ރެފިއުޖީންގެ ބޯޓެއް ބަންޑުން ޖަހާލައި އެތައް ބަޔަކު މަރުވެއްޖެ

ރެފިއުޖީންގެ ބޯޓެއް ބަންޑުން ޖަހާލައި އެތައް ބަޔަކު މަރުވެއްޖެ

ސަތޭކަ އަށްވުރެ ގިނަ މީހުން ގޮވައިގެން ލުބުނާނުން ފުރައިގެން ދަތުރުކުރަމުންދިޔަ ރެފިއުޖީންގެ ބޯޓެއް ސީރިއާގެ އައްސޭރިއަށް ބަންޑުން ޖަހާލައި 60 އަށްވުރެ ގިނަ މީހުން މަރުވެ، އެތައް ބަޔަކު ކަނޑުވެއްޖެ އެވެ.

މި ހާދިސާގައި ކަނޑުވި މީހުންގެ ތެރޭން ސަލާމަތްވި 20 މީހުންނަށް ތަރްތޫސްގައި ހުންނަ ބޭސަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް ސީރިއާގެ ހެލްތު މިނިސްޓަރީއާ ހަވާލާދީ ބޭރުގެ ނޫސް އޭޖެންސީތަކުން ރިޕޯޓުކޮށްފައިވެ އެވެ. މީގެ އިތުރުން، މިހާތަނަށް މި ހާދިސާގައި މަރުވެފައިވާ 61 މީހެއްގެ ހަށިގަނޑު ފެނިފައިވާކަން ވެސް ސީރިއާގެ ހެލްތު މިނިސްޓަރީއިން ކަށަވަރު ކޮށްދީފައިވެ އެވެ.

ބޭސަލް ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންދާ މީހުންނާއި ހަވާލާދީ ސީރިއާގެ ޓުރާންސްޕޯޓު މިނިސްޓަރީން ބުނީ ލުބުނާނުން މިބޯޓު މިދިޔަ އަންގާރަ ދުވަހު ފުރީ 120 އާއި 150ހާއި ދެމެދުގެ އަދަދަކަށް މީހުން ގޮވައިގެން ކަމަށެވެ.

ބޯޓު ބަންޑުން ޖަހާލިއިރު މިބޯޓުގައި މެދުއިރުމަތީގެ އެކި ގައުމުތަކަށް ނިސްބަތްވާ މީހުން ތިބި ކަމަށް ސީރިއާގެ ސްޓޭޓު މީޑިޔާއިން ރިޕޯޓުކޮށްފައިވެ އެވެ.

ގަދަ ވަޔާއި އެކު ކަނޑު ގަދަވުމުގެ ސަބަބުން މީހުން ހޯދުމުގެ މަސައްކަތުގައި ދަތިތަކެއް ހުރި ނަމަވެސް ސީރިއާގެ ކޯސްޓުގާޑުން ދަނީ ހުއްޓުމެއްނެތި އަދިވެސް މީހުން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

2019 ވަނަ އަހަރުގެ ފަހުކޮޅުން ފެށިގެން އިގްތިސޯދީ ހީނަރުކަމެއް ކުރިމަރިވެފައިވާ ލުބުނާނަކީ ހަ މިލިއަން މީހުންގެ އާބާދީއެއް އޮންނަ ކުޑަ ގައުމެކެވެ. އެ ގައުމުގެ ރައްޔިތުންގެ އިތުރުން ސީރިއާއިން އެ ގައުމަށް ހިޖުރަކޮށްފައިވާ އެއް މިލިއަނަށްވުރެ ގިނަ މީހުން އެ ގައުމުގައި ދިރިއުޅެ އެވެ. އެ ގައުމަށް ކުރިމަތިވެފައިވާ އިގްތިސޯދީ ހީނަރުކަމުގެ ސަބަބުން އެތައް ހާސް ބަޔަކުދަނީ އެ ގައުމު ދޫކޮަށް އެހެން ގައުމުތަކަށް ހިޖުރަކުރުމަށް މަސައްކަތް ކުރަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox