ސާފްގެ ދެ މުބާރާތުގައި ރާއްޖޭގެ ދެ ޓީމުގެ ފެށުން ރަނގަޅެއް ނޫން

Sep 7, 2022, 5:33 PM
ސާފް ވިމެންސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ޝަހުލާ (ކ) ކައިރިން ބަންގްލަދޭޝްގެ ކެޕްޓަން ސަބީނާ ބޯޅަ ހިފައިގެންދަނީ.--- ފޮޓޯ: ގޯލްނޭޕާލް

ސާފް ވިމެންސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ޝަހުލާ (ކ) ކައިރިން ބަންގްލަދޭޝްގެ ކެޕްޓަން ސަބީނާ ބޯޅަ ހިފައިގެންދަނީ.--- ފޮޓޯ: ގޯލްނޭޕާލް

ދެކުނު އޭޝިއާގެ ފުޓްބޯޅަ އެސޯސިއޭޝަން (ސާފް) އިން މިހާރު ކުރިއަށްގެންދާ 17 އަހަރުން ދަށުގެ ފިރިހެން ފުޓްބޯޅަ މުބާރާތާއި ވިމެންސް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުން ރާއްޖެ ބަލިވެއްޖެ އެވެ.

ސްރީ ލަންކާގައި ކުރިއަށްދާ 17 އަހަރުން ދަށުގެ މުބާރާތުގައި ރާއްޖޭން ކުޅުނު ފުރަތަމަ މެޗުން މިއަދު ވަނީ 5-0 އިން ބަންގްލަދޭޝް އަތުން ބަލިވެފަ އެވެ. އަދި ނޭޕާލްގައި ކުޅޭ ސާފް ވިމެންސް ޗެމްޕިއަންޝިޕްގައި ކުޅުނު ފުރަތަމަ މެޗުން މިއަދު ރާއްޖެ ބަލިވީ ބަންގްލަދޭޝާ ވާދަކޮށް 3-0 އިންނެވެ.

ކޮލަމްބޯގެ ރޭސްކޯސް ސްޓޭޑިއަމްގައި ކުރިއަށްދާ 17 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި މިއަދު ކުޅުނު މެޗުގައި ބަންގްލަދޭޝް ޓީމުން ފުރަތަމަ ހާފުގައި ދެ ގޯލުގެ ލީޑެއްނެގި އެވެ. ފުރަތަމަ ގޯލު ޖެހީ ހަތަރު ވަނަ މިނިޓްގައި ނަޒްމުލް ފައިސަލް އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން މެޗުގެ 38 ވަނަ މިނިޓްގައި މުރްޝަދު އަލީ ވަނީ ބަންގްލަދޭޝްގެ ލީޑުފުޅާކޮށްދީފަ އެވެ.

ބަންގްލަދޭޝާ ދެކޮޅަށް ނުކުތް ރާއްޖޭގެ 17 އަހަރުން ދަށުގެ ޓީމު.

މެޗުގެ ފަހު 15 މިނިޓް ތެރޭ ބަންގްލަދޭޝްގެ އަނެއް ތިން ގޯލު ޖަހައި، އެ ޓީމުގެ މިރާޖުލް އިސްލާމް ވަނީ ހެޓްރިކެއް ހަދައިފަ އެވެ.

ދެން އޮތް މެޗުގައި ރާއްޖޭން ކުޅެން ޖެހޭނީ ހުކުރު ދުވަހު ލަންކާއާ ދެކޮޅަށެވެ. އެ މެޗުން މޮޅުވެގެން ރާއްޖެ އަށް ސެމީ ފައިނަލަށް ދެވޭނެ އެވެ. ލަންކާ ވަނީ ފުރަތަމަ މެޗުގައި ބަންގްލަދޭޝް އަތުން 5-1 އިން ބަލިވެފަ އެވެ.

ސަތާރަ އަހަރުން ދަށުގެ ޓީމު ކުޅެނީ އިސްމާއިލް އާސިފް (ކުޑަހީނާ)ގެ ކޯޗުކަމުގަ އެވެ.

ބަންގްލަދޭޝް މެޗަށް ފަހު މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ރާއްޖޭގެ ކޯޗިން ޓީމުގައި ހިމެނޭ އިލްމާއު ހުސެއިން (މައު) ބުނީ ރާއްޖެ އަށް ލަންކާ ބަލިކޮށްގެން ނޫން ގޮތަކަށް ސެމީ ފައިނަލަށް ދެވެން ނެތުމުން އެ މެޗު ނަގާނީ ފައިނަލެއްގެ ގޮތުގައި ކަމަށެވެ.

ބަންގްލަދޭޝާ ދެކޮޅަށް މިއަދު ރާއްޖޭން ނެރުނު ފުރަތަމަ އެގާރަ.--- ފޮޓޯ: ގޯލްނޭޕާލް

ނޭޕާލުގެ ދަސްރަތު ސްޓޭޑިއަމްގައި ރާއްޖޭގެ އަންހެން ޓީމާ ދެކޮޅަށް ބަންގްލަދޭޝް އިން ކުޅުނު މެޗުގެ ތިން ގޯލު ވެސް ފެނިގެންދިޔައީ މެޗުގެ ފުރަތަމަ ހާފުގަ އެވެ. އެ ގޮތުން މެޗުގެ 32 ވަނަ މިނިޓްގައި ބަންގްލަދޭޝަށް ލީޑުނަގައިދިނީ ކެޕްޓަން ސަބީނާ ހަތުންނެވެ. އޭނާ ވަނީ މީގެ ކުރިން ރާއްޖޭގެ އެކި މުބާރާތްތަކުގައި ވެސް ކުޅެފަ އެވެ. އެންމެ ފަހުން ކުޅުނީ މިދިޔަ އަހަރުގެ ކްލަބް މޯލްޑިވްސް ކަޕްގައި ދިވެހި ސިފައިންގެ ކްލަބް އަށެވެ.

ލީޑުނެގިތާ ދެ މިނިޓް ފަހުން، ބަންގްލަދޭޝް އަށް ދެ ވަނަ ލަނޑު ޖަހައިދިނީ މަސޫރާ ޕަރްވިން އެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން ސަބީނާ ވަނީ އިތުރު ގޯލެއް ޖަހައިފަ އެވެ.

ކޯޗު އަހުމަދު ޝަރީފް (ޑުންގާ)ގެ އިރުޝާދުގެ ދަށުން ރާއްޖޭގެ އަންހެން ޓީމު ކުޅެމުން އަންނައިރު، ދެން ރާއްޖެ އަށް އޮތީ މުބާރާތުގެ ޗެމްޕިއަންކަން ފަސް ފަހަރު ހޯދާފައިވާ އިންޑިއާއާ ދެކޮޅަށް ކުޅޭ މެޗާއި ސަސްޕެންޝަނަށް ފަހު އެނބުރި އައިސް ވާދަކުރާ ޕާކިސްތާނާ ކުޅޭ މެޗެވެ.

ފުރަތަމަ މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޑުންގާ ބުނީ ފުރަތަމަ މެޗުގެ އަލީގައި ރަނގަޅު ކުރަން ހުރި ކަންތައްތަކަށް ފޯކަސްކޮށް ދެން އޮތް ދެ މެޗަށް ރަނގަޅަށް ތައްޔާރުވާނެ ކަމަށެވެ.

މި ގްރޫޕްގެ ފުރަަތަމަ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން، އިންޑިއާ އިން ވަނީ 3-0 އިން ޕާކިސްތާން ބަލިކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox