މަކަރާއި ހީލަތުގެ މައްސަލައަކާ ގުޅިގެން ހަތަރު މީހަކު ހޯދަން ފުލުހުން އިއުލާނުކޮށްފި އެވެ.
އެ ހަތަރު މީހުން ހޯދަން ފުލުހުން އިއުލާން ކޮށްފައި ވަނީ އެ މައްސަލައާ ގުޅޭ ވީޑިއޯއެއް އާންމު ކުރުމަށްފަހު އެވެ.
ފުލުހުން ބުނީ އެ ވީޑިއޯއިން ފެންނަ ހަތަރު މީހުންނަކީ މަކަރާއި ހީލަތުގެ މައްސަލައަކާ ގުޅިގެން އިކޮނޮމިކް ކްރައިިމް ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަން ބޭނުންވެ، ފުލުހުން މިހާތަނަށް ކުރި މަސައްކަތުން ކާކުކަން ދެނެގަނެވިފައިނުވާ މީހުން ކަމަށެވެ.
އެ ވީޑިއޯއިން ފެންނަ މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓްގެ ނަމްބަރު 9790048 އަށް ގުޅުއްވައި ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފަ އެވެ.













