އަޒުހާން ހޯދުމަށް ހިންގި ތަހުގީގާމެދު އުފެދޭ ސުވާލުތަކަށް ޖަވާބު ދިނުމަށް އެމްއާރުއެމުން ގޮވާލައިފި

އެމްއާރްއެމް ގެ ލީޑަރު، ރައީސް މައުމޫން: އެމްއާރްއެމް އިން ބުނެފައިވަނީ އަޒުހާން ހޯދުމަށް ހިންގި ތަހުގީގާއި މެދު ޖަވާބުދޭން ޖެހޭނެ ކަމަށް -- ފޮޓޯ: ރައީސް އޮފީސް

އެމްއާރްއެމް ގެ ލީޑަރު، ރައީސް މައުމޫން: އެމްއާރްއެމް އިން ބުނެފައިވަނީ އަޒުހާން ހޯދުމަށް ހިންގި ތަހުގީގާއި މެދު ޖަވާބުދޭން ޖެހޭނެ ކަމަށް -- ފޮޓޯ: ރައީސް އޮފީސް

ހުޅުމާލެއިން ގެއްލުނު މުހައްމަދު އަޒުހާން ހޯދުމަށް ކުރިއަށް ގެންދިޔަ ތަހުގީގާމެދު އުފެދޭ ސުވާލުތަކަށް ޖަވާބު ދިނުމަށް މޯލްޑިވްސް ރިފޯމް މޫވްމަންޓު (އެމްއާރުއެމް) އިން ގޮވާލައިފި އެވެ.

އަޒުހާން ކަމަށް ބެލެވޭ މީހެއްހެ ހަށިގަނޑު ހުޅުމާލޭ ވޯޓާ ތީމް ޕާކުގެ ކުރިމަތިން އޮންނަ ހުސްބިމުން އިއްޔެ ފެނިފައިވާއިރު، އެމްއާރުއެމް އިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ އަޒުހާން ހޯދުމަށް ކުރިއަށް ގެންދިޔަ ތަހުގީގާއި މެދު އާންމުންގެ އެތަށް ސުވާލެއް އުފެދިފައިވާ މި ދަނޑިވަޅުގައި އެ ސުވާލުތަކަށް ޖަވާބު ދިނުމަށް ކަމާބެހޭ މުއައްސަސާތަކަށް ގޮވާލާކަމަށެވެ.

"އަޒުހާންގެ މަރުގެ މައްސަލަ ފުލުހުން 'ހޯމަސައިޑް' ތަހުގީގެއްގެ ގޮތުގައި ބަލަމުން އަންނަ އިރު، އޭނާ ހޯދުމަށް ފުލުހުން ހިންގާފައިވާ ތަހުގީގާއި މެދު ރައްޔިތުންގެ ގިނަ ކަންބޮޑުވުންތަކެއް އުފެދިފައިވޭ،" އެމްއާރުއެމްގެ ބަޔާނުގަިއ ބުނެފައިވެ އެވެ.

އަޒްހާން އެންމެ ފަހުން ފެނުނީ އޯގަސްޓް 18، ގައި ހުޅުމާލެ ރެޑްބުލް ދަނޑު ސަރަހައްދުން ކަމަށް ފުލުހުން މީގެ ކުރިން ބުނެފައިވެ އެވެ. އިއްޔެ ހަވީރު ފުލުހުން އަޒުހާން ކަމަށް ބެލެވޭ ހަށިގަނޑެއް ހޯދީ އެ ސަރަހައްދާ ދުރުނޫން ހިސާބަކުންނެވެ. އެއާއެކު އަޒުހާން ގެއްލި ދެ ހަފްތާ ވެގެން ދިޔައިރު އެ ސަރަހައްދު ނުބެލުނީ ކިހިނެއް ވެގެންތޯ ވެސް އެމްއާރުއެމްގެ ބަޔާނުގައި ސުވާލު އުފައްދާފައިވެ އެވެ. ގިނަ އާންމުންވެސް ސޯޝަލް މީޑިއާގައި ފުލުހުންނާއި މި ސުވާލު ވަނީ ކުރިމަތި ކުރުވާފަ އެވެ.

އެ މައްސަލައިގައި ރޭ ހުޅުމާލެ ސްކޭޓް ޕާކު ސަރަހައްދުގައި ނޫސްވެރިންނާ ބައްދަލުކުރި އެވެ. އެ ބައްދަލުވުމުގައި އޯގަނައިޒްޑް ކްރައިމްސް ޔުނިޓުގެ ހެޑު ސުޕްރިންޓެންޑެންޓް ހަސަން ސައީދު ވިދާޅުވީ ފުލުހުންގެ ތަހުގީގުގައި ބެލުނު ސީސީޓީވީ ކެމެރާތަކުން އަޒުހާން އެންމެ ފަހުން ފެނުނީ މަރުވެފައިވާ މީހާ ފެނުނު ސަރަހައްދަށްވުރު ތަންކޮޅެއް ދުރުން ކަމަށެވެ. ރެޑްބުލް ދަނޑާއި ވޯޓާ ޕަކު ސަރަހައްދު ކުރިން ބެލި ނަމަވެސް ހަށިގަނޑު ފެނުނު ސަރަހައްދު ފުލުހުން ބެލީ އިއްޔެ ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.

އެމްއާރުއެމް ގެ ބަޔާނުގައި ތަހުގީގާމެދު އުފެދިފައިވާ ސުވާލުތަކާއި ކަންބޮޑުވުންތަކަށް ޖަވާބު ދިނުމަށް އެދި ފުލުހުންގެ ބޯޑަށާއި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ވަނީ ގޮވާލާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި 3 ބިދޭސީން ބަންދަށް

ހުއްދަނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އަތުލައިގަނެފަ. މި މީހުން އަތުލައިގަތީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން.

ޖަރުމަނު ކޮންސުލޭޓު ބަންދުކުރީ ސަރުކާރާ ހެދި: ނަޝީދު

ނަޝީދު ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓް ބަންދުކުރީ، އޮނަރަރީ ކޮންސުލްގެ މަގާމަށް ވަކި މީހަކު އައްޔަންކުރުން ދިވެހި ސަރުކާރުން ނުފޫޒު ފޯރުވުމުން.

ޔާމީނަށް ހުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައިފި. ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅަމުން ވަކީލުން ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ކުށް ސާބިތުވާވަރުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް.

މީހުންގެ އަގުވައްޓާލަން އޭސީސީއަށް ހުށަހެޅުން ހުއްޓުވަން އުސޫލެއް

އޭސީސީން ބުނީ އަސާސެއް ނެތް ކަންކަމުގައި މީހުންގެ އަގުވައްޓާލުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް. އީޔޫގެ އެހީތެރިކަމާއެކީ އެކުލަވާލާ މި ސްޓްރެޓެޖީގެ ސަބަބުން ނުބައި ނިޔަތުގައި ހުށަހަޅާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނި.

ގަވާއިދާ ހިލާފަށް ވަދެ އުޅުނު ތިން މަސް ބޯޓު ހިފަހައްޓައިފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި. އަރިއަތޮޅުގެ ހުޅަނގުން އަތުލައިގަތް މި ބޯޓުތައް މިހާރު މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

ގޯތި ދޫކުރުމުގެ އުސޫލު ބަދަލުކޮށް ކުރިމަތިލާން ހުޅުވާލައިފި

ކ. ހުރާއިން 150 ގޯތި ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އަލުން ވަނީ ހުޅުވާލައިފި. އައު އުސޫލުގެ ދަށުން ރަށުގައި ދިރިއުޅޭ އާއިލާތަކަށާއި އުފަން ރަށްވެހިންނަށް އިސްކަންދޭ ގޮތަށް ޕޮއިންޓް ދިނުމުގެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި.

ރަސްމާލޭގެ ތަންތަން ދާއިމީކުރުމުގެ ފުރުސަތެއް ނެތް: މުއްތަލިބު

ރަސްމާލެ މަޝްރޫއަކީ އިޒްރޭލު މީހުން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، މުއްތަލިބު ވިދާޅުވީ ބިންތައް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް. އަދި، މި ޝަހަރުގައި ދިވެހިންގެ ނިސްބަތް ގިނަ ކުރަން ތަންތަން ވިއްކާއިރު ދިވެހިންނަށް އިސްކަން ދޭން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox