ކާމިޔާބު ހޯދަން ޔުނައިޓެޑް އޮތީ ރަނގަޅު ޓްރެކުގައި: ޓެން ހާގް

Sep 5, 2022, 1:17 AM
ރޭ އާސެނަލާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން ޔުނައިޓެޑްގެ ކޯޗު ޓެން ހާގް.--- ފޮޓޯ: އޭއެފްޕީ

ރޭ އާސެނަލާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން ޔުނައިޓެޑްގެ ކޯޗު ޓެން ހާގް.--- ފޮޓޯ: އޭއެފްޕީ

މެންޗެސްޓާ (ސެޕްޓެމްބަރު 5) - ކާމިޔާބު ހޯދަން ކުރަން ޖެހޭ މަސައްކަތަށް ބަލާއިރު، މި ވަގުތު މެންޗެސްޓާ ޔުނައިޓެޑް ކުރިއަށްދަނީ ރަނގަޅު ޓްރެކުގައި ކަމަށް އެ ޓީމުގެ ކޯޗު އެރިކް ޓެން ހާގް ބުނެފި އެވެ.

އަޔަކްސް ދޫކޮށް މި ފަހަރު ޔުނައިޓެޑާ ހަވާލުވެ، ޓެން ހާގް ފުރަތަމަ ކުރަން ޖެހުނީ ހިތި ތަޖުރިބާ އެކެވެ. ފުރަތަމަ ދެ މެޗުން ބްރައިޓަން އާއި ބްރެންޓްފޯޑް އަތުން ބަލިވުމުން ގިނަ ފާޑުކިޔުންތަކެއް އަމާޒުވި ނަމަވެސް އެ ޓީމުން ވަނީ އެންމެ ފަހުން ކުޅުނު ހަތަރު މެޗުން މޮޅުވެފަ އެވެ. އެއީ ލިވަޕޫލާއި ސައުތެމްޓަން، ލެސްޓާ ސިޓީ އަދި އާސެނަލް އެވެ.

ލީގުގެ އެއް ވަނައިގައި އޮތް އާސެނަލް އަތުން ރޭ ޔުނައިޓެޑް މޮޅުވީ 3-1 އިންނެވެ. މި ނަތީޖާއާ އެކު ޔުނައިޓެޑުން ލީގުގައި ޖެހިޖެހިގެން ހަތަރު މެޗުން މޮޅުވިއިރު، މިއީ 2021 ވަނަ އަހަރުގެ އޭޕްރީލްގެ ފަހުން ލީގުގައި ޖެހިޖެހިގެން ހަތަރު މެޗުން ޔުނައިޓެޑް މޮޅުވި ފުރަތަމަ ފަހަރެވެ.

ޓެން ހާގް ބުނީ ޔުނައިޓެޑުން ބޭނުންވާ މަންޒިލަށް ދާނަމަ އަދިވެސް ކުރަން ޖެހޭ މަސައްކަތް ގިނަ ކަމަށެވެ.

"ތަށި ހޯދަން ބޭނުމިއްޔާ އަހަރެމެން މި ތިބި ހިސާބުން ވެސް ހުއްޓައިނުލައި ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ،" ޓެން ހާގް ބުންޏެވެ. "އަހަންނަށް އެނގޭ ޔުނައިޓެޑްގެ ސަޕޯޓަރުންގެ އުންމީދުތައް ހުރީ މި ކްލަބުން ދަމަހައްޓަމުން އައި ކާމިޔާބީތަކުގެ ލެވަލާ ހަމައިގަކަން. އެކަމަކު، އަހަރެމެންގެ މި ޓީމުގެ މަސައްކަތް މި ފެށުނީ، އަހަރެން ބުނާނީ ކާމިޔާބު ހޯދަން ބޭނުންވާ ޓްރެކުގައޭ އަހަރެމެން މި ކުރިއަށްދަނީ،"

ޔުނައިޓެޑުން އެންމެ ފަހުން ތަށްޓެއް ހޯދީ 2017 ވަނަ އަހަރު އެވެ. އެ ފަހަރު ހޯސޭ މޮރީނިއޯގެ ކޯޗުކަމުގައި ކާމިޔާބުކުރީ ޔޫރޮޕާ ލީގާއި އިނގިރޭސި ލީގު ކަޕް އެވެ. އޭގެ ފަހުން ޔުނައިޓެޑަށް އިރުޝާދުދިން އޮލެ ގުނަ ސޯލްޝެއާ އާއި ރަލްފް ރަންގްނިކަށް އެ ޓީމު ގޮވައިގެން ކާމިޔާބެއް ނުހޯދުނެވެ.

ޓެން ހާގް ރޭގެ މެޗުގައި އާސެނަލާ ދެކޮޅަށް ވެސް ނުކުތީ ފުރަތަމަ އެގާރައިން ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ހެރީ މެގުއާ އަށް ފުރުސަތު ނުދީ އެވެ. ރޭގެ މެޗުގައި ވެސް އެ ދެ ކުޅުންތެރިން ވަނީ ބަދަލަކަށް ކުޅެން އަރުވައިފަ އެވެ.

ޓެން ހާގް ބުނީ ކޮންމެ ކުޅުންތެރިއަކަށް ވެސް ޓީމަށް އެރުމުގެ ފުރުސަތު އޮންނާނެ ކަމަށާއި މީގެ ތަފާތު ފެންނަން ޖެހޭނީ ޕްރެކްޓިހުގައި ފެންނަ ޓީމު ރޫހުން ކަމަށެވެ.

ޔުނައިޓެޑަކީ މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ދެ ވަނަ އަށް އެންމެ ބޮޑު ހަރަދުކުރި ޓީމެވެ. އެ ޓީމުން އެންމެ އަގުބޮޑުކޮށް ގަތް ކުޅުންތެރިޔާ، ބްރެޒިލްގެ ވިންގް، އެންތަނީ ވަނީ ފުރަތަަމަ ފަހަރަށް ޓީމުގެ ޖޯޒީގައި ކުޅުނު މެޗުގައި ރޭ އާސެނަލް ކޮޅަށް ގޯލު ޖަހައިފަ އެވެ.

ޓެން ހާގް ބުނީ އޭނާއާ އެކު އަޔަކްސްގައި މަސައްކަތް ކުރި އެންތަނީގެ ލެވަލް ރަނގަޅަށް އެނގޭ ކަމަށާއި އާސެނަލް ކޮޅަށް ޖެހި ގޯލަކީ ޔުނައިޓެޑާ އެކު އެންތަނީ އަށް ރަނގަޅު ކެރިއަރެއް ކުރިއަށް ގެންދިއުމަށް ބޭނުންވާ ކަހަލަ ފެށުމެއް ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox