ކުރީގެ އިނގިރޭސި ރާނީ އާއި އާ ރަސްގެފާނުގެ މައްޗަށް ނުހިނގާ ގާނޫނުތައް

އަވަހާރަވި އިނގިރޭސި ރާނީ އެލިޒަބަތު ދެ ވަނަ ޕާލިމެންޓުގައި. -- ފޮޓޯ: އޭއެފްޕީ

އަވަހާރަވި އިނގިރޭސި ރާނީ އެލިޒަބަތު ދެ ވަނަ ޕާލިމެންޓުގައި. -- ފޮޓޯ: އޭއެފްޕީ

މިދިޔަ ބުރާސްފަތި ދުވަހު އަވަހާރަވި އިނގިރޭސި ރާނީ އެލިޒަބަތު ދެ ވަނައަކީ ގާތްގަނޑަކަށް މުޅި ދުނިޔެ ދަންނަ ޝަހުސިއްޔަތެކެވެ. އިނގިރޭސިވިލާތާއި ކޮމަންވެލްތުގައި ހިމެނޭ 14 ގައުމެއްގެ ރަނިކަން 70 އަހަރު ވަންދެން އެކަމަނާ ކުރެއްވި އެވެ. ގާނޫނުގެ ކުރިމަތީގައި އެންމެން ހަމަހަމަ ޑިމޮކްރެޓިކް ނިޒާމަކަށް އިނގިރޭސިވިލާތުގައި ވެރިކަން ހިންގި ނަމަވެސް، އެކަމަނާއަށް ހާއްސަ ގޮތްތަކެއް ގެންގުޅުއްވި އެވެ.

ގާޑިއަން ނޫހުން ރިޕޯޓު ކުރި ގޮތުގައި 1967 ވަނަ އަހަރަށް ފަހު 160 އަށް ވުރެ ގިނަ ގާނޫނު އަލުން ޑްރާފްޓް ކުރީ ރާނީ އެލިޒަބަތު ދެ ވަނައިގެ މައްޗަށް އެ ގާނޫނުތައް ނުހިނގާ ގޮތް ހެދުމަށެވެ. އޭގެ ތެރެއިން ބައެއް ގާނޫނުތަކަކީ މާ މުހިއްމު ގާނޫނުތަކަކަށް ނުވިޔަސް، އަނެއް ބައި ގާނޫނުތަކުން އެކަމަނާއަށް ހާއްސަ އިމްތިޔާޒްތަކެއް ލިބެން ޖެހުނު ސަބަބާ މެދު ސުވާލު އުފެދެ އެވެ.

ރިޕޯޓުތައް ބުނާ ގޮތުން ތަފާތު ކުރުން މަނާ ކުރުމުގެ ގާނޫނެއް ރާނީ އާއި އިނގިރޭސި ޝާހީ އާއިލާގެ މައްޗަށް ނުހިނގަ އެވެ. އެހެންކަމުން ރާނީގެ އެއްވެސް މުވައްޒަފަކަށް ނަސްލީ އަދި ޖިންސީ ތަފާތު ކުރުމުގެ މައްސަލަ ނަގައި ޝަކުވާ ހުށަނޭޅޭނެ އެވެ. އޭގެ ބަދަލުގައި އެފަދަ މައްސަލަތައް ބެލުމަށް ޝާހީ ގަނޑުވަރުގެ ތެރެއިން ވަކި އުސޫލެއް ގެންގުޅޭ ކަމަށްވެ އެވެ.

އޭގެ އިތުރުން އެއްވެސް ޖިނާއީ އަދި މަދަނީ މައްސަލައެއްގައި ރާނީއާ ދެކޮޅަށް ދައުވާ ނުއުފުލޭނެ ކަމަށް ކަނޑައަޅާފައިވެ އެވެ. ދައުލަތުގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުން އެކަމަނާއަށް ގާނޫނީ ރައްކާތެރިކަން ލިބިދިނެވެ. އެހެން ނަމަވެސް، ޝާހީ އާއިލާގެ އެހެން މެމްބަރުންނަށް އެ ރައްކާތެރިކަމެއް ނޯވެ އެވެ.

ބަަކިންހަމް ޕެލެސް އާއި ޝާހީ މުދާތަކުގެ ކުރީގެ ވެރިޔާއަކީ ރާނީ އެލިޒަބަަތު ދެ ވަނަ އެވެ. އެހެން ނަމަވެސް، ވަކި ފަރުދެއްގެ ގޮތުން އެކަމަނާގެ ގާނޫނީ ޝަހުސަކީ އެލިޒަބަަތު ވިންޑްސާ އެވެ. ރާނީ އެލިޒަބަތު ޝާހީ މުދާ ވިއްކުމުގެ ކަންކަން ކުރެއްވުން ގާނޫނުން މަނާ އެވެ. އެކަމަކު އެލިޒަބަތު ވިންޑްސާގެ ހައިސިއްޔަތުން، އެހެން ފަރުދުންނާ އެއް ގޮތަށް މުދާ ގަނެ ވިއްކުމުގެ ހައްގު އޮތެވެ.

ރާނީ އެލިޒަބަތު ދެ ވަނަ ގިނަ ތަންތަނަށް ދަތުރު ކުރެއްވީ ޑްރައިވަރެއްގެ އެހީގަ އެވެ. އެކަމަަކު އަމިއްލަފުޅު އުޅަނދެއް ދުއްވަން ޖެހިއްޖެ ހާލަތެއްގައި އެކަމަނާއަށް ޑްރައިވިން ލައިސެންސް ބޭނުމެއް ނުވެ އެވެ. އޭގެ އިތުރުން ގައުމުން ބޭރަަށް ކުރައްވާ ދަަތުރުފުޅުތަކުގައި ވެސް އެކަމަނާގެ ޕާސްޕޯޓެއް ނޯވެ އެވެ.

ޝާހީ އާއިލާގެ ވެބްސައިޓުގައިވާ ގޮތުން އިނގިރޭސި ޕާސްޕޯޓް ދޫކުރަނީ އޭރެއްގައި ހުންނަ ރާނީ ނުވަތަ ރަސްގެފާނުގެ ނަންފުޅުގަ އެވެ. އެހެންވީމާ، އޭރެއްގައި ހުންނަ ވެރިޔަކަށް ޕާސްޕޯޓު ބޭނުމެއް ނުވާނެ އެވެ.

އޭގެ އިތުރުން މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނުގެ ދަށުން އާއްމުން މައުލޫމާތު ހޯދަން އެދުނު ނަމަވެސް، ވެރިޔަަކަށް ހުންނަ ފަރާތުން އެ މައުލޫމާތު ހިއްސާާ ކުރުން މަޖުބޫރެއް ނޫނެވެ. ރާނީއަށް ކުރިން ލިބިދިން އެ ހުރިހާ ގާނޫނީ އިމްތިޔާޒްތަކެއް ދެން ލިބިވަޑައިގަންނަވާނީ ދޮށީ ދަރިކަލުން އާ ރަސްގެފާނު ޗާލްސް ތިން ވަނަ އަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox