މެލޭރިއާއިން ރައްކާތެރިވުމަށް އުފެއްދި އާ ވެކްސިނާ އެކު ބޮޑު އިންގިލާބެއް އަންނާނެ: ސައިންސްވެރިން

ކުޑަކުއްޖަކަށް މެލޭރިއާ ވެކްސިން ދެނީ. -- ފޮޓޯ: ކޭޓީ އެވޭ

ކުޑަކުއްޖަކަށް މެލޭރިއާ ވެކްސިން ދެނީ. -- ފޮޓޯ: ކޭޓީ އެވޭ

މެލޭރިއާއިން ރައްކާތެރިވުމަށް އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީގައި އުފެއްދި އާ ވެކްސިނާ އެކު ބޮޑު އިންގިލާބެއް އަަންނާނެ ކަމަށް ސައިންސްވެރިން ބުނެފި އެވެ.

މިހާތަނަށް ހެދި ދިރާސާތަކުން ދައްކާ ގޮތުގައި އެ ވެކްސިނުން މެލޭރިއާއާ ދެކޮޅަށް 80 ޕަސެންޓް ރައްކާތެރިކަން ލިބެ އެވެ. ސައިންސްވެރިން އުއްމީދު ކުރަނީ އެ ވެކްސިން އަންނަ އަހަރު ދޭން ފެށުމަށެވެ.

އެއީ އަަގުހެޔޮކޮށް އުފެއްދޭ ވެކްސިނަކަށް ވާއިރު، މިހާރު ވެސް އަހަރަކު 100 މިލިއަނަށް ވުރެ ގިނަ ޑޯޒް އުފެއްދުމުގެ އެއްބަސްވުމަކަށް ވަނީ ގޮސްފަ އެވެ.

Advertisement

ހިލޭ ސާބަހަށް މަސައްކަަތް ކުރާ މެލޭރިއާ ނޯ މޯ ޖަމިއްޔާއިން ބުނީ އެ ވެކްސިންގެ ސަބަބުން މެލޭރިއާ ޖެހިގެން ކުޑަކުދިން މަރުވުން ހުއްޓުވިދާނެ ކަމަށެވެ.

މަދިރީގެ ޒަަރިއްޔާއިން ފެތުރޭ މެލޭރިއާއާ ދެކޮޅަށް ރަނގަަޅު ވެކްސިނެއް އުފައްދަން ސައިންސްވެރިން ވަނީ ގަރުނަކަށް ވުރެ ގިނަ ދުވަސް މަސައްކަަތްކޮށްފަަ އެވެ.

މެލޭރިއާއާ ދެކޮޅަށް އުފެއްދި ފުރަތަމަ ވެކްސިނަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ހުއްދަ ދިނީ މިދިޔަ އަހަަރު އެވެ. ޖީއެސްކޭގެ އެ ވެކްސިން އެފްރިކާ ގައުމުތަކުގައި ދަނީ ދެމުންނެވެ.

އެހެން ނަމަވެސް، އޮކްސްފޯޑް ޔުނިވާސިޓީގެ ސައިންސްވެރިން ބުނީ އެ މީހުން އުފެއްދި ވެކްސިން މާާ އިފެކްޓިވް އަދި އަގުހެޔޮ ކަމަށެވެ.

މިހާތަނަށް ހެދި ދިރާސާއިން ދައްކާ ގޮތުގައި ވެކްސިންގެ ތިން ޑޯޒް ދިނުމަށް ފަހު، އަހަރެއް ފަހުން ބޫސްޓާ ޑޯޒެއް ޖެހުމުން 80 ޕަސެންޓް ރައްކާތެރިކަން ލިބެ އެވެ.

އެ ވެކްސިނަށް ހުއްދަ ހޯދަން ހުށަހެޅުމުގެ މަސައްކަަތް ކުރަމުންދާ އިރު، އިތުރު 4،800 ކުދިން ބައިވެރި ކުރި ބޮޑު ދިރާސާއެއްގެ ނަތީޖާ މި އަހަރު ފަހުކޮޅު ލިބޭނެ އެވެ.

ތުއްތު ކުދިންނާއި ކުޑަަކުދިންގެ ފުރާނައަށް ނުރައްކާވާ މެލޭރިއާ ޖެހިގެން އަހަރަކު 400،000 އަށް ވުރެ ގިނަ މީހުން މަރުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައިފޯން ޑުއޯގެ ސްކްރީނަށް މައްސަލަ ދިމާވާ ނަމަ ބަދަލުކޮށްދޭނެ

އެޕަލްގެ ފުރަތަމަ ފަތްޖަހާލެވޭ ފޯނު "އައިފޯން ޑުއޯ" ގެ ސްކްރީނަށް ދިމާވި މައްސަލަތަކާ ގުޅިގެން، އެ ފޯނުތައް ބަދަލުކޮށްދޭން އެ ކުންފުނިން ނިންމައިފިއެވެ. ބާޒާރަށް ނެރުނުތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ސްކްރީނުގައި ރޮނގު އެޅުމާއި ރެނދުލުން ފަދަ މައްސަލަތައް ފާހަގަވެފައިވާއިރު، މި މައްސަލަ ދިމާވި ކަސްޓަމަރުން ފޯނު ބަދަލުކުރުމަށް އެޕަލްއާ ގުޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ސެކިއުރިޓީ ރިސްކާ ހެދި ބޮޑެތި ވެބްސައިޓްތައް އޮފްލައިންކޮށްފި

ދުނިޔޭގެ ބޮޑެތި އިދާރާތަކާއި ސަރުކާރުތަކުގެ ވެބްސައިޓްތައް ވަގުތީ ގޮތުން އޮފްލައިންކުރީ އޭއައިއިން ދެނެގަތް ޕީއެޗްޕީ ޕްރޮގްރާމިން ލެންގުއޭޖުން ފާހަގަވި ނުރައްކާތެރި ސެކިއުރިޓީ މައްސަލަތަކަކާ ގުޅިގެން މި މައްސަލަ ހައްލުކުރުމަށް ސެކިއުރިޓީ އަޕްޑޭޓްތައް ވަނީ ނެރެފަ.

ޖާސޫސްކުރި މީހާއަށް ސައުދީ ސަރުކާރުގެ އެހީތެރިކަން ލިބޭ

އޯޕަންއޭއައިގެ މީޓިން ރޫމެއްގައި ސިއްރުން އަޑު ރެކޯޑުކުރާ ޑިވައިސްއެއް ހަރުކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ސައުދީ އިންޖިނިއަރަކަށް، އެ ގައުމުގެ ސަރުކާރުގެ އެހީތެރިކަން ލިބޭކަން އެމެރިކާގެ ކޯޓު ލިޔުންތަކުން ހާމަވެއްޖެއެވެ. މި އަމަލަކީ އެމެރިކާގެ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ބަލައި، ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ދިރާގުގެ ގޭމިން ކޮންކުއެސްޓް ނޮވެމްބަރު 26 ގައި

ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް 2026، އަންނަ ނޮވެމްބަރު 26 އިން 28 އަށް ކަލާފާނު ސްކޫލުގައި ބޭއްވުމަށް ވަނީ ނިންމާފައެވެ. ޖުމްލަ 150,000 ރުފިޔާގެ އިނާމު ހުށަހަޅާފައިވާ މި އިވެންޓުގައި މޯބައިލް، ޕީސީ އަދި ކޮންސޯލްގެ އެކި މުބާރާތްތަކުގެ އިތުރުން މުނިފޫހިފިލުވުމުގެ ތަފާތު ގޭމްތައް ތަޖުރިބާކޮށްލުމުގެ ފުރުސަތު ހިލޭ ލިބޭނެއެވެ.

މާސްގެ ހަނދުން ސާމްޕަލް ނެގުމުގެ މިޝަނަށް ޖަޕާން ތައްޔާރު

މާސްގެ ހަނދެއް ކަމަށްވާ "ފޯބޯސް" އިން ސާމްޕަލް ނެގުމަށް ޖަޕާނުން ކުރިއަށްގެންދާ ދުނިޔޭގެ ފުރަތަމަ މިޝަން ފެށުމަށް އެ ގައުމުން ވަނީ ތައްޔާރުވެފައެވެ. ފަސް އަހަރުގެ މި ދިރާސާގެ ސަބަބުން މާސްގެ ހަނދުތައް އުފެދުނު ގޮތާއި އިރުގެ ނިޒާމުގައި ދިރުން އުފެދުނު ގޮތުގެ މުހިންމު މައުލޫމާތުތަކެއް ލިބިގެންދާނެއެވެ. މީގެ އިތުރުން، މި މިޝަންގެ ސަބަބުން ކުރިމަގުގައި މާސްއަށް ކުރާ އިންސާނީ ދަތުރުތަކުގައި އެ ހަނދު ބޭސްއެއްގެ ގޮތުގައި ބޭނުންކުރުމަށް މަގުފަހިވެގެންދާނެއެވެ.

ޓެސްލާގެ އިންގިލާބީ އީޖާދު: އުދުހޭ ކާރު 'ރޯޑްސްޓާ' ދައްކާލައިފި

ޓެސްލާ އާއި ސްޕޭސް އެކްސް ގުޅިގެން އުފެއްދި، ވައިގެ ޕްރެޝަރު ބޭނުންކޮށްގެން އުދުހުމުގެ ގާބިލުކަން ލިބިފައިވާ "ރޯޑްސްޓާ" ކާރުގެ ނަމޫނާ ދައްކާލައިފިއެވެ. މި އިންގިލާބީ އުޅަނދު އާންމުކޮށް އުފައްދަން ފަށާނީ 2028 ވަނަ އަހަރު ކަމަށް އީލޮން މަސްކް ހާމަކޮށްފައިވާއިރު، މިއީ ދަތުރުފަތުރުގެ ދާއިރާއަށް އަންނާނެ ބޮޑު ބަދަލެއް ކަމަށް ބެލެވެއެވެ.

ސިއްރުން ރެކޯޑިން ޑިވައިސްއެއް ހަރުކުރި ސައުދީ މީހަކަށް ދައުވާ

އޯޕަންއޭއައިގެ އޮފީހެއްގައި ސިއްރުން ރެކޯޑިން ޑިވައިސްއެއް ހަރުކުރި ކަމުގެ ތުހުމަތުގައި އެ ކުންފުނީގެ ކުރީގެ އިންޖިނިއަރެއް ކަމަށްވާ ސައުދީ ރައްޔިތެއްގެ މައްޗަށް އެމެރިކާގައި ދައުވާ އުފުލައިފިއެވެ. ކުންފުނީގެ އޭއައި މޮޑެލްތައް ބޭނުންކޮށްގެން މި އަމަލު ހިންގި މީހާ ދެނެގަނެފައިވާއިރު، މި ހާދިސާގައި ކުންފުނީގެ އެއްވެސް މުހިންމު މައުލޫމާތެއް ވަގަށް ނަގާފައިވާކަމުގެ ހެއްކެއް ފެނިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox