އައިކެއާ އިން ޖަޕާނުގެ ސީޑް ކޮންޓެކްޓް ލެންސް ތައާރަފުކޮށްފި

ސީޑް ބްރޭންޑުގެ ކޮންޓެކްޓް ލެންސް : އައިކެއާ އިން ވަނީ މި ބްރޭންޑުގެ ލެންސު ރާއްޖެއަށް ތައާރަފުކޮށްފައި -- ފޮޓޯ: އައިކެއާ

ސީޑް ބްރޭންޑުގެ ކޮންޓެކްޓް ލެންސް : އައިކެއާ އިން ވަނީ މި ބްރޭންޑުގެ ލެންސު ރާއްޖެއަށް ތައާރަފުކޮށްފައި -- ފޮޓޯ: އައިކެއާ

އައިކެއާ އޮޕްޓިކަލްސް އިން ޖަޕާނުގެ ބްރޭންޑެއް ކަމަށްވާ ސީޑް ކޮންޓެކްޓް ލެންސް ދިވެހިރާއްޖެއަށް ތައާރަފްކޮށްފި އެވެ.

ގިނަ ވަގުތު ލެންސު ބޭނުން ކުރަންޖެހޭ ފަރާތްތަކަށް އެންމެ އެކަޝޭނަ ސީޑް ލެންސަކީ ގުދުރަތީގޮތުން ތެތްކަން އުފައްދާ އެލްޖެނިކް އެސިޑް ހިމެނޭ ލެންސެކެވެ.

މީގެ އިތުރުން އެ ކުންފުނިން އުފައްދާ ހުރިހާ ލެންސެއްގައި ސީޑް ކުންފުނީގެ އަމިއްލަ އުފެެއްދުމެއް ކަމަށްވާ ސީޑް އަޔޯނިކް ބޮންޑު (އެސްއައިބީ) ހިމެނޭނެ އެވެ. އެސްއައިބީ އަކީ ލޮލަށް އޮކްސިޖަން ފޯރުކޮށްދޭ މިންވަރު އިތުރު ކޮށްދޭ އަދި ލޮލަށް ޔޫވީ އަލި އެބްސޯބްކޮށްދޭ މިންވަރު މަދުކޮށްދޭ މާއްދާއެކެވެ. މި މާއްދާގެ ސަބަބުން ލެންސް ބޭނުންކުރެވޭ މުއްދަތު އިތުރުވެގެން ދާނެ އެވެ.

އައިކެއާ އިން ސީޑްގެ ޑިސްޕޯސެބަލް ކޮންޓެކްޓް ލެންސް ވެސް ލިބިގެންދާނެ ކަަމަށް އެ ފަރާތުން މައުލޫމާތުދެ އެވެ. ސީޑްގެ ޑިސްޕޯސެބަލް ލެންސަކީ ކޮންމެ މަހަކު ބަދަލުކުރާ ގޮތަށް ބޭނުންކުރާ ލެންސެކެެވެ. އައިކެއާގެ ހުރިހާ ފިހާރަ އަކުން މިހާރު ޑިސްޕޯސެބަލް ލެންސް ލިބެން ހުންނާނެ އެވެ. މީގެ އިތުރުން 'ސީޑް ރިޖިޑް ގޭމްސް ޕަރމިއަބަލް' ކޮންޓެކްޓް ލެންސް އަދި އެ ބްރޭންޑުގެ އެހެން ޕްރިސްކްރިޕްޝަން ލެންސްތައް އެ އައިކެއާ އިން ޕްރީއޯޑާ ކޮށްލެވޭނެ އެވެ.

މަސައްކަތުގެ 50 އަހަރުގެ ތަޖުރިބާ ލިބިފައިވާ ސީޑް ބްރޭންޑަކީ ކޮންޓެކްޓް ލެންސް އުފައްދާ، މި ދާއިރާއިން އެކި އާ ޓެކްނޮލަޖީތައް ވެސް އުފައްދާފައިވާ ކުންފުންޏެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި 3 ބިދޭސީން ބަންދަށް

ހުއްދަނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އަތުލައިގަނެފަ. މި މީހުން އަތުލައިގަތީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން.

ޖަރުމަނު ކޮންސުލޭޓު ބަންދުކުރީ ސަރުކާރާ ހެދި: ނަޝީދު

ނަޝީދު ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓް ބަންދުކުރީ، އޮނަރަރީ ކޮންސުލްގެ މަގާމަށް ވަކި މީހަކު އައްޔަންކުރުން ދިވެހި ސަރުކާރުން ނުފޫޒު ފޯރުވުމުން.

ޔާމީނަށް ހުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައިފި. ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅަމުން ވަކީލުން ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ކުށް ސާބިތުވާވަރުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް.

މީހުންގެ އަގުވައްޓާލަން އޭސީސީއަށް ހުށަހެޅުން ހުއްޓުވަން އުސޫލެއް

އޭސީސީން ބުނީ އަސާސެއް ނެތް ކަންކަމުގައި މީހުންގެ އަގުވައްޓާލުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް. އީޔޫގެ އެހީތެރިކަމާއެކީ އެކުލަވާލާ މި ސްޓްރެޓެޖީގެ ސަބަބުން ނުބައި ނިޔަތުގައި ހުށަހަޅާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނި.

ގަވާއިދާ ހިލާފަށް ވަދެ އުޅުނު ތިން މަސް ބޯޓު ހިފަހައްޓައިފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި. އަރިއަތޮޅުގެ ހުޅަނގުން އަތުލައިގަތް މި ބޯޓުތައް މިހާރު މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

ގޯތި ދޫކުރުމުގެ އުސޫލު ބަދަލުކޮށް ކުރިމަތިލާން ހުޅުވާލައިފި

ކ. ހުރާއިން 150 ގޯތި ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އަލުން ވަނީ ހުޅުވާލައިފި. އައު އުސޫލުގެ ދަށުން ރަށުގައި ދިރިއުޅޭ އާއިލާތަކަށާއި އުފަން ރަށްވެހިންނަށް އިސްކަންދޭ ގޮތަށް ޕޮއިންޓް ދިނުމުގެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި.

ރަސްމާލޭގެ ތަންތަން ދާއިމީކުރުމުގެ ފުރުސަތެއް ނެތް: މުއްތަލިބު

ރަސްމާލެ މަޝްރޫއަކީ އިޒްރޭލު މީހުން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، މުއްތަލިބު ވިދާޅުވީ ބިންތައް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް. އަދި، މި ޝަހަރުގައި ދިވެހިންގެ ނިސްބަތް ގިނަ ކުރަން ތަންތަން ވިއްކާއިރު ދިވެހިންނަށް އިސްކަން ދޭން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox