ކްރައުޑްފަންޑު ކޮށްގެން ޔޫކްރެއިނަށް ޓޭންކަރެއް ގަނެދީފި

ކްރައުޑްފަަންޑު ކޮށްގެން ގަަތީ ޓީ-72 ޓޭންކެއް. -- ފޮޓޯ: ގެޓީ

ކްރައުޑްފަަންޑު ކޮށްގެން ގަަތީ ޓީ-72 ޓޭންކެއް. -- ފޮޓޯ: ގެޓީ

ޗެކް ރިޕަބްލިކްގަައި ކްރައުޑްފަންޑް ކޮށްގެން 1.30 މިލިއަން ޑޮލަރު އެއްކޮށް ޔޫކްރެއިން ފައުޖަށް ޓޭންކަރެއް ގަނެދީފި އެވެ.

"ޕުޓިންއަށް ހަދިޔާއެއް" ގެ ނަމުގައި ހިންގި ކެމްޕެއިނަށް 11،288 މީހުން ފައިސާ ދިނެވެ. މިއީ ކްރައުޑްފަންޑް ކޮށްގެން ހަނގުރާމައަށް އެއްޗެއް ހޯދި ފުރަތަމަ ފަހަަރެވެ.

އެ ފައިސާއަށް ގަތީ ޓީ-72 ޓޭންކެކެވެ. ޓޯމަސްގެ ނަން ދީފައިވާ އެ ޓޭންކު ވަރަށް އަވަހަށް ޔޫކްރެއިނަށް ފޮނުވާނެ އެވެ.

ކްރައުޑްފަންޑް ކުރާ ކެމްޕެއިނަށް ޗެކް ރިޕަބްލިކްގެ ޑިފެންސް މިނިސްޓްރީ އާއި ޕްރާގްގައި ހުންނަ ޔޫކްރެއިން އެމްބަސީގެ އެއްބާރުލުން ލިބުނެވެ.

ޓްވިޓާގައި ޕޯސްޓުކުރި މެސެޖެއްގައި ޗެކް ޑިފެންސް މިނިސްޓަަރު ޔާނާ ޗެންރޮޗޯވާ ވިދާޅުވީ މިއީ ޕުޓިންއަށް ރަނގަޅު ހަދިޔާއަކަށް ވާނެ ކަމަށެވެ. ޕުޓިންގެ 70 ވަނަ އުފަން ދުވަހަކީ އޮކްޓޯބަރު ހަތެކެވެ.

ކެމްޕެއިން ރޭވި ފަރާތުން ބުނީ ޔޫކްރެއިން ފައުޖަށް ބޭނުންވާ އިތުރު ތަކެތި ހޯދަން ކްރައުޑްފަންޑް ކުރުން ކުރިއަށް ގެންދާނެ ކަމަށެވެ. އެގޮތުން ޑްރޯން، ބުލެޓްޕްރޫފް ވެސްޓް އަދި ވަޒަން ހޯދަން ވެސް މަސައްކަތް ކުރާނެ ކަމަށް ބުންޏެވެ.

ޔޫކްރެއިން ހަނގުރާމަ ފެށި ފަހުން ހުޅަނގުގެ ގައުމުތަކުން އަންނަނީ ބޮޑެތި އަސްކަރީ އަދި މާލީ އެހީ ފޯރުކޮށްދެމުންނެވެ. އެމެރިކާއިން 15.1 ބިލިއަން ޑޮލަރުގެ އަސްކަަރީ އެހީ އަދި އިނގިރޭސިވިލާތުން 2.3 ބިލިއަން ޕައުންޑްގެ އެހީ ފޯރުކޮށްދީފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox