ޔޫކްރެއިން ހަނގުރާމަ: ޒެލެންސްކީ އާއި މަސްކްގެ ކޯޅުމެއް ޓްވިޓާގައި

ޔޫކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ. -- ފޮޓޯ: ގެޓީ

ޔޫކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ. -- ފޮޓޯ: ގެޓީ

ޔޫކްރެއިން ހަނގުރާމަ ނިމުމަކަށް ގެނެވޭނެ ގޮތްތަކެއް ހުށަހަޅައި ބިލިއަނަރު އެލޮން މަސްކް ޓްވިޓާގައި ޕޯލް ހުޅުވާލުމުން، ޔޫކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ ވެސް ރަައްދުގައި ޕޯލްއަކަށް ހުޅުވާލައިފި އެވެ.

މަސްކްގެ 107.7 މިލިއަން ފޮލޯވަރުން ކައިރީގައި އޭނާ އެދުނީ ހަނގުރާމަ ނިންމޭނެ ކަމަށް ފެންނަ ގޮތްތަކަކަށް ވޯޓު ދިނުމަށެވެ. އޭގެ ތެރޭގައި ޔޫކްރެއިނުގެ ބިމުން ބައެއް ރަޝިއާއަށް ދިނުން ހިމެނެ އެވެ.

އެހެންވެ، ޒެލެންސްކީ ރައްދުގައި ހުޅުވާލި ޕޯލްގައި އެދިވަޑައިގެންނެވީ ދުނިޔޭގެ އެންމެ ބޮޑު މަހުޖަނާ މެދު އާއްމުން ގަޔާ ވަނީ ރަޝިއާއަށް ތާއީދު ކުރުމުންތޯ ނުވަތަ ޔޫކްރެއިނަށް ތާއީދު ކުރުމުންތޯ ސާފުކޮށްދިނުމަށެވެ.

Advertisement

ޔޫކްރެއިންގެ ބިމުން ބަޔެއް ރަޝިއާއަށް ދީގެން ހަނގުރާމަ ނިންމަން އާއްމުން ދެކޭ ގޮތެއް ބަލަން މަސްކް ޕޯލް ހުޅުވި އިރު، ދާދި ފަހުން ރަޝިއާއިން ވަނީ ޔޫކްރެއިންގެ ހަތަރު ތަނެއް އެ ގައުމުގެ ދަށަށް ގެންގޮސްފަ އެވެ.

މަަސްކް އިތުރަަށް ހުށަަހެޅީ 2014 ވަނަ އަހަރު ރަޝިއާއިން ހިފި ޔޫކްރެއިންގެ ކްރައިމިއާއަކީ ރަސްމީކޮށް ރަޝިއާގެ ތަނެއްގެ ގޮތުގައި ދުނިޔެއިން ބަލައިގަތުމަށެވެ.

އޭގެ އިތުރުން މި ހަނގުރާމައިގައި ނިޔުކްލިއާ ހަތިޔާރު ބޭނުން ކުރުމުގެ ފުރުސަތު އެބަ އޮތް ކަމުގެ އިންޒާރު ވެސް މަސްކް ދިނެވެ.

މަސްކް ޕޯލް ހުޅުވާލިތާ 10 ގަޑިއިރު ފަހުން ދެ މިލިއަން މީހުން ވޯޓުލާފައިވެ އެވެ. ޒެލެންސްކީ ޓްވީޓް ކުރެއްވިތާ އަށް ގަޑިއިރު ފަހުން 1.5 މިލިއަން މީހުން ވޯޓު ދިނެވެ.

ހަނގުރާމައިގެ ކުރީކޮޅު ޔޫކްރެއިނަށް އެހީވުމަށް މަސްކްގެ ސެޓެލައިޓް އިންޓަނެޓް ކުންފުނިން ބައެއް ސާމާނު ހަދިޔާކުރި އެވެ. އެހެންވެ، ހަނގުރާމަ ނިމުމުން، މަސްކް ޔޫކްރެއިނަށް ވަޑައިގެންނެވުމަށް ޒެލެންސްކީ ދައުވަތު އެރުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox