ފާޑުކިއުންތައް ގިނަ ވިޔަސް ސައުތުގޭޓް އިތުބާރާ އެކު

Sep 26, 2022, 3:38 PM
ފާޑުކިއުންތައް ގިނަ ވިޔަސް ސައުތުގޭޓް އިތުބާރާ އެކު

ލަންޑަން (ސެޕްޓެމްބަރު 26) - އިންގްލެންޑްގެ ގައުމީ ޓީމު އެންމެ ފަހުން ކުޅުނު ފަސް މެޗުގައި މޮޅެއް ނުލިބުނު ނަމަވެސް، ވޯލްޑް ކަޕްގައި އިންގްލެންޑްގެ ޓީމަށް އިރުޝާދު ދިނުމަށް އެންމެ އެކަށީގެންވާ ކޯޗަކީ އޭނާ ކަމަށް އިންގްލެންޑްގެ ކޯޗުކަމުގައި ހުރި ގެރެތު ސައުތުގޭޓް ބުނެފި އެވެ.

ސައުތުގޭޓްގެ ކޯޗުކަމުގެ ދަށުން އިންގްލެންޑް ވަނީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ސެމީ ފައިނަލްގައި ކުޅެފަ އެވެ. އަދި ޔޫރޯ 2020 ގެ ފައިނަލްގައި އެ ޓީމު ވަނީ ވާދަކޮށް ޕެނަލްޓީ ޖަހައިގެންވަނީ ބަލިވެފަ އެވެ.

އެކަމަކު، މި އަހަރުގެ ވޯލްޑް ކަޕަށް އެ ޓީމު ތައްޔާރުވަމުންދާއިރު، މި ފަހަކަށް އައިސް ނެރިފައިވާ ނަތީޖާތަކާ މެދު ސަޕޯޓަރުން ވަނީ ހިތްހަމަނުޖެހިފަ އެވެ. އިންގްލެންޑް އެންމެ ފަހުން ކުޅުނު މެޗުގައި އިޓަލީ އަތުން 1-0 އިން ބަލިވިއިރު، އެ ނަތީޖާއާ އެކު އިންގްލެންޑް ވަނީ ނޭޝަންސް ލީގުގެ ދެ ވަނަ ޑިވިޝަނަށް ރެލިގޭޓްވެފަ އެވެ. މި ހުރިހާ ކަމަކާ ހެދި އިނގިރޭސި ސަޕޯޓަރުންގެ ނުރުހުން ސައުތުގޭޓަށް އަމާޒުވެފައިވާއިރު، މީޑިއާގެ ޕްރެޝަރު ވެސް ބޮޑެވެ.

އެންމެ ފަހުން ކުޅުނު ފަސް މެޗުން ވެސް އިންގްލެންޑް މޮޅެއް ނުވެ އެވެ.

އެކަމަކު މީޑިއާއާ ވާހަކަދައްކަމުން ސައުތުގޭޓް ބުނީ އޭނާ ގަބޫލްކުރަނީ ވޯލްޑް ކަޕްގައި އިންގްލެންޑަށް އިރުޝާދު ދިނުމަށް އެންމެ އެކަށީގެންވާ ކޯޗަކީ އޭނާ ކަމަށެވެ.

"އެންމެ ރަނގަޅު ގޮތަކީ (އަހަރެން) ޓީމުގައި ހުރުން (ވޯލްޑް ކަޕްގައި). އިޓަލީ މެޗުގައި އަހަރަމެންގެ ކުޅުން ގޯހެއް ނޫން. މެޗުތަކަކުން ބަލިވެފައި އޮތީމަ ގޯސްކަމަށް ގަބޫލްކުރެވެނީ،" ސައުތުގޭޓް ބުންޏެވެ.

ގަތަރުގައި އޮންނަ ވޯލްޑް ކަޕްގައި އިންގްލެންޑް ކުޅޭ ފުރަތަމަ މެޗު އޮންނާނީ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހު އެވެ. އެ މެޗުގެ ކުރިން އިންގްލެންޑް ވޯލްޑް ކަޕަށް ތައްޔާރުވުމަށް ކުޅޭ ފަހު މެޗަކީ މިރޭ ޖަރުމަނާ ދެކޮޅަށް ކުޅޭ މެޗެވެ.

އެހެން އަހަރުތަކާ ހިލާފަށް މި އަހަރުގެ ވޯލްޑް ކަޕް އަހަރުގެ ފަހުކޮޅުގައި ކުޅޭތީ، ޕްރިމިއާ ލީގުގެ މެޗުތަކަށް ފަހު ވޯލްޑް ކަޕަށް ޓީމު ތައްޔާރުކުރަން ސައުތުގޭޓަށް ލިބޭނީ އަށް ދުވަހެވެ. އެހެންކަމުން، މި މުއްދަތުގައި ތައްޔާރުވާން އިތުރު މެޗެއް ކުޅެވޭކަށް ނެތެވެ.

ސައުތުގޭޓް ބުނީ ވޯލްޑް ކަޕްގެ ކުރިން އިތުރު ފްރެންޑްލީއެއް ނުކުޅެވުނަސް، މި ފަހަކަށް އައިސް ކުޅެފައިވަނީ ވަރަށް ވަރުގަދަ ޓީމުތަކާ ދެކޮޅަށް ކަމަށެވެ. އަދި އޭގެ ސަބަބުން ޓީމަށް ފައިދާކުރާނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox