އަލީ ރަމީޒުގެ ވަރުގަދަ އިންޒާރެއް، ބޭނުމަކީ ލަވަތައް ފެތުރުން ހުއްޓުވުން!

Sep 20, 2022, 2:34 AM
ބޮޑު މަޝްހޫރުކަމެއް ލިބުނު ފަހުން ލަވަކިއުން ހުއްޓާލާފައިވާ އަލީ ރަމީޒު. އޭނާގެ އުފެއްދުމެއް އެހެން ބަޔަކު ބޭނުންކުރާތީ ދައުވާކުރާނެ ކަމުގެ އިންޒާރެއް މިއަދު ދިން. - ފޮޓޯ: ސަން އޮންލައިން

ބޮޑު މަޝްހޫރުކަމެއް ލިބުނު ފަހުން ލަވަކިއުން ހުއްޓާލާފައިވާ އަލީ ރަމީޒު. އޭނާގެ އުފެއްދުމެއް އެހެން ބަޔަކު ބޭނުންކުރާތީ ދައުވާކުރާނެ ކަމުގެ އިންޒާރެއް މިއަދު ދިން. - ފޮޓޯ: ސަން އޮންލައިން

އަމިއްލަ ރާގަކަށް އަމިއްލައަށް ހަދާފައިވާ މިއުޒިކަކާ އެކު ކިޔާފައިވާ ލަވައެއް، އެހެން ބަޔަކު ބޭނުން ކުރަން ފަށައިފިއްޔާ އާޓިސްޓަކަށް އެއީ ވަރަށް ބޮޑު މައްސަލައަކަށް ވާނެ އެވެ. ބައެއް ގައުމުތަކުގައި އެއީ ކޯޓަށް ގޮސް ބަދަލުގެ ގޮތުގައި ގިނަ އަދަދެއްގެ ފައިސާ ހޯދާނެ ކަމެކެވެ.

ލަވަކިއުމުގެ ދާއިރާއިން ރާއްޖޭގައި މިހާތަނަށް އެންމެ ބޮޑު މަގުބޫލުކަމެއް ހޯދި އަލީ ރަމީޒު އެފަދަ ބަދަލެއް ހޯދަން ނުވަތަ ލަވައެއްގެ ކޮޕީ ރައިޓްސްގެ މައްސަލައިގައި ކޯޓަށް ގޮސްދާނެ ކަމަށް ގިނަ މީހުން މިހާރު ހިއެއް ނުކުރާނެ އެވެ. މިއުޒިކު ކުޅުމާއި އަޑުއެހުމަކީ ހަރާމް ކަމެއް ކަމަށް ގަބޫލުކޮށް، މިއުޒިކީ މަސައްކަތްތައް އޭނާ ހުއްޓައިލިތާ މިހާރު އެތައް އަހަރެއް ވެފައިވާތީ އެވެ.

ލަވަކިޔުމާއި މިއުޒިކާ އަލީ ރަމީޒު ދުރުވިޔަސް، މިހާރު ވެސް އެންމެ ހިނގަނީ އޭނާގެ ލަވަތަކެވެ. މުނިފޫހިފިލުވުމުގެ ދާއިރާގެ ބައެއް ފަރާތްތަކުން އެކި އެކި ގޮތްގޮތަށް އަލީގެ ލަވަތައް ބޭނުންކުރަނީ އެހެންވެ ކަމަށް ވެދާނެ އެވެ.

މީހުން ހީކުރަނީ އޭނާ މިހާރު ދެން އެ ލަވަތަކުގެ ކަންތަކުގައި ނޫޅޭނޭ. ނޫން، އެ ލަވަތައް ފެތުރުން ހުއްޓުވަން މަސައްކަތް ކުރުމަކީ އޭނާގެ ޒިންމާއެއް. އޭނާ އެ މަސައްކަތް ކުރާނެ. އޭނާ ނުކުރަންޏާ ދެން ކާކުތޯ އެ މަސައްކަތް ކުރާނީ،" މައުލޫމާތު އެނގޭ މީހަކު ބުންޏެވެ.

އަލީ ރަމީޒު ކަންބޮޑުވެ، މައްސަލަ ކޯޓަށް ހުށަހަޅާނެ ކަމުގެ އިންޒާރު ދިނީ ނުވަ ދިހައިގެ އަހަރުތަކުގައި މަޝްހޫރުވި، އަދި މިއަދާ ހަމައަށް ވެސް އެ ލަވައެއްގެ މަގުބޫލުކަން ނުވެއްޓޭ މި ލަވައިގެ ރިމޭކްއެއް ހެދުމުންނެވެ.

ލޮލަކަށް ނިންޖެއް ނާދޭ، މިހިތަށް ވާވަރު ނޭނގޭ

ހީވޭ ހިތްބުނާހެން ލަސްލަހުން، މޫނެއް ތިޔަ ނޫން ފެންނާކަށް ނޭދެމޭ

ޑާކްރެއިން އެންޓަޓެއިންމަންޓްގެ ފިލްމު "ހިނދުކޮޅެއް"ގައި މި ލަވަ ހިމަނައި އޭގެ ވީޑިއޯ، އާންމުކުރީ އެ ފިލްމުގެ ބަތަލާ އައިމިނަތު ރަޝްފާ (އާޝާ) ގެ އުފަން ދުވަހާ ގުޅުވައިގެން އާދީއްތަ ދުވަހު އެވެ.

އެ ލަވައިގެ ރިމޭކްއެއް ހަދައި ދޫކޮށްލިކަން އަލީ ރަމީޒުއަށް އެނގުމުން، އޭނާގެ ހިތަކަށް ކެތެއް ނުވި އެވެ. ސޯޝަލް މީޑިއާގައި އޭނާ ޖެހި ޕޯސްޓެއްގައި ބުނީ އޭނާގެ އުފެއްދުންތައް ހުއްދަ ނެތި ބޭނުންކުރާ ނަމަ އެ ބަޔަކާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ.

"...މިފަދައިން އަޅުގަނޑުގެ ޕްރޮޑަކްޝަންތައް ބޭނުންކުރާ ފަރާތްތަކާ މެދު ޝަރުއީ އަދި ގާނޫނީ ފިޔަވަޅު އަޅަން އަޅުގަނޑު ފަސްނުޖެހޭނެ ވާހަކަ ދަންނަވަން،" ފޭސްބުކްގައިި ޖެހި ޕޯސްޓެއްގައި އަލީ ބުންޏެވެ.

އެއާ އެކު ޑާކްރެއިންގެ އިސް ފަރާތްތަކުން ވަނީ އަލީގެ ކިބައިން މާފަށް އެދި، އެ ލަވަ ބޭނުންކުރުން ހުއްޓައިލާފަ އެވެ.">

އެމީހުން ތަކުރާރުކޮށް މާފަށް އެދުނު. ދެން އެފަދަ ކަމެއް ނުކުރާނެ ކަމަށް ވެސް ބުނި،" މައުލޫމާތު އެނގޭ މީހަކު މިނޫހަށް ބުންޏެވެ.

އެކަމަކު އެ އަލީގެ އެ އިންޒާރާ އެކު ބައެއް މީހުން އޭނާއަށް ފާޑުކިޔަން ފެށި އެވެ. އައްޔަގެ ޕޯސްޓަށް ކުރި ކޮމެންޓްތަކުގައި އެފަދަ ބައެއް މީހުން ބުނި ގޮތުގައި އަލީ ލަވަކިއުން ހުއްޓައިލީ ހަރާމް ކަމެއް ކަމަށް ގަބޫލުކޮށްގެން ކަމަށް ވާއިރު، އޭނާގެ ލަވަތައް ކޮންމެ ބަޔަކު ކޮންމެ ގޮތަކަށް ބޭނުންކުރިޔަސް، އޭނާ މިހާރު އެކަމާ އަޅައިލާކަށް ނުޖެހެ އެވެ.

އަލީ ރަމީޒު ގަބޫލުކުރަނީ ލަވަ ކިޔުމަކީ އިސްލާމް ދީނުގައި ހަރާމް ކަމެއްގެ ގޮތުގަ އެވެ. ނަމަވެސް ބައެއް އިލްމުވެރިންގެ ރަޢުޔުގައި ލަވަކިޔުމާއި މިއުޒިކް އަޑުއެހުމަކީ ހަރާމްކަމެކޭ ނުބުނެވޭނެ އެވެ.

އަލީގެ ގަބޫލުކުން ވަކި ގޮތަކަށް ހުރުމާއެކު މިއުޒިކާ އެކު އޭނާ ކިޔާފައިވާ ލަވަތައް ފެތުރުން ހުއްޓުވުމަކީ އޭނާގެ ހައްގެއް ކަމަށް ދެކެ އެވެ.

"ބަދަލެއް ހޯދުމެއް ނޫން ބޭނުމަކީ. އެ ލަވަތައް އިތުރަށް ފަތުރައި ދިރުވުން ހުއްޓުވުން ބޭނުމަކީ،" އައްޔަގެ އިންޒާރުގެ މަގުސަދާ ބެހޭ ގޮތުން މައުލޫމާތު ދިން މީހާ ބުންޏެވެ.

ލަވަތަކުގެ އިތުރުން މިއުޒިކީ ހަޔާތުގެ ފޮޓޯތަކާއި ވީޑިއޯތައް ނުފަތުރަން އެދި އަލީ ވަނީ 2020 ވަނަ އަހަރު އެދިފަ އެވެ.

އިއްޔެ އަލުން އާއްމުކުރި އެ ލިއުމުގައި އަލީ ބުނެފައިވާ ގޮތުގައި އޭނާގެ ލަވަތަކާއި ވީޑިއޯތައް އެގޮތަށް ފެތުރުމަކީ އޭނާއަށް ކުރެވޭ އުނދަގުލެކެވެ. އެއީ ދެވޭ އަނިޔާއެއް ކަަމަށް ވެސް ބުންޏެވެ.

ޑާކްރެއިންގެ ރިމޭކް އާ އެކު އަލީ ދިން އިންޒާރަކީ މުނިފޫހިފިލުވުމުގެ ދާއިރާގެ އެންމެނަށް ދިން އިންޒާރެކެވެ.

ލަވަތައް ފެތުރުން ހުއްޓުވުމުގައި އަލީ އަންނަނީ ކޮންމެވެސް ވަރެއްގެ ކާމިޔާބީތަކެއް ހޯދަމުންނެވެ. އޭނާގެ ގިނަ ވީޑިއޯލަވަތައް، ޔޫޓިއުބް އިން ވެސް މިހާރު ވަނީ ނަގައިފަ އެވެ. އެނގިފައިވާ ގޮތުގައި އަލީގެ ލަވައެއް ޔޫޓިއުބަށް ލީކަން އެނގޭ އިރަށް އޭނާ އެ ލަވަޔަކަށް ކްލެއިމް ކުރެ އެވެ. އޭނާ އަކީ ވެރިފައިޑް ޔޫޒާއަކަށް ވާތީ މައްސަލަ ހުށަހަޅާތާ ވިއްސަކަށް މިނެޓް ތެރޭގައި ޔޫޓިއުބް އިން އެ އުފެއްދުމެއް ނަގަ އެެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

"ގައުމީ ރުކުނަކަށް އުނިކަން އަންނަ އެއްވެސް ކަމެއް ނުކުރާނަން"

ރާއްޖޭގެ އިސްލާމްވަންތަކަމާއި، މިނިވަންކަމާއި، އަމިއްލަވަންތަކަން ފަދަ ގައުމީ އެއްވެސް ރުކުނަކަށް އުނިކަން އަންނާނެ ފަދަ ކަމެއް ނުކުރައްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން މުއިއްޒު ދެއްވި. އެމަނިކުފާނު ވިދާޅުވީ ސަރުކާރުން ނިންމަވާ ކޮންމެ ނިންމެވުމެއް ނިންމަވާނީ ގައުމީ ބަހާތަކަށް ރައްކާތެރިކަން ދީގެން ކަމަށް.

"ރަސްމާލެ ޔަހޫދީންނަށް ދޭން މުއިއްޒަށް އެއްވެސް ހައްގެއް ނެތް"

ރަސްމާލެ މަޝްރޫއު ޔަހޫދީންނާ ގުޅުންހުރި ފަރާތްތަކަށް ދިނުމަށް ރައީސް މުއިއްޒު ނިންމެވި ނިންމެވުމަކީ ރައްޔިތުންގެ ބަހެއް ނެތި ނިންމޭނެ ކަމެއް ނޫން ކަމަށް އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެ. މި މަޝްރޫއު ހުއްޓުވުމަށް ނޮވެމްބަރު 6 ގައި ބާއްވާ އެއްވުމަށް ހުރަސްނޭޅުމަށް އޭނާ ވަނީ ސަލާމަތީ ބާރުތަކަށް ގޮވާލައްވާފަ.

ސައީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މާދަމާއަށް އެޖެންޑާކޮށްފި

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މަސްއޫލިއްޔަތު އަދާނުކުރައްވާ ކަމަށް ބުނެ އެމްޑީޕީން ހުށަހެޅި އިތުބާރު ނެތްކަމުގެ މައްސަލަ މާދަމާގެ މަޖިލީހަށް ވަނީ އެޖެންޑާކޮށްފައި. މި މައްސަލަ ހުށަހެޅީ ޑޮލަރުގެ ރޭޓު ދަށްކުރުމަށް ވީ ވައުދާ ހިލާފުވުމާއި، ޑިވެލޮޕްމަންޓް ބޭންކުގެ މަސައްކަތް ނުފެށި ދައުލަތުގެ ފައިސާ އިސްރާފުވާ ކަމަށް ބުނޭ.

"ގައުމުގެ ސިޔާދަތަށް އުނިކަން އަންނަ ހިއްސާތަކަށް ޖާގަ ނުދީ"

ގައުމުގެ މިނިވަންކަމާއި ސިޔާދަތަށް އުނިކަން އަތުވެދާނެ އެއްވެސް އިންވެސްޓްމަންޓަކަށް ޖާގަ ނުދިނުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ސަރުކާރަށް ގޮވާލައްވައިފި. މިގޮތުން ރަސްމާލެ މަޝްރޫއު ފަދަ ކަންކަމުގައި ދެފުށް ފެންނަ އުސޫލަކުން މައުލޫމާތު ހާމަކުރުމަށާއި، އިގްތިސާދީ މަންފާއަށްވުރެ ގައުމުގެ މިނިވަންކަން އިސްކުރުމަށް ފައިސަލް ބާރުއެޅުއްވި.

ޖިންސީގޯނާގެ މައްސަލައެއްގައި ކުރީގެ ކައުންސިލަރު ހައްޔަރުކޮށްފި

ޖިންސީ ގޯނާގެ ތުހުމަތުގައި މާފަންނު ދެކުނު ދާއިރާގެ ކުރީގެ ކައުންސިލަރު މުހައްމަދު އައިމަން އިސްމާއިލް ފުލުހުން މިއަދު ވަނީ ހައްޔަރުކޮށްފައި. އޭނާ ހައްޔަރުކޮށްފައިވަނީ މި މައްސަލައިގެ ތަހުގީގު ލަސްވާތީ އޭނާގެ ކުރީގެ އަނބިމީހާ ކަންބޮޑުވުން ފާޅުކޮށްފައިވަނިކޮށް ކަމަށާއި، މިހާރު މައްސަލައިގެ ބޮޑުބައެއް ތަހުގީގުކޮށް ނިމިފައިވާ ކަމަށް ފުލުހުން ބުނޭ.

ސަރުކާރުން މޯލްޑިވްސް ޓާޝަރީ ހޮސްޕިޓަލްސް ގްރޫޕް އުފައްދައިފި

ސަރުކާރުގެ ހުރިހާ ޓާޝަރީ ހޮސްޕިޓަލްތަކެއް އެއް ފުރާޅެއްގެ ދަށުން ހިންގުމަށް "މޯލްޑިވްސް ޓާޝަރީ ހޮސްޕިޓަލްސް ގްރޫޕް" (އެމްޓީއެޗްޖީ) އުފައްދައިފި. މި ބަދަލާއެކު ކުރިން ހޮސްޕިޓަލްތަކުގައި އޮތް ވަކިވަކި ބޯޑުތައް އުވާލައި، 10 ހޮސްޕިޓަލާއި ތެލެސީމިއާ ސެންޓަރު ހިންގާނީ މި ބޯޑުން.

ރިވެލި ބީޗު އަތުލުން މަޑުޖައްސާލަން ކޯޓުން އަމުރުކޮށްފި

ހުޅުމާލޭ ރިވެލި ބީޗް ރެސްޓޯރަންޓް ހިންގުން ހުއްޓުވޭނެ ފަދަ އެއްވެސް އަމަލެއް ނުކުރުމަށް ސިވިލް ކޯޓުން އެޗްޑީސީގެ މައްޗަށް ވަގުތީ އަމުރެއް ނެރެފައި. ނަމަވެސް، ކުލި ނުދައްކާ އޮތް މައްސަލައިގައި އެޗްޑީސީން ވަނީ އެ ރެސްޓޯރަންޓާއެކު ވެފައިވާ އެއްބަސްވުން ބާތިލުކޮށް، އެ ބިން ނަގަން ނިންމާފައިވާކަން އިއްޔެ އިއުލާންކޮށްފައި.

Newsletter

Get the latest news delivered straight to your inbox