ގައުމުތަކުގެ ވެރިންނާއި އިއްޒަތްތެރިން ބަހުގައި ރާނީގެ ޖަނާޒާއަށް

ރާނީގެ ޖަނާޒާއަށް ދިޔުމަށް ހާއްސަ ބަސްތަކެއް ބޭރުގެ ވެރިންނަށް ހަމަޖައްސާފައިވޭ.

ރާނީގެ ޖަނާޒާއަށް ދިޔުމަށް ހާއްސަ ބަސްތަކެއް ބޭރުގެ ވެރިންނަށް ހަމަޖައްސާފައިވޭ.

އިނގިރޭސިވިލާތުގެ ރާނީ އެލިޒަަބަތުގެ ޖަނާޒާގައި ބައިވެރިވެވަޑައިގެންނެވުމަަށް ބޭރު ގައުމުތަކުގެ ވެރިންނާއި އިއްޒަތްތެރިން ބަހުގައި ވެސްޓްމިންސްޓާ އަބޭއަށް ދަތުރު ކުރައްވައިފި އެވެ.

ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައި ވަނީ އިނގިރޭސިވިލާތުގެ ގަޑިން ހެނދުނު 11:00 (ރާއްޖެ ގަޑިން މެންދުރު ފަހު 03:00) ޖަހާ އިރު އެވެ.

ޖަނާޒާ އޮންނަނީ ލަންޑަންގެ ތާރީހީ ފައްޅި ވެސްޓްމިންސްޓާ އަބޭގަ އެވެ. އެ ތަނަކީ ހުރިހާ އިނގިރޭސި ރާނީންނާއި ރަސްކަލުންގެ ތާޖުކޮޅު ތުރުކުރެއްވުމުގެ ރަސްމީ ހަފުލާ ޒަމާނުއްސުރެ ބާއްވާ ފައްޅި އެވެ.

Advertisement

ހޯމަ ދުވަހުގެ ހެނދުނު ވެސްޓްމިންސްޓާ އަބޭގެ ދޮރުތައް ހުޅުވާާލުމާ އެކު، މެހެމާނުން ވަނީ އެ ތަނަށް ދަތުރު ކުރަން ފަަށައިފި އެވެ. ދެހާސް މެހެމާނުންނަށް ދައުވަތު ފޮނުވާފައިވާ އިރު، އޭގެ ތެރޭގައި 500 ވެރިންނާއި ބޭރުގެ އިއްޒަތްތެރިން ހިމެނެ އެވެ.

ޖަނާޒާއަށް ނެރުނު އުސޫލުގައިވާ ގޮތުން ޕްރައިވެޓް ކާރުގެ ބަދަލުގައި ހުރިހާ ވެރިން ވެސް ދަތުރު ކުރައްވަން ޖެހޭނީ ހާއްސަ ބަސްތަަކެއްގަަ އެވެ.

ބަސްތައް ހުރި ސަރަހައްދަށް ކާރުކޮޅުގައި ވަޑައިގެން، އެއަށްފަހު ބަހުގައި ވެސްޓްމިންސްޓާ އަބޭއަށް ދަަތުރު ކުރެއްވުމަށް އަންގާފައިވެ އެވެ.

ގިނަ އަދަދެއްގެ ބަސްތައް ވެސްޓްމިންސްޓާ އަބޭއަށް ވަންނަ މަންޒަރު ވީޑިއޯތަކުން ފެނިފައިވާ އިރު، ބައެއް ރިޕޯޓުތައް ބުނާ ގޮތުން އެމެރިކާގެ ރައީސް ޖޯ ބައިޑެން ސެކިއުރިޓީ ސަބަބުތަކާ ހެދި ދަތުރު ކުރައްވާނީ ކާރުކޮޅުގަ އެވެ.

ރާނީ އެލިޒަބަތު ދެ ވަނަ އުމުރުފުޅުން 96 އަހަރުގައި އަވަހާރަވީ ސެޕްޓެމްބަރު އަށް ވަނަ ދުވަހު އެވެ. އެ ދުވަހުން ފެށިގެން އިނގިރޭސިިލާތުގައި ދަނީ ގައުމީ ހިތާމަ ފާޅުކުރުމުގެ ދުވަސްތަކެއް ފާހަގަކުރަމުންނެވެ. ރަސްމީކޮށް ގައުމީ ހިތާމަ ފާޅުކުރުން ނިންމާލާނީ ހޯމަ ދުވަހު އެކަމަނާގެ ޖަނާޒާއަށް ފަހު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox