ރާނީ ފަސްދާނުލާފައި އޮތް ތަން ފުރަތަމަ ފަހަރަށް ދައްކާލައިފި

ރާނީ އެލިޒަބަތު ދެ ވަނަ ފަސްދާނުލާފައި އޮތް ތަން. -- ފޮޓޯ: ރޯޔަލް ކަލެކްޝަން ޓްރަސްޓް

ރާނީ އެލިޒަބަތު ދެ ވަނަ ފަސްދާނުލާފައި އޮތް ތަން. -- ފޮޓޯ: ރޯޔަލް ކަލެކްޝަން ޓްރަސްޓް

އިނގިރޭސިވިލާތުގެ ރާނީ އެލިޒަބަތު ދެ ވަނަ ވިންޑްސާގައި ފަސްދާނުލާފައި އޮތް ތަނުގެ ފުރަތަމަ ފޮޓޯ ބަކިންހަމް ޕެލެސްއިން އާއްމުކޮށްފި އެވެ.

ރާނީ ފަސްދާނުލީ މިދިޔަ ހޯމަ ދުވަހު ޖޯޖް ހަ ވަނަ މެމޯރިއަލް ޗޭޕަލްގަ އެވެ. އެ ތަނުގެ ތަޅުންގަނޑުގައި ކަޅު ކުލައިގެ މާބްލް ހަރުކޮށްފަައިވެ އެވެ.

އެ މާބްލް ހަރު ކުރީ ރާނީ އާއި އެކަމަނާގެ މަންމާފުޅާއި ބައްޕާފުޅު އަަދި ފިރިކަލުންގެ ހަނދާނުގަ އެވެ.

މީގެ ކުރިން އެ ތަނުގައި ހަރުކޮށްފައި ހުރީ ބައްޕާފުޅު އަދި ރަސްގެފާނު ޖޯޖް ހަ ވަނަ އާއި މަންމާފުޅު އެލިޒަބަަތުގެ ހަނދާނުގައި ކަޅު މާބްލްއެކެވެ.

އަލަށް ހަރު ކުރި މާބްލްގައި ރާނީ އެލިޒަބަތު ދެ ވަނަ އާއި ފިރިކަލުން ފިލިޕްގެ ނަންފުޅު ވެސް ހިމަނާފައިވެ އެވެ. އޭގައި ލިޔެފައި ވަނީ "ޖޯޖް ހަ ވަނަ 1895-1952، އެލިޒަބަތު 1900-2002" އަދި ދަގަނޑު ތަރިއެއްގެ ތިރީގައި "އެލިޒަބަތު ދެ ވަނަ 1926-2022 އަދި "ފިލިޕް 1921-2021" އެވެ.

އެ ފައްޅިއަކީ 1962 ވަނަ އަހަރު ރާނީ އެލިޒަބަތު ދެ ވަނަ ބައްޕާފުޅުގެ ހަނދާނުގައި ހެދި ޒިޔާރަތެކެވެ. ރާނީ ކޮއްކޯފުޅު އަމީރާ މާގަރެޓް 2002 ވަނަ އަހަރު އަަވަހާރަވުމުން، އެކަމަނާގެ ހަށިގަނޑު އަންދާލުމަށް ފަހު އަޅިތައް ވެސް ބެހެއްޓީ އެ ތަނުގަ އެވެ.

އަންނަ ބުރާސްފަތި ދުވަހުން ފެށިގެން އާއްމުންނަށް އެ ތަަނަށް ޒިޔާރަތް ކުރެވޭނެ އެވެ. އާދީއްތަ ދުވަސް ފިޔަވައި ކޮންމެ ދުވަހަކު އާއްމުންނަށް ހުޅުވާލާނެ ކަމަށް ފައްޅިން ބުނެ އެވެ. އާދީއްތަ ދުވަސް ހާއްސަކުރަނީ ހަމައެކަނި ފައްޅީގައި އަޅުކަން ކުރާ މީހުންނަށެވެ.

އެ ފައްޅި ހުންނަ ގަނޑުވަރަށް ވަންނަން އުމުރުން 18 އަހަރުން މަތީގެ މީހުން އަަތުން ނަގާނީ ހޮނިހިރު ދުވަހު 28.50 ޕައުންޑެވެ. އަަދި އެހެން ދުވަސްތަކުގައި ނަގާނީ 26.50 ޕައުންޑެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox