން އަށް ފަސް ގޯލު، ރެއާލް މެޑްރިޑަށް 450 ގޯލު އަދި ޔުވެންޓަސް އަށް ވަނީ 101 ގޯލު ކާމިޔާބުކޮށްދީފަ އެވެ.

އެވަޓަންގެ ގުޑިސަން ޕާކުގައި މިރޭ ކުޅުނު މެޗުގައި އެ ޓީމަށް ލީޑުނަގައިިދިނީ ފަސް ވަނަ މިނިޓްގައި އަލެކްސް އިވޯބީ އެވެ. މިއީ ޔުނައިޓެޑްގެ ކަސެމީރޯ އަތުން ގެއްލުނު ބޯޅައެއްގައި އެވަޓަން ކުރި އެޓޭކަކުން އިވޯބީ އޭރިއާބޭރުން ޖެހި ޝޮޓަކުން ޖެހި ގޯލެކެވެ.

ޔުނައިޓެޑަށް އެއްވަރުކޮށްދިން ގޯލު ޖެހީ 15 ވަނަ މިނިޓްގައި އެންޓޮނީ އެވެ. މިއީ އެވަޓަންގެ މެދުތެރެއިން ގެއްލުނު ބޯޅައެއް ހޯދައި، ޔުނައިޓެޑްގެ ކެޕްޓަން، ބްރޫނޯ ފެނާންޑޭސް އެ ޓީމުގެ މާޝިއަލް އަށް ދިނުމުން އޭނާ ތަނަވަސްކޮށްދިން ފުރުސަތަކުން އެންޓޮނީ ޖެހި ގޯލެކެވެ.

ބޮޑު އަގުގައި އަޔަކްސް ދޫކޮށް ޔުނައިޓެޑާ ގުޅުނު އެންޓޮނީ އަކީ ޔުނައިޓެޑަށް ބަދަލުވި ފަހުން ލީގުގެ ފުރަތަމަ ތިން މެޗުގައި ލަނޑު ޖެހި ފުރަތަމަ ކުޅުންތެރިޔާ އެވެ.

މެޗުގައި ފުރަތަމަ ފަހަރަށް ޔުނައިޓެޑުން ލީޑުނެގި ގޯލު ފެނާންޑޭސް ޖެހި ނަމަވެސް ރޮނާލްޑޯ އޮފްސައިޑް ކަމަށް ނިންމައި، އެ ގޯލު ބަލައިނުގަތެވެ. އެހެން ނަމަވެސް މެޗުގެ 44 ވަނަ މިނިޓްގައި ރޮނާލްޑޯ ވަނީ ޔުނައިޓެޑަށް ލީޑުނަގައިދީފަ އެވެ. ކަސެމީރޯ ދިން ބޯޅައެއް ހިފައިގެން އޭރިއާތެރެއަށް ވަދެ، ރޮނާލްޑޯ ވަނީ ގޯލުގެ ކައިރީ ކަނަށް ފޮނުވާލައިފަ އެވެ.

ދެ ވަނަ ހާފުގައި ޔުނައިޓެޑްގެ މާކަސް ރެޝްފޯޑް ޖެހި ގޯލެއް ބަލައިނުގަންނަން ނިންމީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް)ގެ އެހީގަ އެވެ. އެއީ ރެޝްފޯޑް އެ ބޯޅަ ގޯލަށް ޖެހުމުގެ ކުރިން އަތުގައި ބޯޅަ ޖެހިފައިވާ ކަމަށް ބަލައިފަ އެވެ.

އެވަޓަން އިން ނަތީޖާ ހަމަހަމަކުރެވޭތޯ ކުރި މަސައްކަތްތަކުގެ ހުރަހަކަށްވީ ޔުނައިޓެޑްގެ ކީޕަރު ޑޭވިޑް ޑެހެއާ އެވެ. ޑެހެއާ ވަނީ އެވަޓަން އިން ފޮނުވާލި ގިނަ ބޯޅަތަކެއް ހުއްޓުވައިފަ އެވެ.

މިދިޔަ ހަފްތާގައި މެންޗެސްޓާ ސިޓީ އަތުން ވީ ބަލި ހަނދާން ނައްތާލަން މިއީ ޔުނައިޓެޑަށް މުހިންމު ނަތީޖާ އެކެވެ.

ނެދަލެންޑްސްގެ ކޯޗު އެރިކް ޓެން ހާގްގެ ކޯޗުކަމުގައި ކުޅޭ ޔުނައިޓެޑުން މި ވަނީ އެންމެ ފަހުން ލީގުގައި ކުޅުނު ހަ މެޗުގެ ތެރެއިން ފަސް މެޗުން މޮޅުވެ، އަށް މެޗުން 15 ޕޮއިންޓް ހޯދައި ލީގުގެ ފަސް ވަނަ އަށް ޖެހިލައިފަ އެވެ.

ހަތް މެޗަށް ފަހު ބަލިވި އެވަޓަން އޮތީ ލީގުގެ 12 ވަނައިގަ އެވެ. އެއީ ނުވަ މެޗުން 10 ޕޮއިންޓާ އެކު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox