ނިޔުކްލިއާ ޕްލާންޓް ވަށައި ރައްކާތެރި ޒޯނެއް ހަދަން ޔޫކްރެއިން ތާއީދު

ނިޔުކްލިއާ ޕްލާންޓް ވަށައި ރައްކާތެރި ޒޯނެއް ހަދަން ގޮވާލީ އދ. އިން. -- ފޮޓޯ: ގެޓީ އިމޭޖާޒް

ނިޔުކްލިއާ ޕްލާންޓް ވަށައި ރައްކާތެރި ޒޯނެއް ހަދަން ގޮވާލީ އދ. އިން. -- ފޮޓޯ: ގެޓީ އިމޭޖާޒް

ޒަޕޮރިއްޒިޒިއާ ނިޔުކްލިއާ ޕްލާންޓް ވަށައި އދ. އިން ހުށަހެޅި ގޮތަށް ރައްކާތެރި ޒޯނެއް ހަދަން ތާއީދު ކުރާ ކަމަށް ޔޫކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ ވިދާޅުވެއްޖެ އެވެ.

ޔޫކްރެއިން ހަނގުރާމަ ފެށުމާ އެކު މިދިޔަ މާޗް މަހުން ފެށިގެން އެ ޕްލާންޓް ކޮންޓްރޯލް ކުރަނީ ރަޝިއާއިންނެވެ. ޕްލާންޓަށް ގިނަ ހަމަލާތަކެއް ދީފައިވާ އިރު، ޔޫކްރެއިނާއި ރަޝިއާއިން ތުހުމަތު ކުރަނީ އެއް ގައުމު އަނެއް ގަައުމަށެވެ.

އދ. އިން ބުނީ ޔޫރަޕްގެ އެންމެ ބޮޑު ނިޔުކްލިއާ ޕްލާންޓަށް ހަމަލާ ދިނުން ވަގުތުން ހުއްޓާލަން ޖެހޭ ކަމަށެވެ. ހަމަލާދޭ ނަމަ ރޭޑިއޯއެކްޓިވް ލީކެއް ހިނގުމުގެ ފުރުސަތު އެބަ އޮތެވެ.

އަދި އެ ޕްލާންޓުގައި މިހާރު މަސައްކަތް ކުރަމުންދާާ ޔޫކްރެއިންގެ 907 މީހުންނަށް ބޮޑު ޕްރެޝަރަކާ ކުރިމަތިވެފައިވާ ކަމަށް ވެސް އެ ރިޕޯޓުގައިވެ އެވެ.

އދ. ގެ ގޮވާލުމަށް ތާއީދު އޮތް ކަން ހާމަކުރައްވަމުން ޒެލެންސްކީ ވިދާޅުވީ ނިޔުކްލިއާ ޕްލާންޓް ވަށައި ހަތިޔާރު ގެންގުޅުން މަނާ ޒޯނެއް ހަދަން ޖެހޭ ކަމަށެވެ.

މިދިޔަ ހަފްތާގައި އދ. ގެ ނިޔުކްލިއާ އެޖެންސީގެ ޓީމެއް އެ ޕްލާންޓަށް ކުރި ދަތުރަށް ފަހު ނެރުނު ރިޕޯޓުގައި ބުނީ ޕްލާންޓްގައި ރަޝިއާގެ އަސްކަރީ ސާމާނު ހުރުމުން އެ ތަނުގެ ސެކިއުރިޓީއާ މެދު ސުވާލު އުފެދޭ ކަމަށެވެ.

އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީ (އައިއޭއީއޭ) ގެ 14 މެމްބަރުންގެ ޓީމު އެ ޕްލާންޓުގައި ތިބި ވަގުތު ވެސް ހަމަލާތައް ދިނެވެ. ދެ ދުވަސް ފަހުން އައިއޭއީއޭގެ ޓީމުގެ ގިނަ މެމްބަރުން އެނބުރި ދިޔަ ނަމަވެސް، އެ ޓީމުގެ ދެ މެމްބަރުން އަދިވެސް ތިބީ ޕްލާންޓްގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox