ރަސްގެފާނު ޗާލްސްގެ ފުރަތަމަ ހިތާބުގައި ރާނީއަށް ޝުކުރު ދަންނަވައިފި

އިނގިރޭސި ރަސްގެފާނު ޗާލްސް ތިން ވަނަ ގައުމާ މުހާތަބު ކުރައްވަނީ.

އިނގިރޭސި ރަސްގެފާނު ޗާލްސް ތިން ވަނަ ގައުމާ މުހާތަބު ކުރައްވަނީ.

އިނގިރޭސިވިލާތުގެ އާ ރަސްގެފާނު ޗާލްސް ތިން ވަނަ ގައުމާ މުހާތަބު ކުރައްވައި ދެއްވި ފުރަތަމަ ހިތާބުގައި މަންމާފުޅު ރާނީ އެލިޒަބަތު ދެ ވަނަައަަށް ޝުކުރު ދަންނަވައިފި އެވެ.

އިނގިރޭސި ތަހުތުގައި 70 އަހަރު ހޭދަކުރެއްވި ރާނީ އެލިޒަބަތު އަވަހާރަވީ އުމުރުފުޅުން 96 އަހަރުގައި ބުރާސްފަތި ދުވަހު އެވެ. އާ ރަސްގެފާނު، އުމުރުފުޅުން 73 އަހަރުގެ ޗާލްސްއަކީ އެކަމަނާގެ ދޮށީ ދަރިކަލުންނެވެ.

ރަސްގެފާނު ޗާލްސްގެ ފުރަތަމަ ހިތާބުގައި ވިދާޅުވީ މަންމާފުޅު ވަނީ އާއިލާ އާއި މުޅި ގައުމަށް ވެސް ގިނަގުނަ ހިދުމަތްތަކެއް ކުރައްވާފައި ކަމަށާއި އެކަމަށްޓަކައި އެކަމަނާއަށް ޝުކުރު ދަންނަވާ ކަމަށެވެ.

Advertisement

"އާއިލާއަކުން މަންމައަކަށް އަދާކުރަން ޖެހޭ އެންމެ ބޮޑު ދަރަނި އަޅުގަނޑުމެންގެ ބޮލުގައި ވަނީ އެޅިފައި. އެކަމަނާގެ ލޯތްބާއި، ކުލުނާއި، އިރުޝާދާއި، ވިސްނުންތެރިކަމާއި، ނަމޫނާއަކީ އަގުހުރި މިސާލެއް،" ރަސްގެފާނު ޗާލްސް ވިދާޅުވި އެވެ.

ރަސްގެފާނު ޗާލްސް ވިދާޅުވީ އެމަނިކުފާނުގެ ހަޔާތުގެ ބާކީ ބައި ހޭދަކުރައްވާނީ އިނގިރޭސިވިލާތުގެ ގާނޫނު އަސާސީ ނަގަހައްޓަައި ގައުމުގެ ހިދުމަތުގައި ކުރިއަށް ދިޔުމަށް ކަމަށެވެ.

އޭގެ އިތުރުން އަނބިކަނބަލުން ކެމިލާއަކީ ފާއިތުވި 17 އަހަރު ގައުމުގެ ހިދުމަތުގައި ކުރެއްވި މަސައްކަަތް، ކުއީން ކޮންސޯޓުގެ ގޮތުގައި ކުރިއަށް ގެންދަވާނެ ކަމަށް ރަަސްގެފާނު ވިދާޅުވި އެވެ.

ދަރިކަލުން އަމީރު ވިލިއަމްއަކީ މިހާރު އާ ވަލީ އަހުދު ކަމަށާއި ވިލިއަމް އާއި އަނބިކަނބަލުން ކޭޓްގެ ހިދުމަތް ވެސް ގައުމަށް ލިބިވަޑައިގަންނަވާނެ ކަމަށް ވިދާޅުވި އެވެ.

ރަސްގެފާނުގެ ހިތާބުގައި ވިދާޅުވީ ރާނީ އެލިޒަބަތު ފަސްދާނުލާނީ މީގެ ހަފުތާއެއްހާ ދުވަސް ފަހުން ކަމަށެވެ. އެކަމަށް ވަކި ދުވަހެއް ކަނޑަނޭޅި ނަމަވެސް، ޝާހީ ޕްރޮޓޮކޯލްގައިވާ ގޮތުން ފަސްދާނުލުން އޮންނާނީ އަވަހާރަވާތާ 10 ދުވަސް ފަހުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox