ޕުޓިންގެ އިންޒާރަށް ބެލުމެއް ނެތި އީޔޫއިން ރަޝިއާގެ ގޭހުގެ އަގު ހިފަހައްޓަނީ

ޔޫރަޕިއަން ކޮމިޝަންގެ ޗީފް އުރްސުލާ ވޮން ޑެ ލެޔެން. -- ފޮޓޯ: ރޮއިޓާޒް

ޔޫރަޕިއަން ކޮމިޝަންގެ ޗީފް އުރްސުލާ ވޮން ޑެ ލެޔެން. -- ފޮޓޯ: ރޮއިޓާޒް

ރަޝިއާގެ ގޭސް ވިއްކޭނެ އެންމެ މަތީ އަގެއް ކަނޑައެޅުމަކީ މޮޔަ ހިޔާލެއްގެ ގޮތުގައި އެ ގައުމުގެ ރައީސް ލެޑިމިއަ ޕުޓިން ސިފަކުރެއްވިތާ ގަޑިއިރުތަކެއް ފަހުން، ގޭހުގެ އަގު ހިފަހައްޓަން "ޕްރައިޒް ކެޕެއް" ތައާރަފް ކުރަން ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ ހިންގާ ކޮމިޓީން ހުށަހަޅައިފި އެވެ.

މިދިޔަ ފެބްރުއަރީ މަހު ރަޝިއާއިން ޔޫކްރެއިންގައި ހަނގުރާމަ ފެށުމުން ތެލާއި ގޭހުގެ އަގު ވަނީ އުފުލިފަ އެވެ. އެހެންވެ، އަގުތަކުގެ މައްސަލައިގައި 27 ގައުމު ހިމެނޭ އީޔޫއިން ފިޔަވަޅު އަޅަން ބޭނުންވެ އެވެ.

"މި އަނިޔާވެރި ހަނގުރާމައަށް ޕުޓިން ބޭނުން ކުރައްވާ ފައިސާ ރަޝިއާއަށް ލިބުން މަދު ކުރަން ޖެހޭ،" ޔޫރަަޕިއަން ކޮމިޝަންގެ ޗީފް އުރްސުލާ ވޮން ޑެ ލެޔެން ވިދާޅުވި އެވެ.

ޕުޓިން ވިދާޅުވީ ގޭހުގެ އަގާ ގުޅިގެން އީޔޫއީން އަޅާ ފިޔަވަޅަށް ރައްދު ދިނުމުގެ ގޮތުން ސަޕްލައި އެއްކޮށް މެދުކަނޑާލާނެ ކަމަށެވެ.

"އަޅުގަނޑުމެން އެކައްޗެއް ވެސް ސަޕްލަައި ނުކުރާނަން. ގޭހާއި ތެލާއި ބޯޓު ދެއްޔާއި ހޫނުކުރަަން ބޭނުން ތެލެއް ވެސް ނުލިބޭނެ،" ޕުޓިން ވިދާޅުވި އެވެ.

ރަޝިއާގެ ވިޔަފާރިތަކާއި ވަކިވަކި ފަރުދުންނާ ދެކޮޅަށް ހުޅަނގުން އަޅާފަައިވާ ދަތިކުރުމުގެ ފިޔަވަޅުތަަކާ ގުޅިގެން ގޭހުގެ އެކްސްޕޯޓް "ހަތިޔާރަކަށް" ހަދާފައިވާ ކަމަށް ޔޫރަޕްގެ ވެރިން ރަޝިއާއަށް ތުހުމަތު ކުރެ އެވެ.

ރަޝިއާއިން އެ ތުހުމަތު ދޮގުކުރެ އެވެ. އެހެން ނަމަަވެސް، ޔޫރަޕަށް ގޭސް ފޯރުކޮށްދޭން ރަޝިއާއިން ޖަރުމަނަށް ގާއިމްކޮށްފައިވާ ނޯޑް ސްޓްރީމް 1 ހޮޅި މިހާރު ވަނީ މުއްދަތެއް ނެތް ގޮތަށް ބަންދުކޮށްފަ އެވެ. އެކަން ކުރީ ދަތިކުރުމުގެ ފިޔަަވަޅުތަކާ ހެދި ކަމަށް ރަޝިއާއިން ބުނެ އެވެ.

މިދިޔަ ހަފްތާގައި ޖީ7 ގައުމުތަކުން ވަނީ ރަޝިއާގެ ތެޔޮ ވިއްކޭނެ އެންމެ މަތީ އަގެއް އިއުލާންކޮށްފަ އެވެ. އޭގެ ސަބަަބުން ހުޅަަނގުގެ ގައުމުތަކުން އިންފްލޭޝަން ތިރިވެ، ޔޫކްރެއިން ހަނގުރާމައަށް ހޭދަކުރަން ރަޝިއާއަށް ލިބޭ ފައިސާ މަދު ވާނެ އެވެ.

ފިންލޭންޑްގެ ދިރާސާ ކުރާ ފަރާތްތަކުން ދާދި ފަހުން ބުނީ ޔޫކްރެއިން ހަނގުރާމަ ފެށިތާ ހޭދަވި ހަ މަހުގެ ތެރޭގައި ތެލާއި ގޭހުގެ އަގު އުފުލުމުން ރަޝިއާއަށް 158 ބިލިއަން ޔޫރޯ ލިބިފައިވ ކަމަށެވެ

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox