އިނގިރޭސި ރާނީގެ ޖަނާޒާގައި 2000 މެހެމާނުން ބައިވެރިވޭ

އިނގިރޭސި ރާނީ އެލިޒަބަަތު ދެ ވަނަ.

އިނގިރޭސި ރާނީ އެލިޒަބަަތު ދެ ވަނަ.

އިނގިރޭސިވިލާތުގެ ރާނީ އެލިޒަބަތު ދެ ވަނަ އުމުރުފުޅުން 96 އަހަރުގައި އަވަހާރަވީ ސެޕްޓެމްބަރު އަށް ވަނަ ދުވަހު އެވެ. އެ ދުވަހުން ފެށިގެން އިނގިރޭސިިލާތުގައި ދަނީ ގައުމީ ހިތާމަ ފާޅުކުރުމުގެ ދުވަސްތަކެއް ފާހަގަކުރަމުންނެވެ. ރަސްމީކޮށް ގައުމީ ހިތާމަ ފާޅުކުރުން ނިންމާލާނީ ހޯމަ ދުވަހު އެކަމަނާގެ ޖަނާޒާއަށް ފަހު އެވެ.

ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައި ވަނީ އިނގިރޭސިވިލާތުގެ ގަޑިން ހެނދުނު 11:00 (ރާއްޖެ ގަޑިން މެންދުރު ފަހު 03:00) ޖަހާ އިރު އެވެ. ޖަނާޒާ އޮންނާނީ ލަންޑަންގެ ތާރީހީ ފައްޅި ވެސްޓްމިންސްޓާ އަބޭގަ އެވެ. އެ ތަނަކީ ހުރިހާ އިނގިރޭސި ރާނީންނާއި ރަސްކަލުންގެ ތާޖުކޮޅު ތުރުކުރެއްވުމުގެ ރަސްމީ ހަފުލާ ޒަމާނުއްސުރެ ބާއްވާ ފައްޅި އެވެ.

މެންދުރު 12:00 ގެ ކުރިން ވެސްޓްމިންސްޓާ އަބޭގައި އޮންނަ ޖަނާޒާ ނުވަތަ ސާވިސް ނިމޭނެ ކަމަށް ބެލެވޭ އިރު، އޭގެ ފަހުން ދެ މިނެޓުގެ ހަމަހިމޭންކަމުގެ ސުކޫތެއް މުޅި އިނގިރޭސިވިލާތުގަައި ފާހަގަަކުރާނެ އެވެ.

ޖަނާޒާ ކުރިއަށްދާ އިރު، އެ މަންޒަރުތައް ވަގުތުން ޓީވީން އަަދި އޮންލައިންކޮށް ފެންނާނެ އެވެ. އޭގެ އިތުރުން އިނގިރޭސިވިލާތުގެ އެކި ހިސާބުތަކުގެ އާއްމު ޕާކުތަކާއި އާއްމުން އެއްވާ އެހެން ތަންތަނުގައި ބޮޑު ސްކްރީންގައި ޖަނާޒާ ދައްކަން ހަމަޖެހިފައިވެ އެވެ. އަދި 125 ސިނަމާގައި ވެސް ޖަނާޒާ ދައްކާނެ އެވެ.

މި ވަަގުތު ރާނީގެ ސަންދޯއް އޮތީ އާއްމުންނަށް ދައްކާލުމަށް ވެސްޓްމިންސްޓާ ހޯލްގަ އެވެ. އާއްމުންނަށް ރާނީގެ ސަންދޯއް ދައްކާލުން ނިންމާލާނީ ހޯމަ ދުވަހު އިނގިރޭސިވިލާތުގެ ގަޑިން ހެނދުނު 06:30 ގަ އެވެ. މިދިޔަ ބުދަ ދުވަހުން ފެށިގެން އެތައް ހާސް ބަޔަކު ވަނީ ވެސްޓްމިންސްޓާ ހޯލަށް ޒިޔާރަތްކޮށް ސަންދޯއް ބަލާލައިފަ އެވެ.

ރާނީއަށް ހާއްސަކޮށް އިނގިރޭސި ދައުލަތުން ބާއްވާ ޖަނާޒާގެ އިހުތިފާލުތަކުގައި ހާއްސަ ޕްރޮޓޮކޯލްތަކަށް އަމަަލު ކުރަން ޖެހެ އެވެ. އެގޮތުން ރާނީގެ ސަންދޯއް ވެސްޓްމިންސްޓާ ހޯލަށް ގެންދިޔައީ ހާއްސަ އަސްކަރީ ހިނގާލުމަކާ އެކު އެވެ. އޭގެ ފަހުން އާއްމުންނަަށް ދައްކާލުމަށް ސަންދޯއް ބާއްވައި، ވެސްޓްމިންސްޓާ އަބޭ ނުވަތަ ސެއިންޓް ޕައުލްސް ކެތީޑްރަލްގައި ވަކި ޖަނާޒާއެއް ނުވަތަ ސާވިސްއެއް ބާއްވަން ޖެހެ އެވެ.

ބައެއް ހާލަތްތަކުގައި ރާނީ ނުވަތަ ރަސްގެފާނު ނޫން ފަރާތްތަކަށް ވެސް ދައުލަތުން ޖަނާޒާގެ އިހްތިފާލްތައް ބާއްވަ އެވެ. އެއީ ދައުލަތަށް އަގުހުރި ހިދުމަތް ކުރެއްވި ފަރާތްތަކެވެ. އެންމެ ފަހުން އެފަދަ ޖަނާޒާއެއް ބޭއްވީ 30 ޖެނުއަރީ 1965 ގައި ކުރީގެ ބޮޑު ވަޒީރު ސާ ވިންސްޓަން ޗާޗިލް އަވަހާރަވުމުންނެވެ.

ރާނީގެ ޖަނާޒާގައި 2000 އަށް ވުރެ ގިނަ މެހެމާނުން ބަައިވެރިވާާނެ އެވެ. އޭގެ ތެރޭގައި 500 ވެރިންނާއި ބޭރުގެ އިއްޒަތްތެރިން ހިމެނެ އެވެ.

ބެލްޖިއަމްގެ ރަސްގެފާނު ފިލިޕޭ އާއި ރާނީ މަތިލްޑޭ، ނެދަލޭންޑްސްގެ ރަސްގެފާނު ވިލެމް އެލެގްޒެންޑާ އަދި ރާނީ މެކްސިމާ ވަނީ ޖަނާޒާއަށް ވަޑައިގަންނަވާނެކަން އިއުލާންކޮށްފަ އެވެ. އޭގެ އިތުރުން ސްޕެއިންގެ ރަސްގެފާނު ފެލިޕޭ އާއި ރާނީ ލެޓީޒިއާ އަަދި ނޯވޭ، ސްވިޑަން، ޑެންމާކާއި މޮނާކޯގެ ޝާހީ އާއިލާއިން ވެސް ވަނީ ދައުވަތު ގަބޫލުކޮށްފަ އެވެ.

އޮސްޓްރޭލިއާގެ ބޮޑު ވަޒީރު އެންތަނީ އަލްބަނީޒް އާއި ނިއުޒީލޭންޑްގެ ބޮޑު ވަޒީރު ޔަސިންޑާ އާޑޭން އަދި ކެނެޑާގެ ބޮޑު ވަޒީރު ޖަސްޓިން ޓްރޫޑޯ ވަނީ ދައުވަތު ގަބޫލުކުރަައްވައިފަ އެވެ.

ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވެސް ދައުވަތު ގަަބޫލުކުރައްވައި ހޮނިހިރު ދުވަހު އިނގިރޭސިވިލާތަށް ފުރާވަޑައިގެންފައިވާ އިރު، އަވައްޓެރި އެހެން ގައުމުތަކުގެ ވެރިން ވެސް ޖަނާޒާގައި ބައިވެރިވެވަޑައިގަންނަވަ އެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑެން އާއި ޖަރުމަނުވިލާތުގެ ރައީސް ފްރޭންކް ވޯލްޓާ ސްޓެއިންމެޔޭ، އިޓަލީގެ ރައީސް ސާޖިއޯ މަޓަރެއްލާ އަދި ފްރާންސްގެ ރައީސް އިމޭނުއެލް މެކްރޯން ވަނީ ދައުވަތު ގަބޫލުކުރައްވައިފަ އެވެ. ޗަައިނާއިން ނިންމާފައި ވަނީ ރައީސް ޝީ ޖިންޕިންގެ ބަދަލުގައި ނައިބު ރައީސް ވާންގް ގިޝާން ދަތުރު ކުރެއްވުމަށެވެ.

އިނގިރޭސިވިލާތުން ދައުވަތު ނުފޮނުވާ ގައުމުތަކަކީ ސީރިއާ، ވެނެޒުއެލާ އަދި އަަފްގާނިސްތާން ކަމަށް ބީބީސީއިން ރިޕޯޓުކުރެ އެވެ. އެއީ އިނގިރޭސިވިލާތާއި އެ ތިން ގައުމާ ދެމެދު ފުރިހަމަ ޑިޕްލޮމެޓިކް ގުޅުން ގާއިމްވެފައި ނެތުމުންނެވެ. އޭގެ އިތުރުން ރަޝިއާ އާއި ބެލަރޫސް އަަދި މިޔަންމާގެ ވެރިންނަށް ވެސް ދައުވަތު ނުފޮނުވަ އެވެ. އެގޮތަށް ނިންމީ ޔޫކްރެއިން ހަަނގުރާމައާ ގުޅިގެންނެވެ.

ވެސްޓްމިންސްޓާ އަބޭ.
ވެސްޓްމިންސްޓާ އަބޭ.

ވެސްޓްމިންސްޓާ އަބޭ.

ވެސްޓްމިންސްޓާ އަބޭގައި ކުރިއަށްދާ ޖަނާޒާއަށް ފަހު ރާނީގެ ސަންދޯއް ގެންދާނީ ހާއްސަ ހިނގާލުމަކާ އެކު ލަންޑަންގެ ހައިޑް ޕާކް ކޯނާގެ ވެލިންޓަން އާޗް އަށެވެ. ހިނގާލުމުގައި ސިފައިންނާއި ރަސްގެފާނު ޗާލްސް ތިން ވަނަ އަދި ޝާހީ އާއިލާގެ އެހެން ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެ އެވެ.

އޭގެ ފަހުން ދައުލަތުގެ ކާރުކޮޅުގައި ސަންދޯއް ގެންދާނީ ވިންޑްސާ އަށެވެ. އެއަށްފަހު އެ ތަނުގައި ވެސް ހާއްސަަ ހިނގާލުމަކާ އެކު ސަންދޯއް ގެންދާނީ ވިންޑްސާ ކާސްލްގެ ސެއިންޓް ޖޯޖަޒް ޗޭޕަލް ފަައްޅިއަށެވެ.

އިނގިރޭސިވިލާތުގެ ގަޑިން ހަވީރު 04:00 ގައި ޝާހީ އާއިލާގެ ކުޑަ އެއްވުމެއް އެ ފައްޅީގައި ކުޑަ ޖަނާޒާއެއް ނުވަތ ކޮމިޓަލް ސާވިސްއެއް އޮންނާާނެ އެވެ. އޭގެ ފަހުން ސަންދޯއް ތިރިކުރާނީ އެ ފައްޅީގެ ބިންގަރާހުގައި ހަދާފއިވާ ޝާހީ އާއިލާާގެ މެމްބަރުންގެ ސަންދޯއް ބެހެއްޓުމަށް ހާއްސަ ރޯޔަލް ވޯލްޓަށެވެ. އެ މަންޒަރުތައް ވެސް ޓީވީން ދައްކާނެ އެވެ.

ރާނީގެ ބައްޕާފުޅު، ރަސްގެފާނު ޖޯޖް ހަ ވަނަ ފަސްދާނުލާފައިވާ ތަން.
ރާނީގެ ބައްޕާފުޅު، ރަސްގެފާނު ޖޯޖް ހަ ވަނަ ފަސްދާނުލާފައިވާ ތަން.

ރާނީގެ ބައްޕާފުޅު، ރަސްގެފާނު ޖޯޖް ހަ ވަނަ ފަސްދާނުލާފައިވާ ތަން.

އޭގެ ފަހުން އަނެއްކާވެސް ހޯމަ ދުވަހުގެ ވަގުތެއްގައި ޕްރައިވެޓް ޖަނާޒާއެއް ނުވަތަ ސާވިސްއެއް ބޭއްވުމަށް ފަހު ސަންދޯއް ވަޅުލާާނީ ސެއިންޓް ޖޯޖަޒް ޗޭޕަަލް ތެރޭގައި ހުންނަ ކިންގް ޖޯޖް ހަ ވަނަ މެމޯރިއަލް ޗޭޕަލްގަ އެވެ. އެއީ ރާނީގެ މަންމާާފުޅާއި ބައްޕާފުޅުގެ ސަންދޯއް ކައިރީގަ އެވެ. އޭގެ އިތުރުން މިދިޔަ އަހަރު އަވަހާރަވި ރާނީގެ ފިރިކަލުން ފިލިޕްގެ ސަންދޯއް ވެސް ރޯޔަލް ވޯލްޓުން ނަގައި، ރާނީއާ އެކު ފަސްދާނުލާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox