ޕުޓިންގެ ނިޔުކްލިއާ އިންޒާރާ މެދު ސީރިއަސް ވާން ޖެހޭ: އީޔޫ

ރަޝިއާގެ ރައީސް ލެޑިމިއަ ޕުޓިން. -- ފޮޓޯ: ޝަޓާސްޓޮކް

ރަޝިއާގެ ރައީސް ލެޑިމިއަ ޕުޓިން. -- ފޮޓޯ: ޝަޓާސްޓޮކް

ޔޫކްރެއިން ހަނގުރާމައިގައި ނިޔުކްލިއާ ހަތިޔާރު ބޭނުން ކުރަން ޖެހިދާނެ ކަމަށް ރަޝިއާގެ ރަައީސް ލެޑިމިއަ ޕުޓިން ދެއްވާ އިންޒާރުތަކާ މެދު ސީރިއަސް ވާން ޖެހޭ ކަމަަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ ހާރިޖީ ސިޔާސަތާ ބެހޭ ވެރިޔާ ވިދާޅުވެއްޖެ އެވެ.

ޖޯސެފް ބޮރެލް ބީބީސީއަށް ވިދާޅުވީ ހަނގުރާމަ މިހާރު އޮތީ ނުރައްކާތެރި ހިސާބެއްގައި ކަމަށެވެ. އޭނާ އެހެން ވިދާޅުވި އިރު، ހަނގުރާމައިގެ މައިދާނަށް ރަޝިއާ ސިފައިން ރިޒާވް ފައުޖު ނެރެން ނިންމައި، ޔޫކްރެއިން ހަތަރު ހިސާބެއް ރަޝިއާގެ ދަށަށް ގެންދިޔުމަށް ފެންނަ ނުފެންނަ ވޯޓަށް އިއުލާންކޮށްފައިވެ އެވެ.

ރަޝިއާގެ އެ ނިންމުންތައް އައީ ހަނގުރާމަައިގައި ޔޫކްރެއިނުން ކުރިއެރުންތަކެއް ހޯދައި، ބައެއް އަވަށްތަކުން ރަޝިއާގެ ސިފައިން ފައިބައިގެން ދިޔަ ފަހުންނެވެ.

"ހަމަ ޔަގީނުން ވެސް މިއީ ނުރައްކާތެރި ވަގުތުކޮޅެއް. އެއީ ރަޝިއާ ސިފައިން އެ ތިބީ މިހާރު ކަނެއްގައި ބަންދުވެފައި. ޕުޓިން ރައްދު ދެއްވީ ނިޔުކްލިއާ ހަތިޔާރުގެ އިންޒާރުން. އެހެންވީމާ ނުރައްކާ ވަރަށް ބޮޑު،" ބޮރެލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޔޫކްރެއިންގެ އިސްތިގްލާލާއި ބިމުގެ ސަރަހައްދު ކަށަވަރުވާ ޑިޕްލޮމެޓިކް ހައްލެއް ހޯދަން ޖެހޭ ކަމަށާއި އެހެން ނުވާ ނަމަ ހަނގުރާމަ ނިމުނަސް ކުރިމަގުގައި ސުލްހަ ނޯންނާނެ ކަމަށެވެ.

ފާއިތުވި ހަފްތާގައި ގައުމާ މުހާތަބު ކުރައްވައި ޕުޓިން ވިދާޅުވީ ވަރުގަދަ އެތައް ހަތިޔާރެއް ރަޝިއާގެ އަަތުގައި އެބަހުރި ކަމަށާއި އަތުގައި ހުރި އެއްޗެއް ބޭނުން ކުރަން ފަސްނުޖެހޭނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox