ގައުމީ ޓީމު ޒުވާން ކުރަން ކުރާ މަސައްކަތަށް ބްރުނާއީ މެޗު މުހިންމު: މޮރިއޭރޯ

Sep 21, 2022, 2:34 AM
ބަންގްލަދޭޝާ ދެކޮޅަށް މިދިޔަ މާޗް މަހު މާލޭގައި ކުޅުނު އެކުވެރިކަމުގެ މެޗުގެ ތެރެއިން މޮރިއޭރޯ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ބަންގްލަދޭޝާ ދެކޮޅަށް މިދިޔަ މާޗް މަހު މާލޭގައި ކުޅުނު އެކުވެރިކަމުގެ މެޗުގެ ތެރެއިން މޮރިއޭރޯ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ޒުވާން ކުޅުންތެރިންގެ ދައުރު ދިވެހި ގައުމީ ފުޓްބޯޅަ ޓީމުގައި ފުޅާކުރަން ބަލާއިރު، ކުރިއަށް އޮތް ބްރުނާއީ ދާރުއްސަލާމް މެޗާއި ލާއޯސް މެޗު މުހިންމު ކަމަށް ގައުމީ ޓީމުގެ ކޯޗު، އިޓަލީގެ ފްރެންޗެސްކޯ މޮރިއޭރޯ ބުނެފި އެވެ.

މި މަހު ގައުމީ ޓީމުން ވަނީ ބްރުނާއީ އާއި ލާއޯސްއާ ދެކޮޅަށް މެޗުތަކެއް ކުޅެން ނިންމައިފަ އެވެ. އެ ގޮތުން މިއަދު ބްރުނާއީއާ ދެކޮޅަށް ކުޅުމަށް ފަހު، ތިން ދުވަސް ފަހުން، ލާއޯސްއާ ދެކޮޅަށް ކުޅޭ މެޗު އޮންނާނެ އެވެ.

ބްރުނާއީއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޮރިއޭރޯ ބުނީ މިދިޔަ ދެ ދުވަހު ގައުމީ ޓީމަށް ޕްރެކްޓިސް ކުރިއަށް ނުގެންދެވުނީ ބްރުނާއީ އަށް ދިއުމަށް ދަތުރު ފަށައިގެން އުޅެން ޖެހުމުން ކަމަށެވެ. ދެން ހުރި ކަންކަމަށް ބަލާއިރު، މެޗާ މެދު އުންމީދުތަކެއް އެބައޮތް ކަމަށް މޮރިއޭރޯ ވަނީ ބުނެފަ އެވެ.

"ބްރުނާއީ މެޗުގެ ވީޑިއޯ ފޫޓޭޖްތަކެއް އަހަރެމެން ބަލައިފިން. ބްރުނާއީ އަކީ ރަނގަޅު ޓީމެއް. އަހަރެމެން ވަރަށް ރަނގަޅަށް ތައްޔާރުވެގެން ކުޅެން ޖެހޭނެ މެޗެއް މިއީ،" މޮރިއޭރޯ ބުންޏެވެ.

"އަހަރެމެން މި އަންނަނީ ޓީމަށް (ރާއްޖޭގެ ގައުމީ ޓީމަށް) ބަދަލުތަކެއް ގެންނަމުން. އަހަރެމެން ވަރަށް ގިނަ ޒުވާން ކުޅުންތެރިންތަކެއް މި ފަހަރު ޓީމާ އެކު ގެނައީ މެޗުގައި ވެސް އެ މީހުން ބޭނުންކުރަން. މިއީ ފަސޭހަ މެޗަކަށް ނުވިޔަސް އެ މީހުން ބޭނުންކުރާނީ ކުޅޭގޮތް ބަލަން،"

ގައުމީ ސްކޮޑުގައި މި ފަހަރު ނިސްބަތުން ޒުވާން ކުޅުންތެރިން ގިނަ އެވެ. އެ ގޮތުން މުޅިން އަލަށް ފައިނަލް ސްކޮޑުގައި ހިމެނުނު، ޑިފެންޑަރު، އަހުނަފް ރަޝީދު (އަހުއްކޮ) އާއި ފޯވާޑް، އަހުމަދު ބައްސާމް މުހައްމަދު ނައީމް (ބައްކު) އަދި މިޑްފީލްޑަރު، ނިޝާމް މުހައްމަދު ރަޝީދު (ޕޮގްބާ) އަކީ 23 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކުޅުންތެރިންނެވެ.

ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެމުން ގައުމީ ކެޕްޓަން، އަކުރަމް އަބްދުލް ގަނީ (އަކޫ) ބުނީ ގަވާއިދުން ޓީމުގައި ހިމެނޭ ކުޅުންތެރިއަކު އަނިޔާގެ ސަބަބުން މި ފަހަރު ޓީމުގައި ނެތް ކަމަށެވެ. އެކަމަކު، މި ވަގުުތު ޓީމުގައި އޮތް ސްކޮޑަށް އިތުބާރު އެބައޮތް ކަމަށާއި ފުރުސަތު ދީފައި ހުރި ޒުވާން ކުޅުންތެރިންނަށް ވެސް ރަނގަޅު ކުޅުމެއް ދެއްކޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށެވެ.

ރާއްޖޭން ވަނީ 2003 ވަނަ އަހަރު އޭޝިއަން ކަޕްގެ ކޮލިފައިން މެޗެއްގައި މާލޭގައި ބްރުނާއީއާ ކުޅެފަ އެވެ. އެ މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. ފީފާ ރޭންކިންގެ 190 ވަނައިގައި އޮތް ބްރުނާއީ އިން މި މެޗަށް ނުކުންނާނީ އެ ޓީމާ ދާދި ފަހުން ހަވާލުވި ކޯޗު ސްޕެއިންގެ މާރިއޯ ރިވޭރާ ކެމްޕަސީނޯގެ އިރުޝާދުގެ ދަށުންނެވެ. ރިވޭރާ ވަނީ މީގެ ހަތަރު އަހަރު ކުރިން ބްރުނާއީގެ 23 އަހަރުން ދަށުގެ ޓީމަށް ކޯޗުކޮށްދީފަ އެވެ.

ރިވޭރާ ބުނީ ރާއްޖެ އަކީ ޓެކްނިކަލީ ރަނގަޅު ފުޓްބޯޅައެއް ކުޅޭ ޓީމެއް ކަމަށާއި ބްރުނާއީ ކުރިއަށް ދިއުމަށް ބަލާއިރު، ރާއްޖެ އަތުން މޮޅުވާން ޖެހޭ ކަމަށެވެ. އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ރޭންކިން އިން ކުރީގައި އޮތް ޓީމެއް އަތުން މޮޅެއް ހޯދުމަކީ ބްރުނާއީ ފުޓްބޯޅަ އަށް ރަނގަޅު މިސްރާބެއް ހޯދޭނެ ކަމެއްގެ ގޮތުގައި ރިވޭރާ ވަނީ ބުނެފަ އެވެ.

ކޮވިޑް-19ގެ ސަބަބުން މިދިޔަ ދެ އަހަރެއްހާ ދުވަހު ބްރުނާއީގައި ފުޓްބޯޅައިގެ ހަރަކާތްތައް މަދުވެފައި އޮތުމަކީ އެ ގައުމުގެ ފުޓްބޯޅަ އަށް "ހުއްޓުމެއް" އައިސްފައިވާ ކަމެއްގެ ގޮތުގައި ފާހަގަކޮށް، ރިވޭރާ ބުނީ ރާއްޖެ އަތުން މޮޅެއް ހޯދޭނެ ފެންވަރު އެ ޓީމުގެ އެބަހުރި ކަމަށެވެ.

ރާއްޖެ އާއި ބްރުނާއީ މެޗު ފަށާނީ ރާއްޖެ ގަޑިން މިއަދު މެންދުރު ފަހު 1 ޖަހާއިރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox