ކްރައިމިއާ އަށް ދިން ހަމަލާތަކުގެ ޒިންމާ ޔޫކްރެއިނުން އުފުލައިފި

ކްރައިމިއާގައި ހަމަލާ ދިނީ ރަޝިއާގެ އަސްކަރީ މަރުކަޒުތަކަށް. -- ފޮޓޯ: ބީބީސީ

ކްރައިމިއާގައި ހަމަލާ ދިނީ ރަޝިއާގެ އަސްކަރީ މަރުކަޒުތަކަށް. -- ފޮޓޯ: ބީބީސީ

ކްރައިމިއާއަަށް މިދިޔަ މަހު ދިން ވައިގެ ހަމަލާތަކުގެ ޒިންމާ ޔޫކްރެއިނުން އުފުލައިފި އެވެ.

އޯގަސްޓް މަހުގެ ކުރީކޮޅު ދިން ހަމަލާއެއްގައި ރަޝިއާގެ ސާކީ އަސްކަރީ މަރުކަޒުން އެކަކު މަރުވި އެވެ.

އެ ހަމަލާތަކުގައި އެއްވެސް ދައުރެއް އަދާ ނުކުރާ ކަމަށް ޔޫކްރެއިނުން މީގެ ކުރިން ތަކުރާރުކޮށް ބުންޏެވެ.

އެހެން ނަމަވެސް ޔޫކްރެއިންގެ އިސް ކޮމާންޑަރު ވެލެރީ ޒަލުޒްނިޔީ ބުދަ ދުވަހު ވިދާޅުވީ ކްރައިމިއާގެ އަސްކަރީ ސައިޓުތަކަށް ޔޫކްރެއިންގެ ރޮކެޓު ފޮނުވި ކަމަށެވެ.

އޭނާ ވިދާޅުވީ ޔޫކްރެއިންއާ ދެކޮޅަށް ހަމަލާތައް ދޭން ރަޝިއާއިން ބޭނުން ކުރާ އަސްކަރީ މަރުކަޒަކަށް ދިން ހަމަލާއެއްގައި ރަޝިއާގެ 10 ހަނގުރާމަ މަތީ ޖެޓު ހަލާކުވި ކަމަށެވެ.

ރަަޝިއާގެ އަސްކަރީ ގާބިލްކަން ދަށްކުރުމުގެ އިތުރުން، ކްރައިމިއާއަށް ހަމަލާ ދިނީ ރަޝިއާ ސިފައިންގެ އިތުބާރު ގެއްލުވާލައި ނަފްސާނީ ގޮތުން ބަލިކަށިކޮށްލުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

އޯގަސްޓް މަހުގެ ހަމަލާތަކުގެ ކުރިން، ކްރައިމިއާގައި އެއްވެސް ވަރަކަށް ހަނގުރާމައިގެ ނިޝާނެއް ނެތެވެ. އެ ތަނުގެ ގޮނޑުދޮށްތަކުގައި ރަޝިއާގެ ފަތުރުވެރިން ވެސް މިނިވަންކަމާ އެކު އުޅެމުން ދިޔަ އެވެ.

ހަމަލާ ދިން ސާކީ އަސްކަރީ މަރުކަޒަކީ ގޮނޑުދޮށާ ކައިރީގައި ހުންނަ ތަނެކެވެ. އެ ތަނަށް ހަމަލާ ދިން ދުވަހު ފަތުރުވެރިން ބިރުން ދުވާ މަންޒަރުގެ ވީޑިއޯތައް އާއްމުވި އެވެ.

ޔޫކްރެއިންގެ ބިމެއްގެ ގޮތުގައި އޮތް ކްރައިމިއާ ރަޝިއާގެ ބާރުގެ ދަށަށް ދިޔައީ 2014 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox