އިނގިރޭސި ރާނީ އެލިޒަބަތުގެ ޖަނާޒާ ބާއްވައިފި

ވެސްޓްމިންސްޓާ އަބީގައި ރާނީ އެލިޒަބަަތު ދެ ވަނައިގެ ޖަނާޒާ ކުރިއަށް ދަނީ. -- ފޮޓޯ: ޕީއޭ މީޑިއާ

ވެސްޓްމިންސްޓާ އަބީގައި ރާނީ އެލިޒަބަަތު ދެ ވަނައިގެ ޖަނާޒާ ކުރިއަށް ދަނީ. -- ފޮޓޯ: ޕީއޭ މީޑިއާ

އިނގިރޭސި ތަހުތުގައި 70 އަހަރު ހޭދަކުރެއްވި ރާނީ އެލިޒަބަތު ދެ ވަނައިގެ ރަސްމީ ޖަނާޒާ ހޯމަ ދުވަަހު ބާއްވައިފި އެވެ.

ޖަނާޒާ އޮތީ ހޯމަ ދުވަހުގެ ހެނދުނު 11:00 ޖެހި އިރު (ރާއްޖޭގެ ގަޑިން މެންދުރު ފަހު 03:00) ލަންޑަންގެ ތާރީހީ ފައްޅި ވެސްޓްމިންސްޓާ އަބޭގަ އެވެ.

އެ ތަނަކީ ހުރިހާ އިނގިރޭސި ރާނީންނާއި ރަސްކަލުންގެ ތާޖުކޮޅު ތުރުކުރެއްވުމުގެ ރަސްމީ ހަފުލާ ޒަމާނުއްސުރެ ބާއްވާ ފައްޅި އެވެ.

މިދިޔަ ބުދަ ދުވަހުން ފެށިގެން ވެސްޓްމިންސްޓާ ހޯލްގައި އާއްމުންނަށް ރާނީގެ ސަންދޯއް ދައްކާލުމަށް ފަހު، އެ ފުރުސަތު ބަންދު ކުރީ ހޯމަ ދުވަހުގެ ހެނދުނު 06:30 ގަ އެވެ.

އޭގެ ފަހުން ވެސްޓްމިންސްޓާ އަބޭގެ ދޮރުތައް މެހެމާނުންނަށް ހުޅުވާލުމާ އެކު، ބަސްތަކުގައި އެ ފަރާތްތައް ފައްޅިއަށް ދަތުރު ކުރި އެވެ.

ރާނީގެ ޖަނާޒާއަށް ނެރުނު އުސޫލުގައި ބުނީ ޕާކިން އަދި ސެކިއުރިޓީ ސަަބަބުތަކާ ހެދި ޕްރައިވެޓް ކާރުގައި ދަތުރު ނުކުރުމަށް އެދޭ ކަމަށެވެ.

އުރުދުންގެ ރަސްގެފާނާއި ރާނީގެ އުތުރުން ޖަޕާނުގެ އެމްޕެރާ ވެސް އިއްޒަތްތެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ.
އުރުދުންގެ ރަސްގެފާނާއި ރާނީގެ އުތުރުން ޖަޕާނުގެ އެމްޕެރާ ވެސް އިއްޒަތްތެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ.

އުރުދުންގެ ރަސްގެފާނާއި ރާނީގެ އުތުރުން ޖަޕާނުގެ އެމްޕެރާ ވެސް އިއްޒަތްތެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ.

އެހެންވެ، ޖަނާޒާއަށް ދަައުވަތު ލިބުނު 2000 މެހެމާނުންގެ ތެރޭގައި ހިމެނޭ ގައުމުތަކުގެ ވެރިންނާއި އިއްޒަތްތެރިން ވެސް ވަޑައިގެންނެވީ ބަހުގައި ކަމަށްވެ އެވެ.

ވެސްޓްމިންސްޓާ ހޯލުން ވެސްޓްމިންސްޓާ އަބީ ފައްޅިއަށް ރާނީގެ ސަންދޯއް ގެންދިޔައީ ސިފައިންނާއި، ރަސްގެފާނު ޗާލްސް ތިން ވަނަ އަދި ޝާހީ އާއިލާގެ އެހެން ބޭފުޅުން ހިމެނޭ ހާއްސަ ހިނގާލުމަކާ އެކު އެވެ.

ޖަނާޒާ ކުރިއަށް ގެންދިޔަ ފައްޅިއަކީ 1947 ގައި އެކަމަނާ އާއި އަމީރު ފިލިޕްގެ ކައިވެނިފުޅު އޮތް ފައްޅި އެވެ. އޭގެ އިތުރުން ރާނީ ތަހުތަށް ވަޑައިގެން ތާޖު ތުރުކުރެއްވީ 1953 ގައި އެ ފައްޅީގަ އެވެ.

ޖަނާޒާ ނިންމާލުމުގެ ގޮތުން ދެ މިނެޓުގެ ހަމަހިމޭންކަމުގެ ސުކޫތެއް މުޅި އިނގިރޭސިވިލާތުގައި ފާހަގަކޮށް، ފައްޅީގައި ގައުމީ ސަލާން ޖެހި އެވެ.

ރާނީގެ ސަަންދޯއް ވިންޑްސާ ކާސްލްއަށް ގެންގޮސް، މިރޭ އެ ތަނުގައި އޮންނަ ޕްރައިވެޓް ޖަނާޒާއަަކަށް ފަހު ވަޅުލާާނީ ސެއިންޓް ޖޯޖަޒް ޗޭޕަަލް ތެރޭގައި ހުންނަ ކިންގް ޖޯޖް ހަ ވަނަ މެމޯރިއަލް ޗޭޕަލްގަ އެވެ.

އެއީ ރާނީގެ މަންމާާފުޅާއި ބައްޕާފުޅުގެ ސަންދޯއް ކައިރީގަ އެވެ. އޭގެ އިތުރުން މިދިޔަ އަހަރު އަވަހާރަވި ރާނީގެ ފިރިކަލުން ފިލިޕްގެ ސަންދޯއް ވެސް ރޯޔަލް ވޯލްޓުން ނަގައި، ރާނީއާ އެކު ފަސްދާނުލާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox