މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް(އެމްއޭސީއެލް)ގެ ވެހިކަލެއް ވަގަށް ގެންގޮސް ހުޅުމާލޭގައި ބާއްވާފައި އޮއްވާ ފުލުހުން ހޯދައިފި އެވެ.
ފުލުހުން ބުނީ އެމްްއޭސީއެލްގެ ވެހިކަލެއް ބާއްވާފައި އޮއްވާ ކާކުކަން ނޭނގޭ ބަޔަކު ވެހިކަލަށް އަރައިގެން ގޮސްފައިވާ ކަމަށް އިއްޔެ ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
މިހާތަނަށް ބެލި ބެލުމުން އެ ވެލިކަލަށް އަރައިގެން ގޮސްފައި ވަނީ އެއާޕޯޓުގެ ޕާކިން އޭރިއާގައި އެ ވެހިކަލް ތަޅުދަނޑި ޖަހާފައި އޮއްވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ ވެހިކަލް އިއްޔެ ހުޅުމާލޭގައި ޕާކް ކޮށްފައި އޮއްވާ ފެނިފައިވާ ކަމަށެވެ.












