ސްކޫލުތައް އެއްދަންފަޅިއަށް ބަދަލު ކުރަން ބަޖެޓުގެ ތާށިކަން

އަމީނިއްޔާ ސްކޫލްގެ ދަރިވަރުންތަކެއް. -ފޮޓޯ: މިރާޝް ނާޝިމް/އަދަދު

އަމީނިއްޔާ ސްކޫލްގެ ދަރިވަރުންތަކެއް. -ފޮޓޯ: މިރާޝް ނާޝިމް/އަދަދު

ރާއްޖޭގެ ހުރިހާ ސްކޫލުތަކެއް އެއްދަންފަޅިއަށް ބަދަލުކޮށްގެން ކިޔަވައިދޭން ނުފެށިވަނީ އެކަމަށް އެކަށީގެންވާ ބަޖެޓު ނެތުމުން ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރެންދޫ ދާއިރާގެ މެމްބަރު އަބްދުލް ޣަނީ އަބްދުލްހަކީމް، އެއްދަންފަޅިއަށް ސްކޫލުތައް ބަދަލު ކުރުމާ ގުޅޭގޮތުން ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ އެއްދަންފަޅިއަށް ސްކޫލުތައް ހެދުމުގެ މަސައްކަތް ފަށައިގެން ކުރިއަށް ގޮސް، މިހާތަނަށް 157 ސްކޫލެއް އެއްދަންފަޅިއަށް ބަދަލު ކުރެވިފައިވާ ކަމަށެވެ.

މި ސަރުކާރުގެ އަމާޒަކީ ހަމައެކަނި އެއްދަންފަޅިއަށް ބަދަލު ކުރުން ނޫން ކަމަށާއި ނަމަވެސް ވަށާޖެހޭ ތައުލީމެއް ފޯރުކޮށްދިނުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ވަށާޖެހޭ ތައުލީމެއް ފޯރުކޮށްދިނުމުގެ ކޮންސެޕްޓުގެ ދަށުން 44 ސްކޫލެއް އެގޮތަށް ފަށައިގެން ކުރިއަށްދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އެއްދަންފަޅިއަށް ބަދަލު ކުރުމާ އެކީގަ ވަށާޖެހޭ ތައުލީމެއް އެ ސްކޫލުތަކުން ދިނުން އެއީ ވަރަށް މުހިންމު ކަމެއް. ހަމަ އެކަނި ސެޝަން ބަދަލުކޮށްލުމެއް ނޫން މުހިންމީ،" މިނިސްޓަރު ވިދާޅުވި އެވެ.

ވަށާޖެހޭ ތައުލީމެއްގައި ދަރިވަރުން ކިޔަވާނެ ގޮތް މިނިސްޓަރު ސާފުކޮށްދެއްވި އެވެ.

"މި ކޮންސެޕްޓުގައި އެންމެ ފުރަތަމަ ދަރިވަރުން ސްކޫލަށް ދާނީ 6 ޖަހާއިރު. ކަސްރަތުގެ ހަރަކާތަކާ އެއްކޮށް ދުވަސް ފެށޭނީ. އެއަށްފަހު ހެނދުނުގެ ނާސްތާ، ދެން ދަރިވަރުން ކިޔެވުމުގެ ކަންކަން. އަދި ކަރިކިއުލަމްގައިވާ އެކަޑަމިކް ކަންކަން ކުރިއަށް ގެންދާނެ، އެއީ އެކިއެކި އިޖުތިމާއީ ހަރަކާތްތަކާއި ހުނަރު ދަސްކުރުމާއި ކްލަބް އެކްޓިވިޓީސް އާ، މިހަކަލަ ވަގުތު ތަކެއް ސްކޫލުގައި ހޭދަ ކުރާނެ. ދުވަހުގެ މަސައްކަތް ނިންމާ ގެއަށް ދާނީ އިތުރު މަސައްކަތެއް ދެ އެ ދުވަހަކު ނޯންނާނެ. ވީކެންޑްސްގައި ސްކޫލަށް އަންނާކަށް ނުޖެހޭނެ،"

މިނިސްޓަރު ވިދާޅުވީ މި ކޮންސެޕްޓަށް ކިޔަވާ ދިނުމުގައި ގިނަ ގޮންޖެހުންތަކެއް ހުރި ކަމަށެވެ.

"ސިވިލް ސާވިސް މުވައްޒަފެއް ހޭދަކުރަން މި އިންނަނީ 6 ގަޑިރު، އެއީ ދެ ދަންފަޅި ސްކޫލެއްގައި. ނަމަވެސް އެއް ދަންފަޅި ސްކޫލަކަށް ވެއްޖާ އެ މުވައްޒަފު އެބަ ޖެހޭ 8 ގަޑިއިރު މަސައްކަތް ކުރަން. އެހެންވީމަ އިތުރަށް އެ ހޭދަވާ ވަގުތަށް އަޅުގަނޑުމެން އޯވަ ޓައިމް (އޯޓީ) ދޭން ޖެހޭ. އަޅުގަނޑުމެންގެ ނިޒާމު އޮތް ގޮތުން އެއަށް ކޭޓާ ކުރެވޭކަށް ނެތް،" މިނިސްޓަރު ވިދާޅުވި އެވެ.

މާލޭގެ ސްކޫލުތައް އެއްދަންފަޅިއަށް ބަދަލު ކުރުމުގައި ހާސިލް ކުރެވިފައި ވަނީ ކިހާ ވަރަކަށް ކަމާއި މާލެ ސަރަހައްދުގެ ހުރިހާ ސްކޫލެއް އެއްދަން ފަޅިއަށް ބަދަލު ކުރެވޭނެ މުއްދަތާ ގުޅިގެން، ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް މުއިއްޒު ކުރެއްވި ސުވާލަށް ޖަވަބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ މާލޭގައި މިހާހާތަނަށް އެއްދަންފަޅިއަށް ހިންގަމުންދަނީ ދެ ސްކޫލެއް ކަމަށެވެ.

އެއީ އިއްޒުއްދީން ސްކޫލާއި ވިލިމާލެ މުހިއްދީން ސްކޫލެވެ.

މިނިސްޓަރު ވިދާޅުވީ އިތުރު ސްކޫލުތައް އެއްދަންފަޅިއަށް ބަދަލު ކުރުމުގެ މަސައްކަތް ފެށިގެން ކުރިއަށްދާ ކަމަށާއި މި ހަފްތާ ތެރޭގައި ޖަމާލުއްދީން ސްކޫލު އެއްދަންފަޅިއަށް ހެދުމަށް ބޭނުންވާ ކްލާސްރޫމްގެ އެއްބަސްވުމުގައި ސޮއި ކުރެވޭނެ ކަމަށެވެ.

އެކަމަށް ބޭނުންވާ ބަޖެޓު ނުލިބޭކަން ތަކުރާރު ކުރައްވަމުން މިނިސްޓަރު ވިދާޅުވީ މާލޭގެ ބައެއް ސްކޫލުތައް އެއްދަންފަޅިއަށް ބަދަލު ކުރުމަށް މިނިސްޓްރީގެ ޕްލޭނެއް އޮތް ކަމަށެވެ. ސްކޫލުތަކަށް ބޭނުންވާ ޖާގަ އޮތް ނަމަވެސް އެކަމަށް ބޭނުންވާ ބަޖެޓު ނެތް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދ. މީދޫއިން ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުރަސްއަޅައިފި

ދ. މީދޫގައި ރާއްޖެ ޓީވީގެ "ހާލު ކިހިނެއް" ޕްރޮގްރާމް ޝޫޓްކުރަމުން ދަނިކޮށް، ޕީއެންސީގެ ބަޔަކާއި ރައީސްގެ އަނބިކަނބަލުންގެ އާއިލާގެ ބޭފުޅަކު ނޫސްވެރިންނަށް ހުރަސްއަޅައި ހަޅޭއްލަވައި މާރާމާރީ ހިންގައިފިއެވެ. މާރާމާރީ ހިނގާފައިވަނީ ނޫސްވެރިންނާއެކު ތިބި އެ ރަށުގެ ބައެއް ރައްޔިތުންނާ އެވެ.

ސޯސަން މަގު އެކްސިޑެންޓުގައި އަނިޔާވި މީހާ ނިޔާވެއްޖެ

މާލޭ ސޯސަން މަގުގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި އުމުރުން 26 އަހަރުގެ އަންހެން މީހާ ވަނީ ނިޔާވެފައެވެ. މި ހާދިސާއާ ގުޅިގެން 21 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ޖަހާފައެވެ.

ރަސްމާލެ ޑީލަކީ ބޭރުމީހުންނަށް ބިން ވިއްކުމުގެ ފެށުން: ޒަރިޔަންދު

އޭނާ ތުހުމަތުކުރެއްވި ގޮތުގައި މި މަޝްރޫއުގެ ސަބަބުން ޒަޔޮނިސްޓުންނަށް ރާއްޖޭގައި އާބާދުވެ، 99 އަހަރަށް ދިގު މުއްދަތަކަށް ދިރިއުޅުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.

އާސަންދަ ލިމިޓުކުރަން ހަފުތާއެއް، އެއްވެސް ތަފުސީލެއް ނުދިން

މަހަކު 60،000 ރުފިޔާއަށްވުރެ ގިނައިން އާމްދަނީ ލިބޭ މީހުންނަށް އާސަންދަ ލިމިޓުކުރުމުގެ ސިޔާސަތު ތަންފީޒުކުރަން ފަށަން ކުޑަދުވަސްކޮޅަކަށް ވެފައިވާއިރު، އެ ސިޔާސަތު ތަންފީޒުކުރަން ފަށާ ތާރިހު ހިމެނޭހެން އެއްވެސް ތަފުސީލެއް އާސަންދައިން ނުދޭ.

އީގަލް ހިލްސްގެ ފްލެޓުތައް ވެސް ހިލޭ ނޫން

އީގަލް ހިލްސްއިން ހުޅުމާލޭގައި އަޅާ 5،000 ހައުސިން ޔުނިޓަކީ ދައުލަތުގެ ބަޖެޓުން ފައިސާ ދައްކަން ނުޖެހޭ އަދި ސޮވެރިން ގެރެންޓީއެއް ދޭން ނުޖެހޭ މަޝްރޫއެއް. ނަމަވެސް، މިއީ ހިލޭ ލިބޭ ފްލެޓުތަކެއް ނޫން ކަމަށާއި، މީގެ އަގު އަދާކުރާނީ ރަސްމާލެ މަޝްރޫއުން ސަރުކާރަށް ލިބޭ އާމްދަނީގެ 10 އިންސައްތައިން ކަމަށް މުއްތަލިބު ވަނީ ހާމަކުރައްވާފަ.

ރަސްމާލެ ޑީލު ދެން އަންނަ ސަރުކާރުން ބާތިލުކުރާނެ: ޔާމީން

ރަސްމާލެ މަޝްރޫއުގެ ބޮޑު ބައެއް ޔޫއޭއީގެ ކުންފުންޏަކަށް 99 އަހަރަށް ދިނުމަކީ ދިވެހިންގެ މުސްތަގުބަލުން ކުރާ ވައްކަމެއް ކަމަށާއި، އެއީ ގާނޫނާ ހިލާފު އެއްބަސްވުމެއް ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެެ. އެމަނިކުފާނު ވިދާޅުވީ މި އެއްބަސްވުމަށް ދެން އަންނަ ސަރުކާރަކުން އިހުތިރާމް ކުރަން ނުޖެހޭނެ ކަމަށް.

ހުލާސާކޮށް އިއްޔެ: އީގަލް ހިލްސްއަށް ބިން ދެނީ ހިލޭ

ރަސްމާލޭ މަޝްރޫއު ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް 99 އަހަރަށް ހިލޭ ބިން ދޫކުރަން ނިންމާފައިވާއިރު، އިންޑިއާގެ 500 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިން މިހާރު ވަނީ އެކްޓިވްވެފައެވެ. މީގެ އިތުރުން ތިލަފުށީ ބަނދަރު ތަރައްގީކުރުމަށް އައު ކުންފުންޏެއް އުފައްދާފައިވާއިރު، ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމަށް ކުރާ ތުހުމަތުތައް އެމަނިކުފާނުގެ އާއިލާއިން ވަނީ ދޮގުކޮށްފައެވެ. ތިން މިނިސްޓްރީއެއްގައި ހިނގި އަލިފާނުގެ ހާދިސާއަކީ ކަރަންޓު ޝޯޓެއްގެ ސަބަބުން ހިނގި ކަމެއްކަން ފުލުހުންގެ ތަހުގީގަށް ވަނީ ހާމަވެފައެވެ.

Newsletter

Get the latest news delivered straight to your inbox