ކްރައިމިއާގެ ބްރިޖުގައި އުޅަނދެއް ގޮވައި ތިން މީހުން މަރުވެއްޖެ

ބްރިޖުގައި އުޅަނދު ގޮވުމުން އަލިފާން ރޯވެފައި. -- ފޮޓޯ: ރޮއިޓާޒް

ބްރިޖުގައި އުޅަނދު ގޮވުމުން އަލިފާން ރޯވެފައި. -- ފޮޓޯ: ރޮއިޓާޒް

ހޮނިހިރު ދުވަހު ކްރައިމިއާގެ ބްރިޖެއްގައި ޓްރަކެއް ގޮވައި ތިން މީހުން މަރުވެފައިވާ ކަމަށް ރަޝިއާއިން ބުނެފި އެވެ.

އެކަމުގެ ފަހަތުގައި ވަނީ ޔޫކްރެއިން ކަމަށް ރަޝިއާއިން މިހާތަނަކަށް ނުބުނެ އެވެ. ހޮނިހިރު ދުވަހު ރަޝިއާއިން ވަނީ ޔޫކްރެއިން ހަނގުރާމައަށް އާ ކޮމާންޑަރަކު ވެސް ހަމަޖައްސައިފަ އެވެ.

ގާތްގަނޑަކަށް 19 ކިލޯމީޓަރު ދިގު ބްރިޖުގައި ގޮވުމެއް ގޮވި ނަމަވެސް، މިހާރު ވަނީ އާއްމު ޓްރެފިކަށް އަލުން ބްރިޖު ހުޅުވާލައިފަ އެވެ.

Advertisement

އެއީ ޔޫރަޕުގެ އެންމެ ދިގު ބްރިޖެވެ. ސޯޝަލް މީޑިއާގައި އާއްމުވި މަންޒަަރުތަކުން ފެންނަނީ ބްރިޖުގެ ބައެއްގައި ރޯވެފައި އޮތް އިރު، ބައެއް ބައިތައް ވެއްޓޭ ތަނެވެ.

ރަޝިއާއިން ބުނީ ތިން މީހުން މަރުވި ކަމަށެވެ. މަރުވީ ކޮން ބަޔެއްކަން ދެނެގަތުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ބްރިޖު މަތީގައި ގޮވި ޓްރަކުގެ ވެރިޔާއަކީ ރަޝިއާގެ ދެކުނު ކްރަސްނޮޑާރް ސަރަހައްދުގައި ދިރިއުޅޭ މީހެކެވެ. އޭނާ ދިރިއުޅޭ ގެ ބަލައި ފާސްކުރުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.

އެ ހާދިސާގެ ސަބަބުން ހަތް ތެޔޮ ޓޭންކަރުގައި ރޯވެ، ބްރިޖުގައި ކާރު ދަތުރު ކުރަން ހާއްސަ ލޭނާއި ރޭލު ދަގަނޑުގެ ބަޔެއް ވަަނީ ވެއްޓިފަ އެވެ.

އެ ބްރިޖަކީ 2018 ވަނަ އަހަރު ރަޝިއާގެ ރައީސް ލެޑިމިއަ ޕުޓިން ހުޅުއްވައި ދެއްވި ބްރިޖެކެވެ. އެއީ ޔޫކްރެއިންގައި ތިބި ރަޝިއާ ސިފައިންނަށް މުހިއްމު އަސްކަރީ ސާމާނު ފޮނުވުމަށް ބޭނުންކުރާ ބްރިޖެކެވެ.

ޓްރަކް ގޮވުމާއި ޔޫކްރެއިނާ ގުޅުމެއްވާ ކަމަށް މިހާތަނަށް ޔޫކްރެއިން ސަރުކާރުން ހާމައެއް ނުކުރެ އެވެ. އެކަމަަކު ޔޫކްރެއިން ރައީސްގެ އެޑްވައިޒަރު ވިދާޅުވީ "ކްރައިމިއާގެ ބްރިޖަކީ ފެށުން" ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox