ސެމްސަންގް ގެލެކްސީ ޒީ ފޯލްޑް4 އަދި ސެމްސަންގް ގެލެކްސީ ޒީ ފްލިޕް4 ދިރާގުން ވިއްކަން ފަށައިފި އެވެ.
ރީތި ކުލަތަކާއެކު ފަތްޖަހާލެވޭ ގޮތަށް ފަރުމާ ކުރެވިފައިވާ މި ދެ ފޯނު ވެސް މިހާރު ދިރާގު ކަސްޓަމަރުންނަށް ވަގުތުން ފުލް ޕޭމަންޓާއެކު ނުވަތަ 12 މަހުގެ އިންސްޓޯލްމެންޓެއްގެ ދަށުން ވެސް ގަނެވޭނެ އެވެ. ދެ ފޯނު ވެސް އޮންލައިންކޮށް ފަސޭހަކަމާއެކު ގަނެވޭނެ ކަމަށް ދިރާގުން ބުނެ އެވެ.
ޒީ ފޯލްޑް 4 އަދި ޒީ ފްލިޕް 4 ގަންނަ ކަސްޓަމަރުންނަށް ހަ މަސް ދުވަހަށް މަހަކު ފަސް ޖީބީގެ ހިލޭ ބޯނަސް ޑޭޓާ ވެސް ހިލޭ ދިނުމަށް ދިރާގުން ވަނީ ނިންމާފަ އެވެ.
އަދި، ޒީ ފޯލްޑް 4 ފުލް ޕޭމަންޓްގައި ގަންނަ ކަސްޓަމަރުންނަށް 3000 ރުފިޔާގެ ޑިސްކައުންޓެއް ވެސް ލިބޭނެއެވެ.
މީގެ އިތުރުން، ގެލެކްސީ ޒީ ފޯލްޑް4 އަދި ޒީ ފްލިޕް4 ގަންނަ ފަރާތްތަކަށް، ތިން މަސް ދުވަހުގެ ހިލޭ ސްޕޮޓިފައި އަދި ވަން ޑްރައިވެގެ 100ޖީބީ ހަ މަސް ދުވަހަށް ބޭނުންކުރެވޭ ސެމްސަންގް ޕްރޮމޯޝަންގައި ވެސް ބައިވެރިވެވޭނެއެވެ.
ދިރާގުން ބުނި ގޮތުގައި އެ ކުންފުނިން އަބަދުވެސް އަންނަނީ އެންމެ ފަހުގެ ސްމާޓް ފޯން ޑިވައިސްތައް ކަސްޓަމަރުންނާއި ހަމައަށް ގެނެސްދީ، މިހާރަށްވުރެ ރަނގަޅު އަދި ފަސޭހަ ގޮތަކަށް ޓެކްނޮލޮޖީ މެދުވެރިކޮށް ކަސްޓަމަރުން ގުޅުވާލަދިނުމަށް މަސައްކަތްކުރަމުންނެވެ.










