ބިގް ބޮސް 16 ގައި ސާޖިދު ހާން ހިމެނުމުން ފާޑުކިޔުން

ފިލްމު ޑިރެކްޓަރު ސާޖިދު ހާން. -- ފޮޓޯ: ކަލާޒް

ފިލްމު ޑިރެކްޓަރު ސާޖިދު ހާން. -- ފޮޓޯ: ކަލާޒް

އިންޑިއާގެ ރިއެލިޓީ ޓީވީ ޝޯ ބިގް ބޮސް 16 މިދިޔަ ހޮނިހިރު ދުވަހު ކަލާޒް ޓީވީއިން ދައްކަން ފެށި އިރު، މި ސީޒަންގައި ފިލްމު ޑިރެކްޓަރު ސާޖިދު ހާން ހިމަނާފައި ވާތީ ފާޑުކިޔުން އަމާޒުވެއްޖެ އެވެ.

އެ ޝޯ ހޯސްޓު ކުރަނީ ބޮލީވުޑްގެ ސުޕަސްޓާ ސަލްމާން ހާން އެވެ. މި ފަހަރު ޝޯގެ ހައުސްމޭޓުންގެ ތެރޭގަައި ފިލްމު ޑިރެކްޓަރު ސާޖިދު ހާން ހިމެނެ އެވެ.

ސާޖިދް ހާންއާ ދެކޮޅަށް ޖިންސީ ފުރައްސާރައިގެ ތުހުމަތު ކުރީ މީގެ ހަތަރު އަހަރު ކުރިން އަންހެން ނޫސްވެރިޔަކާއި އެކުގަައި މަސައްކަތް ކުރި އިތުރު އަށް އަންހެނުންނެވެ.

އޭނާ ތުހުމަތުތައް ދޮގު ކުރާއިރު، ފުލުހުން ވެސް އެއްވެސް މައްސަލައެއް ތަހުގީގެއް ނުކުރެ އެވެ. އެހެން ނަމަވެސް މި ފަހަރު ބިގް ބޮސްގެ ހައުސްމޭޓުންގެ ތެރޭގައި އޭނާ ހިމެނޭތީ މީހުން ދަނީ ފާޑުކިޔަމުންނެވެ.

ލަވަކިޔުންތެރިޔާ ސޯނާ މޮހާޕަތްރާ ބުނީ އިންޑިއާގެ ޓީވީ ޗެނަލްތަކާ މެދު ލަދު ގަންނަ ކަމަށާއި ޖިންސީ ފުރައްސާރައިގެ ތުހުމަތު ކުރެވޭ ފިރިހެނުން ޗެނަލްތަކުގައި ބައިވެރިކޮށްގެން ނުވާނެ ކަމަށެވެ.

ނޫސްވެރިޔާ ބަރްކާ ދަތު ބުނީ ސާޖިދު ހާން ޝޯގައި ހިމެނުމުން ދައްކުވައިދެނީ އަންހެނުންގެ އިހުސާސްތަކަށް އެއްވެސް ގޮތަކަށް ނުބަލާކަން ކަމަށެވެ.

ހޮނިހިރު ދުވަހުން ފެށިގެން ކަލާޒް ޓީވީއިން ޝޯ ޕްރޮމޯޓް ކުރަމުންދާ އިރު، ފާޑުކިޔުންތަކާ ގުޅިގެން މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.

ބިގް ބޮސްއަކީ އިންޑިއާގެ އެންމެ މަގްބޫލް ރިއެލިޓީ ޝޯ އެވެ. އެ ޝޯގެ ވިއުވިން ޓައިމްގެ ގޮތުގައި އެތައް ބިލިއަން ގަޑިއިރެއް ރިކޯޑު ކުރެވޭ އިރު، ޑިޖިޓަލް ސްޓްރީމިން ސާވިސް ވޫޓްއިން 2020 ވަނަ އަހަރުން ފެށިގެން ޝޯ ދައްކަން ފެށުމުން އިތުރަށް މަގްބޫލުކަން ލިބުނެވެ.

ޝޯއިން ސާޖިދު ހާން ވަކިކުރުމަށް ގޮވާލައި ޕެޓިޝަނެއް ވެސް ވަނީ ފަށާފަ އެވެ. މިހާތަނަަށް 5،000 އަށް ވުރެ ގިނަ މީހުން ސޮއިކޮށްފައިވެ އެވެ.

އޭނާއާ ދެކޮޅު ތުހުމަތުތއް ފެންމަތިވީ 2018 ވަނަ އަހަރު "މީޓޫ" ހަރަކާތުގެ ތެރެއިންނެވެ. އެއީ ޖިންސީ އަނިޔާ އާއި ޖިންސީ ފުރައްސާރަ ކުރާ މީހުން ބޭޒާރު ކުރުމަށް ހިންގި ހަރަކާތެކެވެ.

ބޮލީވުޑްގެ އެންމެ ބޮޑެތި ތަރިން ހިމެނޭ ކާމިޔާބު ފިލްމުތައް އުފެއްދި ސާޖިދް ހާންއާ ދެކޮޅަށް ގިނަ އަންހެނުންތަކެއް ތުހުމަތު ކުރި އެވެ.

އެކަމަކު އޭނާ ތުހުމަތުތައް ދޮގުކުރި އެވެ. އިންޑިއަން ފިލްމު އެންޑް ޓެލެވިޝަން ޑިރެކްޓާޒް އެސޯސިއޭޝަނުން އޭނާ އެއް އަހަރަށް ސަސްޕެންޑް ކުރި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

"ކީއްވެ؟" ޓިކެޓް ވިއްކަން ފަށައިފި

ދިވެހި ފިލްމު "ކީއްވެ؟" ގެ ޓްރެއިލަރ އާންމުކޮށް، އޮލިމްޕަސް ކައުންޓަރާއި ވެބްސައިޓް މެދުވެރިކޮށް ފިލްމުގެ ޓިކެޓް ވިއްކަން މިހާރު ވަނީ ފަށާފައެވެ. ގިނަ ދުވަސްތަކަކަށްފަހު ރީކޯ މޫސާ މަނިކު ލީޑް ރޯލުން ފެންނަ، އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމު ޕްރިމިއަރ ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އާއިލީ އަދި ލޯބީގެ މައްސަލަތަކެއްގެ މައްޗަށް ބިނާކޮށްފައިވާ މި ފިލްމުން ދިވެހި ސިނަމާގެ މަޝްހޫރު ގިނަ ތަރިންތަކެއް ފެނިގެންދާނެއެވެ.

ޕެޓްރިކް ސްޓެވާޓް އުމުރުން 86 އަހަރުގައި މަރުވެއްޖެ

'ސްޓާ ޓްރެކް' އަދި 'އެކްސް-މެން' ފަދަ ފިލްމުތަކުން މަގުބޫލުކަން ހޯދި އިނގިރޭސި އެކްޓަރު ސަރ ޕެޓްރިކް ސްޓެވާޓް، އުމުރުން 86 އަހަރުގައި ލޮސް އެންޖެލިސްގައި މަރުވެއްޖެއެވެ. އޭނާ ނިޔާވީ އަލްޒައިމާ އަދި ޑިމެންޝިއާ ބަލީގައި އުޅުމަށްފަހު ކަމަށްވާއިރު، އޭނާއަކީ ފިލްމީ ދާއިރާއަށް ކޮށްދިން ޚިދުމަތްތަކަށް "ސަރ" ގެ ލަގަބުވެސް އަރުވާފައިވާ ފަންނާނެކެވެ.

ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން

އެމެރިކާގެ މަޝްހޫރު އެކްޓްރެސް ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން ކަމަށް ފުލުހުންގެ ތަހުގީގުން ކަނޑައަޅައިފިއެވެ. މެޑިކަލް ރިޕޯޓުތަކުން ދައްކާގޮތުގައި އޭނާގެ ހަށިގަނޑުން ފެންޓަނީލް އާއި ޒެނެކްސް ފަދަ ނުރައްކާތެރި ބާވަތްތައް ފެނިފައިވާއިރު، އޭނާގެ ހަށިގަނޑަށް އެއްވެސް ޖިސްމާނީ އަނިޔާއެއް ލިބިފައިވާކަމުގެ ނިޝާނެއް ފެންނާކަށް ނެތެވެ.

ޖޯޖް މައިކަލްގެ ތަކެތި ނީލަން ކިޔުމުން ހިޔާލު ތަފާތުވެއްޖެ

މަޝްހޫރު ލަވަކިޔުންތެރިޔާ ޖޯޖް މައިކަލްގެ ބައެއް އަމިއްލަ ތަކެތި ނީލަން ކިޔަން ނިންމުމާ ގުޅިގެން، އޭނާގެ އެސިސްޓެންޓް ސިއޯބާން ބެއިލީގެ އާއިލާއާއި ސިއޯބާންގެ ކުރީގެ ފިރިމީހާއާ ދެމެދު ބޮޑު ހިޔާލުތަފާތުވުމެއް ވަނީ އުފެދިފައެވެ. ސިއޯބާންގެ އާއިލާއިން ބުނާ ގޮތުގައި މި ތަކެތި ވިއްކާލުމަކީ އޭނާގެ ހަނދާނަށް ކުރެވޭ އިހުތިރާމް ކުޑަ އަމަލެއް ކަމަށާއި، ސިއޯބާން ބޭނުންވީ އެ ތަކެތި އާއިލާގެ ކުދިންނަށް ދިނުމަށެވެ.

ހުއްދަނެތި ލަވަ ބޭނުންކުރުމުން ޓްރަމްޕްގެ ޓީމްއާ ދެކޮޅަށް ކޯޓަށް

ޑޮނަލްޑް ޓްރަމްޕްގެ ކެމްޕޭން ރެލީއެއްގައި ފަންނާނު ނީލް ޔަންގްގެ ލަވައެއް ހުއްދަނެތި ބޭނުންކުރި މައްސަލައިގައި، ކޮޕީރައިޓަށް އަރައިގަތްކަމަށް ބުނެ 10 މިލިއަން ޑޮލަރުގެ ދައުވާއެއް ކޯޓަށް ހުށަހަޅައިފިއެވެ. މި ދައުވާގައި ބުނެފައިވަނީ އޯހިއޯގައި ބޭއްވި ސިޔާސީ ހަރަކާތެއްގައި އެ ލަވަ ޖަހާފައިވަނީ ގާނޫނީގޮތުން ހޯދަންޖެހޭ "ޕަބްލިކް ޕާފޯމަންސް ލައިސަންސް" ނުވަތަ ފަންނާނުގެ ހުއްދަ ނެތި ކަމަށެވެ.

އާ ބާވަތެއްގެ ޑައިނަސޯއެއްގެ ކަށިގަނޑު 47 މިލިއަން ޑޮލަރަށް

ކުރިން ޓީ-ރެކްސްގެ ބާވަތެއް ކަމަށް ހީކުރެވުނު، ނަމަވެސް އާ އާއިލާއަކަށް ނިސްބަތްވާ "ޖޯޑީ" ނަމަކަށް ކިޔާ ޑައިނަސޯއެއްގެ ކަށިގަނޑު 47.3 މިލިއަން ޑޮލަރަށް ނިއުޔޯކްގައި ވިއްކާލައިފިއެވެ. މިއީ އަންދާޒާކުރި އަގަށްވުރެ މާ ބޮޑު އަގަކަށް ވިއްކާލި، ސައިންސްވެރިންނަށް މިހާތަނަށް ފެނިފައިވާ "ނެނޯޓައިރަނަސް" އާއިލާގެ މަދު ކަށިގަނޑުތަކުގެ ތެރެއިން އެންމެ ފުރިހަމަ އެކައްޗެވެ. މިފަދަ ތާރީޚީ ތަކެތި އަމިއްލަ ފަރާތްތަކަށް ވިއްކުމާ މެދު ސައިންސްވެރިންގެ މެދުގައި ބަހުސްތަކެއް ކުރެވެމުންދާއިރު، މި ކަށިގަނޑު ގަތް ފަރާތެއް ހާމަކޮށްފައެއް ނުވެއެވެ.

މެކްލްމޯގެ "ފްރީ ޕަލެސްޓައިން" ޝޯތައް ފަށައިފި

ފަލަސްތީނަށް ތާއީދުކޮށް ވާހަކަދެއްކުމުން އެޑް ޝީރަންގެ ޓުއާއިން އުނިކުރި ރެޕް އާޓިސްޓް މެކްލްމޯ، އޭނާގެ އަމިއްލަ "ފްރީ ޕަލެސްޓައިން" ޓުއާ އަޔަލޭންޑްގެ ޑަބްލިންގައި ކާމިޔާބުކަމާއެކު ފަށައިފިއެވެ. ގިނަ ފަންނާނުންތަކަކާއެކު ބޭއްވި މި ޝޯއިން ލިބޭ ހުރިހާ ފައިސާއެއް ފަލަސްތީނުގެ ރައްޔިތުންނަށް ހަދިޔާކުރުމަށް އޭނާ ވަނީ ނިންމާފައެވެ.

Newsletter

Get the latest news delivered straight to your inbox